Roadha Mihaaru
ކޮވިޑް-19 އަށް މިއަދު 123 މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 އަށް ރާއްޖެ އިން މިއަދު 123 މީހަކު ޕޮޒިޓިވްވެއްޖެ

25 ޖުލައި 2021

ކޮވިޑް-19 އަށް ރާއްޖެ އިން މިއަދު 123 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 އަށް ރާއްޖެ އިން މިއަދު 123 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 29 މީހަކު ޕޮޒިޓިވްވީ މާލެ ސަރަހައްދުން ކަމަށާއި އަތޮޅު ތެރެއިން އެ ބައްޔަށް ޕޮޒިޓިވްވީ 45 މީހަކު ކަމަށެވެ. އަދި ރިސޯޓްތަކުން ވެސް 16 މީހަކު ޕޮޒިޓިވްވި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 76،750 އަށް މިހާރު ވަނީ އަރައިފަ އެވެ. އޭގެ ތެރެއިން 73،000 އަށް ވުރެ ގިނަ މީހުން ބަލިން ރަނގަޅު ވެފައިވާތީ މި ވަގުތު ފަރުވާ ދެމުން ދަނީ 2،646 މީހަކަށެވެ. ހޮސްޕިޓަލްގައި ފަރުވާ ދެނީ 13 މީހަކަށެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް ވަނީ 219 މީހަކު މަރުވެފަ އެވެ.