Roadha Mihaaru
"ބުރައްމަސްތުރާ" ގައި ޝާހްރުކަކީ ސައިންޓިސްޓެއް

"ބުރައްމަސްތުރާ" ގައި ޝާހްރުކަކީ ސައިންޓިސްޓެއް

16 މާޗް 2020

މި އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރާ ޑައިރެކްޓަރު އަޔާން މުކަރްޖީގެ ފެންޓަސީ އެޑްވެންޗަ/ސުޕަހީރޯ ފިލްމު "ބުރައްމަސްތުރާ" ގެ ހާއްސަ ރޯލަކުން ޝާހްރުކް ޚާން ފެންނާނީ ސައިންޓިސްޓެއްގެ ރޯލުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރާ ޑައިރެކްޓަރު އަޔާން މުކަރްޖީގެ ފެންޓަސީ އެޑްވެންޗަ/ސުޕަހީރޯ ފިލްމު "ބުރައްމަސްތުރާ" ގެ ހާއްސަ ރޯލަކުން ޝާހްރުކް ޚާން ފެންނާނީ ސައިންޓިސްޓެއްގެ ރޯލުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ފިލްމުގައި ރަންބީރު ކަޕޫރް ފެނިގެންދާ ސުޕަހީރޯ ކެރެކްޓާ ޝިވާ އަށް އާދަޔާހިލާފު ބާރުތަކެއް ހޯދައިދިނުމުގައި ޝާހްރުކްގެ ކެރެކްޓާ ވަރަށް މުހިއްމު ދައުރެއް ކުރާނެ އެވެ. ޝާހްރުކް ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އޭނާގެ މަންޒަރުތައް ޝޫޓްކޮށް ނިންމާލައިފަ އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ޓްރިލޮޖީއެއްގެ ގޮތުގައި ގެނެސްދޭ "ބުރައްމަސްތުރާ" ގެ ފުރަތަމަ ބައިގެ ބަތަލާ އަކީ އާލިއާ ބަޓެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި އަމީތާބް ބައްޗަން، ޑިމްޕަލް ކަޕާޑިއާ، ނާގުރްޖުނާ އަކިނޭނީ އަދި މޯނީ ރޯއި އާއި ޕްރަތީކް ބައްބަރު ހިމެނެ އެވެ.

ޖުމްލަ 150 ކްރޯޑް (21 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ގެނެސްދޭ "ބުރައްމަސްތުރާ: ޕާޓް ވަން" ސިނަމާތަކަށް އަންނާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 4 އެވެ.

މި ފިލްމަކީ 2013 ގެ "ޔެ ޖަވާނީ ހޭ ދީވާނީ" އަށް ފަހު، ޒުވާން ޑައިރެކްޓަރު އަޔާން ގެނެސްދޭ ފުރަތަމަ ފިލްމެވެ.