Roadha Mihaaru
އުގެއިލް: ވިލިވަރަކީ އެންމެ ރީތި ކަރަންޓީން ފެސިލިޓީ

އުގެއިލް: ވިލިވަރަކީ އެންމެ ރީތި ކަރަންޓީން ފެސިލިޓީ

09 މާޗް 2020

ކޮރޯނާވައިރަސް ފެތުރޭތީ ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުގެ ސިޓީތައް ވެސް ކަރަންޓީ ކުރަމުން އަންނަ އިރު، ރާއްޖެ އިން ދައްކައިދެނީ އަދި މުޅިން އެހެން މަންޒަރެކެވެ: ކަރަންޓީކުރަން ވެސް ހިތްގައިމު ރީތި ރަށްރަށެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮރޯނާވައިރަސް ފެތުރޭތީ ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުގެ ސިޓީތައް ވެސް ކަރަންޓީ ކުރަމުން އަންނަ އިރު، ރާއްޖެ އިން ދައްކައިދެނީ އަދި މުޅިން އެހެން މަންޒަރެކެވެ: ކަރަންޓީކުރަން ވެސް ހިތްގައިމު ރީތި ރަށްރަށެވެ.

ކުދިކުދި އަދި އެހާމެ ރީތި ރަށްތަކެއްގެ މައްޗަށް ބިނާވެފައިވާ ރާއްޖެއިން ކޮރޯނާވައިރަސްގެ ކުއްލި ހާލަތުގައި މީހުން ކަރަންޓީކުރަން ކުރީގެ ރިސޯޓެއް ކަމަށް ވާ ވިލިވަރު ހަމަޖައްސައި، ކޮޓަރިތަކެއް ވެސް ވަނީ އަޅައިފަ އެވެ.

ވިލިވަރުގެ މަތިން ނަގާފައިވާ ހިތްގައިމު ފޮޓޯއެއް ޓެގް ކުރައްވައި، ޕްރޮފެސަރު ހަސަން އުގެއިލްގެ ޓްވީޓުން ބުނެދެއްވީ ރާއްޖޭގެ ރީތިކަމެވެ.

އޭނާ ލިއުއްވި ގޮތުގައި ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ މީހުން ކަރަންޓީކުރަން ދުނިޔޭގެ އެންމެ ޗާލު ތަނަކީ އެވެ.

އުގެއިލް ކުރެއްވި ޓްވީޓް--

އުގެއިލްގެ އެ ޓްވީޓް މިހާތަނަށް 214 ފަހަރު ރީޓްވީޓްކޮށް 600 ލައިކްސް ލިބިފައިވެ އެވެ. ތަފާތު އެކި ފާޑުގެ ކޮމެންޓް ވެސް ލިބުނެވެ. އޭގެ ތެރޭގައި އުގައިލްއަށް ފާޑުކިޔުމުން ފެށިގެން ގޮސް، ކުރިން އެ ރަށުގައި ރާއްޖޭގެ ލެޕްރަސީ ޖެހުނު މީހުން ކަރަންޓީންކުރި ތާރީޚީ ހާދިސާގެ ހަނދާންތައް ވެސް ހިމެނެ އެވެ.

ވިލިވަރުގައި 30 ކޮޓަރީގެ ކަރަންޓީނު ފެސިލިޓީއެއް، އެންމެ 10 ދުވަހުގެ ހެދުމުގެ މަސައްކަތަށް ސަރުކާރުން 2.1 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

ކޮޓަރިތަކުގައި އޭސީގެ އިތުރުން ޓީވީ އާއި އިންޓަނެޓް ލިބޭ ގޮތް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަނީ ހުޅުމާލޭ ދެވަނަ ފޭސްގެ ބައެއް ކަމަށްވާ ފަރުކޮޅުފުއްޓެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިއްޔެ ވިދާޅުވީ ވިލިވަރުގައި ކަރަންޓީނު ފެސިލިޓީ ހަދާފައި ވަނީ ކަރަންޓީނުކުރެވޭ މީހުންނަށް ވީހާ ވެސް ފަސޭހަވާނެ ގޮތަކަށް ކަމަށެވެ. ކޮޓަރިތައް ހުންނާނީ ޓޫރިސްޓަކު ކަރަންޓީނު ކުރަން ޖެހުނަސް، އެމީހަކަށް ގޯސް ތަޖުރިބާއަކަށް ނުވާނެ ފެންވަރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Vilivarugai 30 kotareege quarantine facility eh hadhaifi

Vilivarugai 30 kotareege quarantine facility eh hadhaifi

The most trusted news source in the Maldives

Mihaaru

ވިލިވަރުގައި 30 ކޮޓަރީގެ ފެސިލިޓީއެއް ގާއިމު ކުތުން--

"އެމީހަކަށް އެ ކަރަންޓީނު ޕީރިއަޑްގައި އެމީހާ މުޅި ދުނިޔެއާ ވަކިނުވެ، ހިތްހަމަޖެހޭ ފެންވަރަކަށް އެތަން ގާއިމްކުރެވިފައި ވާނީ،" އަލީ ވަހީދު ވިދާޅުވި އެވެ.

ކޮރޯނާވައިރަސް އިން ޖެހޭ ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަނަށް ހަތަރު ބިދޭސީއަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އެ އެންމެން މި ވަގުތު ތިބީ ފަރުކޮޅުފުށީގަ އެވެ.