ސަރުކާރު ހިންގާ ކޯލިޝަންގެ ތެރެއިން އަދާލަތު ޕާޓީއަށް ހައްގުވާ މިންވަރު ލިބެން ޖެހޭ ކަމަށް، އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
02 މާޗް 2020
ސަރުކާރު ހިންގާ ކޯލިޝަންގެ ތެރެއިން އަދާލަތު ޕާޓީއަށް ހައްގުވާ މިންވަރު ލިބެން ޖެހޭ ކަމަށް، އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ޝިދާތާ ޝަރީފް މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން، މިހާރު އެ ޕާޓީ ތަމްސީލު ކުރާ މިނިސްޓަރަކަށް ސަރުކާރުގައި ހުންނެވީ އިމްރާނާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.
އެކަން ފާހަގަކުރައްވައި، ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އުފެދުނު ބޮޑު ނުތަނަވަސްކަމެއްގެ ތެރެއިން ޝިދާތާ އިސްތިއުފާ ދެއްވި ނަމަވެސް، އޭގެ ހުރިހާ ޒިންމާ އޭނާގެ ބޮލުގައި ނޭޅުއްވޭނެ ކަމަށެވެ. އެގޮތުން ޝިދާތާގެ އިހުމާލު ނުހިމެނޭ ދެކަމެއް އޭނާގެ ބޮލުގައި އެޅުއްވުނު ކަމަށް ވިދާޅުވި އެވެ.
އިމްރާން އިޝާރާތް ކުރެއްވީ، ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ތުއްތު ކުއްޖަކަށް އޭނާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ މީހެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ އަހުމަދު ހިޝާނަށް ކުރެވޭ ޖިންސީ ތުހުމަތުތައް ޖެންޑާ މިނިސްޓްރީ އަށް އެނގޭއިރު ވެސް އެކަމުގައި އިހުމާލުވެފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަށެވެ.
އިމްރާން ވިދާޅުވީ ޝިދާތާ އިސްތިއުފާ ދެއްވުމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެން ޖެހިވަޑައިގެންނެވީ ހުރިހާ އެންމެން ވެސް "މާބޮޑު ދެކޮޅުވެރިކަމެއް ނެތް، މައްސަލަ ނުޖައްސާނެ" މީހަކު އެ މަގާމަށް އައްޔަން ކުރެއްވުމަށް ކަމަށް ވިދާޅުވި އެވެ. އަދި އެއީ އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ވެސް އަދި ސަރުކާރުގެ މީހެއްގެ ހައިސިއްޔަތުން ވެސް ގަބޫލު ކުރައްވަން ޖެހިވަޑައިގެންނެވި ހަގީގަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޖެންޑާ މިނިސްޓަރުގެ މަގާމަށް، ރައީސް ދެން އައްޔަން ކުރެއްވީ ކުރީގެ ޖެންޑާ މިނިސްޓަރު އަދި އިންޑިއާގައި ހުންނެވި ދިވެހި ސަފީރު އާއިޝަތު މުހައްމަދު ދީދީ އެވެ.
މިނިސްޓަރު އިމްރާން ވިދާޅުވި ގޮތުގައި މަގާމަށް މީހަކު އައްޔަން ކުރެއްވުމުގެ ކުރިން އެކަމާ ގުޅޭގޮތުން ރައީސް އޭނާއާ މަޝްވަރާ ކުރެއްވި އެވެ. އަދި އަދާލަތަށް ކޯލިޝަންގެ ތެރެއިން ހައްގުވާ މިންވަރު ހޯދައިދިނުމަށް ގޮތްތަކެއް ރާއްވަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށް އިމްރާން ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް އެގޮތަށް ކަންތައް ކުރައްވާނެ. އަދި އެކަމަށް ވަގުތުކޮޅެއް ނަގާނެ ކަމަށް ވެސް ބެލެވޭ،" އޭނާ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބު ކުރެވިއްޖެ ނަމަ، ވެރިކަން ހިންގާ ކޯލިޝަން ނިމުމަކަށް ގެންނާނެ ކަމުގެ އިންޒާރު، މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ދީފަ އެވެ.
އެކަމަކު އެކަން، އިމްރާން ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކުރިން ހެދި އެ ކޯލިޝަން ނިންމާލާނީ، ރިޔާސީ ދައުރާ އެކީގައި ކަމަށެވެ. އަދި ދައުރު ނިމުމުގެ ކުރިން، ކޯލިޝަނަށް ބަދަލު އަތުވެދާނެ ކަމަށް އެއްގޮތަކަށް ވެސް ހީފުޅުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ޝިދާތާގެ ރުޅި އެމްޑީޕީއަށް: ވޯޓަށް އަދާލަތު މުހިއްމުވޭ
ޝިދާތާގެ ތަރި އޮއްސެން ގާތް ވެސް ނުވޭ: އިމްރާން
އިމްރާންގެ މައްސަލަ އެޖެންޑާކުރަން ނިންމައިފި
ޗެއާޕާސަންގެ ވާހަކަ އަދާލަތުން އެހުން ބުއްދިވެރި:ނަޝީދު
ރާއީ ވިދާޅުވާ ގޮތުން އަދާލަތަށް ހައްގީ އެންމެ ވަޒީރެއް
އިމްރާން ގޯސް ފިޔަވަޅުތަކެއް އަޅުއްވައިފި: ޝަހީމް
އެކުގައި ވާދަކުރަން އެމްޑީޕީ-އަދާލަތު މަޝްވަރާއަށް
އިމްރާން ވިދާޅުވީ އަދާލަތުން ތިބީ ރައީސާ އެކު ކަމަށް
އަދާލަތުން ކަމަކަށް އެއްބަސްވަނީ ވަރަށް ވިސްނުމަށްފަހު: އިމްރާން
ރައީސްގެ ސިޓީއަށް އަދާލަތު ޕާޓީން މިރޭ ގޮތް ނިންމަނީ