މާލެ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ދުރުރާސްތާ ޕްލޭނެއް އޮންނަންޖެހޭ ކަމަށާއި އެއީ ސަރުކާރުތަކަށް ބަދަލު ނުކުރެވޭނެ ކަމަކަށް ވާންޖެހޭ ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.
28 ފެބުރުއަރީ 2020
މާލެ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ދުރުރާސްތާ ޕްލޭނެއް އޮންނަންޖެހޭ ކަމަށާއި އެއީ ސަރުކާރުތަކަށް ބަދަލު ނުކުރެވޭނެ ކަމަކަށް ވާންޖެހޭ ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.
އިސްކަންދަރު ސްކޫލްގައި މާލޭ ރައްޔިތުންނާ ބައްދަލުކުރައްވައި ޝިފާ ވިދާޅުވީ މާލެ އަށް ކުރިމަތިވެފައިވާ ހާލަތަކީ މާލެ އަށް ހާއްސަ ހާލަތެއް ނޫން ކަމަށެވެ. އަވައްޓެރި ގިނަ ގައުމުތަކަކަށް ކުރިމަތިވެފައިވާ މައްސަލަތައް މާބޮޑު ކަމަށާއި އެ ގައުމުތަކުން އެ ކަންކަން ހައްލު ކުރަމުން އަންނަނީ ދުރުރާސްތާ ޕްލޭންތަކެއް ހަދައިގެން ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މާލެ އަށް ވެސް އެފަދަ ޕްލޭނެއް މުހިންމުވަނީ މައްސަލަތައް ހައްލުކުރަން ކަމަށެވެ.
"ކޮންމެ ސަރުކާރެއް އަޔަސް ބަދަލު ނުކުރެވޭނެ ޕްލޭންތަކެއް އަންނަން ޖެހޭ. އެ ޕްލޭންތަކުން މާލޭ ރައްޔިތުން ގެދޮރުވެރިކުރުވެން ޖެހޭ،" ޝިފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭގެ ލޭންޑް ޔޫސް ޕްލޭނެއް މިހާ ތަނަށް ހަދާފައިނުވާ ކަމަށެވެ. ތަރައްގީ ކުރަމުން ދިޔައީ އެކި ތަންކޮޅުކޮޅު ތަރައްގީކުރާ އުސޫލުން ކަމަށް ވިދާޅުވި އެވެ.
ބައްދަލުވުމުގެ ބައެއް ބައިވެރިން މޭޔަރު ޝިފާއާ ވާހަކަ ދައްކަނީ: ގިނަ ކަންބޮޑުވުންތަކެއް ހިއްސާކުރި-- ފޮޓޯ: އަހުމަދު އަވްޝަން
ޝިފާ ވިދާޅުވީ މާލޭން ކުންފުނިތަކަށް ސަތޭކައެއްހާ ބިން ދީފައިވާ ކަމަށާއި ސަރުކާރުގެ އެކި އިދާރާތަކަށް 97 ބިމެއް ދީފައިވާ ކަމަށެވެ. އެކަމަކު އާއްމު ރައްޔިތުންގެ ތެރެއިން ހާހެއްހާ މީހުންނަކީ 600 އަކަފޫޓަށް ވުރެ ކުދި ތަންތަނުގައި ދިރިއުޅޭ މީހުން ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ކުރެވޭ މުހިންމު މަސައްކަތްތަކުގެ ތެރޭގައި މާލޭގައި ޕަބްލިކް ޓާރާންސްޕޯޓްގެ ހިދުމަތް ދިނުމަށް ގެންނަން ޖެހޭ ބަދަލުތައް ހިމެނޭ ކަމަށެވެ. އެގޮތުން މަގުތަކުން ޖާގަ ހެދުމުގެ ގޮތުން 27 ސަރަހައްދެއްގައި ޕާކިން ޒޯންތައް ހަދާފައިވާ ކަމަށާއި އެއި 5،600 ސައިކަލުގެ ޖާގައިގެ ޒޯންތައް ކަމަށް ވެސް ވިދާޅުވި އެވެ.
"މިއީ އެތައް ދުވަހެއްވީ މައްސަލައެއް. އެހެންވީމާ ކުއްލިއަކަށް ހައްލެއް ނުލިބޭނެ،"
ޝިފާ ވިދާޅުވީ މާލޭގެ މަގުތައް އަލުން ހަދާއިރު ހުރިހާ މަގެއްގައި ޕޭވްމަންޓްތައް ހުންނާނެ ކަމަށެވެ. އަދި މާލޭގައި ގަސް ގިނަކޮށް ފެހި ތަނަކަށް ހަދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު އެ ކައުންސިލުން އެންމެ ބޮޑަށް އިސްކަންދޭ ކަމަކީ އެމްޑީޕީގެ ވެރިކަމުގައި ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއު "ވެށި ފަހި މާލެ" ޕްރޮގްރާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓާއި ގޯތި ލިބޭނެ ކަމުގެ ލިއުން ދީ، މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކަށް ފްލެޓާއި ގޯތި ލިބިފައިވޭތޯ ޔަގީންކުރުން ކަމަށެވެ. އެކަން ކުރަމުން އަންނަނީ ހައުސިން މިނިސްޓްރީ އާއި ސަރުކާރުގެ އިދާރާތަކާ ގުޅިގެން ކަމަށް ޝިފާ ވިދާޅުވި އެވެ.
ގޮންޖެހުންތައް ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ކައުންސިލަށް ބާރުތައް ލިބުނު ނަމަވެސް ސަރުކާރުގެ އެކި އިދާރާތަކަށް ފޮނުވާ ސިޓީތަކަށް ޖަވާބު ލިބުމުގައި ލަސްތަކެއް އަދިވެސް އުޅޭ ކަމަށެވެ. އެ ކައުންސިލަށް ބާރުތައް ލިބުމާއެކު ސަރުކާރުގެ އެކި އިދާރާތަކަށް ސިޓީ ފޮނުވާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޝިފާ ވިދާޅުވީ އެކަށީގެންވާ ވަރަށް މުވައްޒަފުންނާއި ބާރުވެރިކަން އެ ކައުންސިލަށް ލިބުނީ މިއަހަރު ކަމަށެވެ. މިދިޔަ އަހަރު އެ ކައުންސިލް ހިންގީ 250 މުވައްޒަފުން މަދުކޮށް ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ.
ހުޅުމާލޭގެ ބިމާގުޅޭ ނިންމުމަށް އަމަލުކުރުން ހުއްޓުވައިފި
ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދެނީ
"ހިތްގައިމު ތަނަކަށް މާލެ ހަދަން މަސައްކަތް ކުރާނަން"
މާލޭގެ މޭޔަރަކަށް ޝިފާ އިންތިޚާބުކޮށްފި
ފުވައްމުލަކު ސިޓީ ކައުންސިލްގެ ބާރުތައް ވެސް ހަނިކޮށްފި
ސަރުކާރުގެ އެއްބާރުލުން ލިބޭ: އާޒިމް
ސަރުކާރާއެކު ކޯޅެން ފުރުސަތު ނުދޭނަން: އާޒިމް
ޒަމާނީ ބަދަލުތަކާއެކު ގަޑިބުރު އަލުން ހުޅުވައިފި
"މާލޭގައި ކީއްކުރަން އަޅާ ބިޔަ ބްރިޖެއް؟"
ސިޓީ ކައުންސިލަށް 1 އަހަރު، އެއްބާރުލުމެއް ނުލިބޭ!