04 މާޗް 2020
ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާ އެކު، ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް އެދިވަޑައިގެންފި އެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާ އެކު، ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް އެދިވަޑައިގެންފި އެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އިންތިޚާބު، އަންނަ މަހުގެ ހަތަރެއްގައި ބާއްވާއިރު، ގިނަ މީހުން އެއްވެ އުޅޭ ހަރަކާތްތައް ނުބޭއްވުމަށް ގިނަ ބަޔަކު ދަނީ ގޮވައިލަމުންނެވެ. ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ރާއްޖެ އިން އަދި ނުފެނުނު ނަމަވެސް އެކި ގައުމުތަކުގައި ރޯގާގެ ހާލަތު ގޯސްވަމުން ދާއިރު، ރާއްޖޭގެ ސްކޫލުތަކުގެ އިތުރު ހަރަކާތްތައް ވެސް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ. އަދި ކުޅިވަރުގެ ބައެއް ހަރަކާތްތައް ވެސް މިވަގުތަށް އަންނަނީ ހުއްޓާލަމުންނެވެ.
މި ދުވަސްވަރު، ގިނަ ބަޔަކު އެއް ތަނަކަށް އެއްވުމާ ދެކޮޅަށް މީގެ ކުރިން އަޑު އުފުލާފައިވާ އަފްއާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރުނަ ނުދިނުމަށް، މިހާރު ކުރިއަށް ގެންދާ ސިޔާސީ ކެމްޕޭންތަކާއި އެއްވުންތައް މަޑުޖައްސައިލުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އަދި ލޯކަލް އިންތިޚާބު ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
As a concerned citizen, I believe the current political campaigns and gatherings should be slowed down as a positive step to prevent potential spread of #covid19. Perhaps @ElectionsMv could consider delaying the upcoming elections too. Better safe than sorry! Please.
— Afaal?? (@ahmedafaal) March 4, 2020
އަފްއާލް ވިދާޅުވީ ރޯގާގެ އެއްވެސް މީހަކު އަދި ރާއްޖޭން ފެނިފައި ނުވި ނަމަވެސް، އެ ބަލި ރާއްޖޭގައި ނެތް ކަމެއް ޔަގީންކޮށް ބުނަން ނޭނގޭ ކަމަށެވެ. އަދި ތޮއްޖެހިފައިވާ މާލޭގައި ފަސޭހަކަމާ އެކު، ރޯގާ ފެތުރުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވި އެވެ.
"ހުރިހާ ކަމަކަށް ވުރެ ރައްކާތެރިވެ ތިބުން މުހިއްމު،" އޭނާ ވިދާޅުވި އެވެ.
ލޯކަލް އިންތިޚާބު ފަސްކުރަން އަފްއާލް އެދިވަޑައިގެންނެވި ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނީ އެކަމާ ގުޅޭ އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށެވެ.
"އަދި މިހާތަނަށް އެއްވެސް ފަރާތަކުން ރަސްމީކޮށް [އިންތިޚާބު ފަސްކުރަން] ނުވެސް އެދޭ،" ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވި އެވެ.
އަފްއާލް ވަނީ، ކޮރޯނާވައިރަހުން ރައްކާތެރިވުމަށް، މާލޭގައި ބޭއްވުމަށް ނިންމާފައިވާ ދުވުންތައް ކެންސަލް ކުރުމަށް ވެސް މިދިޔަ ހޯމަ ދުވަހު އެދިވަޑައިގެންފަ އެވެ.
hello everybody, due to the rapidly escalating health concerns relating to the spread of #coronavirus (COVID-19) we’ve decided to postpone #CareSocietyruninrun2020 & #BMLwowkidzrun2020 ..we are closely monitoring the situation before we take any decisions for #CocaColaLONGRUN2020 pic.twitter.com/icL2cTvybX
— Total Fitness Group (@3000TfG) March 4, 2020
އެއާ އެކު، އަންނަ ހަފުތާ ބަންދުގައި ބޭއްވުމަށް ނިންމާފައިވާ މޯލްޑިވްސް އިންޓަނޭޝަން މެރެތަން އާއި ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ)ން މި މަހު 13 ގައި ބާއްވަން ކުރިން ކަނޑައެޅި ދުވުން ވަނީ ފަސްކޮށްފަ އެވެ.
ކޮވިޑް-19 މިހާތަނަށް 93،000 އަށް ވުރެ ގިނަ މީހުންނަށް ޖެހި 3،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
އެ ވައިރަހުން ރައްކާތެރިވުމަށް ރާއްޖެ އިން މިހާތަނަށް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.
ވިލުފުށީގައި ވޯޓުލާން ފެށީ 11:45 ގައި
"ކޮވިޑް ފްރީ" ދުވަހެއް ނޫން
އެޗްޕީއޭ އިން ބާރުއަޅަނީ ކެމްޕޭން ވާޗުއަލްކޮށް ބާއްވަން
އިންތިޚާބު ލަސްކުރުމުގެ ފަރުވާ އޮތީ މަޖިލީހުގައި:ނަޝީދު
ކޮވިޑް-19 އާ ގުޅިގެން ޖޭޕީގެ ޖަލްސާ ވެސް ފަސްކޮށްފި
އޭޑީކޭއަށް ގެންދިޔައިރު ނިޔާވި މީހަކު ކޮވިޑަށް ޕޮޒިޓިވް
އިންތިޚާބަށް ފަހު ކޮންމެ ހަފުތާއަކު ކޮވިޑް ދެ ގުނަވޭ
ތޮއްނުޖެހި ވޯޓުލާން ދޭ: އެޗްއާރުސީއެމް
ކަރަންޓީން ނުވެ، ވޯޓުލާން ދެވޭނެ ގޮތް ހަމަޖައްސައިދީފި
"އެޗްޕީއޭ އުސޫލަށް އިންތިހާބު ބާއްވާނެ ބަޖެޓެއް ނެތް"