ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޔުނިވަސިޓީތަކާއި ކޮލެޖްތަކާއި ޓްރެއިނިން ސެންޓަރުތައް ދެ ހަފްތާއަށް ބަންދުކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމުމުން، އޮންލައިންކޮށް ކިޔަވައިދޭން ތައްޔާރުވަމުން އަންނަ ކަމަށް ސައިރިކްސް ކޮލެޖުން މިއަދު ބުނެފި އެވެ.
15 މާޗް 2020
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޔުނިވަސިޓީތަކާއި ކޮލެޖްތަކާއި ޓްރެއިނިން ސެންޓަރުތައް ދެ ހަފްތާއަށް ބަންދުކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމުމުން، އޮންލައިންކޮށް ކިޔަވައިދޭން ތައްޔާރުވަމުން އަންނަ ކަމަށް ސައިރިކްސް ކޮލެޖުން މިއަދު ބުނެފި އެވެ.
ސައިރިކްސް އިން ބުނީ އެޗްޕީއޭގެ އެންގުމާ އެއްގޮތަށް އެތަނުގެ ކްލާސްތައް މިހާރު ވަނީ މެދުކަނޑާލާފައި ކަމަށެވެ. ނަމަވެސް ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނެ ގޮތަށް މީޑިއާގެ ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން އަންނަ ހަފުތާގައި ކިޔަވައިދޭން ތައްޔާރުވަމުން އަންނަ ކަމަށް ބުންޏެވެ.
ސައިރިކްސް އިން ބުނި ގޮތުގައި މި ވަގުތު ބަލަމުން އަންނަނީ ގިނަ ދަރިވަރުންނަށް އެންމެ ފަސޭހައިން ކިޔެވޭނެ ވަސީލަތްތައް ދެނެގަންނާށެވެ. އަދި އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދާ އިރު ކުރިމަތިވާނެ ގޮންޖެހުންތައް ވެސް ފާހަގަކުރަމުން އަންނަ ކަމަށް، ރާއްޖޭގެ އެންމެ ގިނަ ދުވަސް ވީ ކޮލެޖްތަކުގެ ތެރޭގައި ހިމެނޭ ސައިރިކްސް އިން ބުންޏެވެ.
"އިރާދަކުރެއްވިއްޔާ އަންނަ ހަފްތާގައި ކިޔެވުން އަލުން ފެށޭނެ ވަރަށް ތައްޔާރުވެވޭނެ،" ސައިރިކްސްގެ އޮފިޝަލަކު ވިދާޅުވި އެވެ.
ފިލާވަޅުތައް ނަގައިދޭން މައިކްރޮސޮފްޓް ޓީމްސް އާއި މޫޑުލް ބޭނުންކުރުމުގެ އިންތިޒާމް އެ ކޮލެޖުން އަންނަނީ ހަމަޖައްސަމުންނެވެ. އޭގެ އިތުރުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށްގެން ވެސް ކިޔަވައިދިނުން ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރާ ކަމަށް ސިއިރިކްސް އިން ބުންޏެވެ.
ދުނިޔޭގައި ވަރަށް ބާރަށް ފެތުރެމުން ދާ ކޮރޯނާވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން އަޅާ އެންމެ ބޮޑު އެއް ފިޔަވަޅަކީ ގިނަ މީހުން އެއްވާ ހަރަކާތްތައް ނުބޭއްވުމެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.
މަންކީ ޕޮކްސްއަށް ޝައްކުވާ މީހަކު ފެނިގެން ޓެސްޓްކުރަނީ
ކޮވިޑް-19 އަށް މާލެއިން ޕޮޒިޓިވްވި އަދަދު ދަށްވެއްޖެ
ކޮވިޑް-19 އަށް މިއަދު 2،600 މީހުން ޕޮޒިޓިވް
ކޮވިޑަަށް އިތުރު 1،594 މީހަކު ޕޮޒިޓިވް
ކޮވިޑް-19 އަށް މިއަދު 954 މީހަކު ޕޮޒިޓިވްވެއްޖެ
ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އަންނަމަހުގެ ނިޔަލަށް
ތަކަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި
ކޮވިޑް-19 އަށް މިއަދު 123 މީހަކު ޕޮޒިޓިވްވެއްޖެ
ތިނަދޫގެ މޮނީޓަރިންގެ ހާލަތު އުވާލައިފި
މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ފަށައިފި