ރާއްޖެ އިން ވެސް ކޮރޯނާވައިރަސް ފެނިފައިވާ އިރު އެ ނުރައްކަލުން އަރައިގަތުމަށް ރާއްޖެ އިން އެންމެ ބޮޑަށް ބޭނުންވާ ތަކެތީގެ ތަފްސީލީ ލިސްޓެއް އެކުލަވާލާފައިވާ ކަމަށް ޗައިނާ އިން ބުނެފި އެވެ.
16 މާޗް 2020
ރާއްޖެ އިން ވެސް ކޮރޯނާވައިރަސް ފެނިފައިވާ އިރު އެ ނުރައްކަލުން އަރައިގަތުމަށް ރާއްޖެ އިން އެންމެ ބޮޑަށް ބޭނުންވާ ތަކެތީގެ ތަފްސީލީ ލިސްޓެއް އެކުލަވާލާފައިވާ ކަމަށް ޗައިނާ އިން ބުނެފި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ އިއްޔެ ބައްދަލުކުރެއްވުމަށް ފަހު، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒާން ލިއޮން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮރޯނާވައިރަސް އާއި އެ ވައިރަސް އިން ޖެހޭ ބަލި ކޮވިޑް-19 އާ ހަނގުރާމަ ކުރުމަށް އެންމެ ބޮޑަށް ބޭނުންވާ ތަކެތީގެ ލިސްޓެއް އެކުލަވައިލުމަކީ ރާއްޖެ އަށް އެހީވުމުގެ މަސައްކަތުގެ ފެށުން ކަމަށެވެ.
"އަދި މިއީ ގުޅިގެން ކުރާ މަސައްކަތުގެ ހަމަ އެންމެ ބައެއް،" ސަފީރު ވިދާޅުވި އެވެ.
ޗައިނާގެ ސަފީރު މިހެން ވިދާޅުވީ، ދެ ބޭފުޅުންގެ ބައްދަލުވުމަށް ފަހު، ޝާހިދު ކުރެއްވި ޓްވީޓެެއް ރިޓްވީޓް ކުރައްވަމުންނެވެ. ޝާހިދުގެ ޓްވީޓްގައި ވެސް ވިދާޅުވެފައި އޮތީ ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭން ކުރާ މަސަައްކަތަށް ޗައިނާ އިން އެެހީތެރިވުމާ މެދު ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.
"ޗައިނާ އަކީ އިތުބާރު ކުރެވޭ، ދިވެހިން އެންމެ ބޭނުންވާ ވަގުތު އެހީތެރިވާ އަގުހުރި ރަހުމަތްތެރިއެއް،" ޝާހިދު ވިދާޅުވި އެވެ.
grateful to the sympathy and support from the Gov. and people of Maldives to China in its difficult time. We have worked out a detailed list of most needed items in assisting Maldives to combat the COVID19. I am sure this is just a beginning and only part of more co-op. https://t.co/Y2L2wZECTJ
— Amb. Zhang Lizhong (@AmbassadorZhang) March 15, 2020
ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު އިއްޔެ ކުރެއްވި ޓުވީޓް
ރާއްޖޭގައި ކޮވިޑް ފެތުރުން ހުއްޓުވަން ކުރާ މަސައްކަތަށް ޗައިނާ އިން އެހީވުމާ މެދު ތަފުސީލީ ގޮތެއްގައި މަޝްވަރާ ކޮށްފައި މި ވަނީ އެ ގައުމުން ރާއްޖެ އަށް އެހީވާން އުޅުމުން އެކަން ދިވެހި ސަރުކާރުން ބަލައިނުގަތް ކަަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކެއް ޗައިނާގެ ސަފީރު ދޮގު ކުރަައްވާފައި ވަނިކޮށެވެ.
ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޝިޔާމް އޭރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި އާއްމު ބަލިތަކުގެ ޑޮކްޓަރުންނާ އެކު، ސިއްހީ ހިދުމަތަށް ބޭނުންވާ ތަކެތި ރާއްޖެ އަށް ފޯރުކޮށްދޭން ޗައިނާ އިން އުޅުމުން ދިވެހި ސަރުކާރުން އެކަން ގަބޫލު ނުކުރި ކަމަށެވެ. އެހެންވެ، ކޮވިޑް-19 އެންމެ ރަނގަޅަށް މެނޭޖް ކުރަމުން އަންނަ އެއް ގައުމު ޗައިނާގެ އެ އެހީތެރިކަން ބަލައިނުގަތް ސަބަބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސާފުކޮށްދެއްވަން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޗައިނާ އިން ފޯރުކޮށްދޭން މަސައްކަތް ކުރި އެހީ ދިވެހި ސަރުކާރުން ބަލައިނުގަތް ކަމަށް އިދިކޮޅުން ބުނާ މައްސަލައިގައި ވަަރަށް ސާފުކޮށް "އާނއެކޭ" ނުވަތަ "ނޫނެކޭ" ވިދާޅުވާން އެމްޑީޕީގެ މެމްބަރަކު އެދުމުން ސަފީރު ވިދާޅުވެފައި ވަނީ "ނޫނެކޭ" ކަމަށެވެ.
"ރާއްޖޭގެ މަސަައްކަތް އެމެރިކާއަށް ވުރެ ރަނގަޅު"
ޗައިނާ އިން އައި ދިވެއްސަކު ކަރަންޓީނުކޮށްފި
ސިނޮފާމްގެ ވެކްސިންގެ 100،000 ޑޯޒް ގެނެސްފި
ޗައިނާ ވެކްސިންގެ 5،000 ޑޯޒު ރާއްޖެ ގެނެސްފި
ރާއްޖެއަށް ޗައިނާގެ އެހީތައް ގެނައުމުގެ ދަތުރު ފަށައިފި
ޝިޔާމްގެ ވާހަކަތައް ޗައިނާގެ ސަފީރު ދޮގުކުރައްވައިފި
ވޫހާން ވައިރަސް ފެތުރުން ބާރު ސްޕީޑްގައި
ކޮރޯނާވައިރަހަށް ޝައްކުވާ މީހަކު އަދި ނުފެނޭ: އެޗްޕީއޭ
ޗައިނާގެ ލޮލުގެ ސެންޓަރަށް ވަރަށް ބާރު ބޮޑު!
70 ޕަސެންޓް މީހުން ސިނޮފޯމްގެ ދެވަނަ ޑޯޒް ނުޖަހާ