Roadha Mihaaru
މަންކީ ޕޮކްސްއަށް ޝައްކުވާ މީހަކު ފެނިގެން ޓެސްޓްކުރަނީ

މަންކީ ޕޮކްސްގެ އަލާމާތްތަކެއް ހުރި މީހަކު ރާއްޖެއިން ފެނިގެން ޓެސްޓްކުރަނީ

28 ޖުލައި 2022

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ މަންކީ ޕޮކްސް އަށް ޝައްކުވާ އާލާމާތްތަކެއް ހުރި ބިދޭސީއަކު ރާއްޖެ އިން ފެނިގެން ޓެސްޓްކުރަން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ މަންކީ ޕޮކްސް އަށް ޝައްކުވާ އާލާމާތްތަކެއް ހުރި ބިދޭސީއަކު ރާއްޖެ އިން ފެނިގެން ޓެސްޓްކުރަން ފަށައިފި އެވެ.

މަންކީ ޕޮކްސް ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރު ދަނީ ވަރުގަދަ ކުރަމުންނެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ އެ ބަލީގެ އަލާމާތްތަކެއް ހުރެގެން ޝައްކުވާ މީހަކު ހުރުމުން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ. އެކަމަކު މިހާތަނަށް އެ ބަލި ޖެހިފައިވާކަން ޔަގީންވާ މީހަކު ރާއްޖެއިން ފެނިފައިނުވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ ބައްޔަށް ޝައްކުވާ އަލާމާތްތަކެއް ފެނުނީ ޓްރީޓޮޕް ހޮސްޕިޓަލަށް ދިޔަ ބިދޭސީއެއްގެ ހަށިގަނޑުންނެވެ. އޭނާ މިހާރު ހުރީ އެކަހެރިކޮށްފަ އެވެ.

މީގެ ކުރިން ވެސް އެ ބައްޔަށް ޝައްކުވާ އަލާމާތްތަކެއް ފެނިގެން މީހުން ރާއްޖެއިން ޓެސްޓްކުރި އެވެ. އެކަމަކު މިހާތަނަށް އެފަދަ ކޭސްއެއް ރާއްޖެއިން ފެނިފައެއް ނުވެ އެވެ.