Roadha Mihaaru
ރާއްޖެއަށް ޗައިނާގެ އެހީތައް ގެނައުމުގެ ދަތުރު ފަށައިފި

ރާއްޖެ އަށް އެހީގެ ތަކެތި ގެނައުމުގެ ދަތުރު ފަށައިފި: ޗައިނާ ސަފީރު

02 މެއި 2020

އޭޝިއާގެ އެންމެ މުއްސަނދި މީހާ އަދި މަޝްހޫރު އޮންލައިން ބިޒްނަސް ޗެއިން އަލީބާބާގެ ފައުންޑަރު ޖެކް މާ އާއި ޗައިނާގެ އެކި ފަރާތްތަކުން ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް ފޯރުކޮށްދޭ އެހީތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖާން ލިޖޯން މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އޭޝިއާގެ އެންމެ މުއްސަނދި މީހާ އަދި މަޝްހޫރު އޮންލައިން ބިޒްނަސް ޗެއިން އަލީބާބާގެ ފައުންޑަރު ޖެކް މާ އާއި ޗައިނާގެ އެކި ފަރާތްތަކުން ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް ފޯރުކޮށްދޭ އެހީތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖާން ލިޖޯން މިއަދު ވިދާޅުވެއްޖެ އެވެ.

ސަފީރު ޖާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އަށް އެހީވާން ނިންމާފައިވާކަން މިދިޔަ މާޗް 21 ގައި ޖެކް މާ ހާމަކުރެއްވުމާ އެކު، އެ ތަކެތި ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ލަސްވާ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، މި ހާލަތުގެ ގޮތުން އިތުރަށް މަސައްކަތްތަކެއް ކުރަން ޖެހޭތީ ކަމަށެވެ.

ރާއްޖެ އަށް އެހީގެ ތަކެތި ގެނައުމުގެ މަސައްކަތް ފެށިކަ މަށް ވިދާޅުވެ ޗައިނާގެ ސަފީރު ކުރެއްވި ޓްވީޓް

ޖެކް މާ ހަދިޔާ ކުރައްވާ ތަކެތީގެ ތެރޭގައި ހިމެނެނީ މާސްކާއި ޓެސްޓު ކިޓާއި ހަޒްމަޓް ސޫޓާއި ވެންޓިލޭޓަރާއި ތާމޯމީޓަރެވެ.

ސަފީރު ޖާން ވިދާޅުވި ގޮތުގއި، ރާއްޖެ އަށް އެހީވުމުގައި ޖެކް މާގެ އިތުރުން ޗައިނާގެ ހަ ކުންފުންޏަކާއި ގުއަންޒީ ސިޓީންނާއި އެ ގައުމުގެ ފޮރިން މިނިސްޓްރީން ވެސް ބައިވެރިވެ އެވެ.

ނަމަވެސް އެ އެހީތަކުގެ ތަފްސީލެއް ނުދެއްވަ އެވެ.

ޖާންގެ ޓްވީޓް ނިންމާލައްވަމުން ވިދާޅުވީ ހެޔޮ ނިޔަތުގައި ކުރާ ރަންގަޅު ކަންކަމުގައި ކެތްތެރިކަން ބޭނުންވާނެ ކަމަށެވެ.

ކޮވިޑް-19 އާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތުގައި ހަދާ ކަރަންޓީން ފެސިލިޓީތަކުގެ މަސައްކަތައް ޗައިނާގެ ކުންފުނިތަކުން 100 އަށް ވުރެ ގިނަ މުވައްޒަފުންނާއި ސާމާނު ވެސް މީގެ ކުރިން ވަނީ ދީފަ އެވެ. އަދި 30،000 ސާޖިކަލް މާސްކާއި އިމަޖެންސީ ސާމާނު ރާއްޖެ އަށް ހަދިޔާ ކޮށްފައި ވެ އެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ދަނީ ހަލުވިކަމާ އެކު އިތުރުވަމުންނެވެ. މިހާތަނަށް ރާއްޖެ އިން 491 މީހުންނަށް ބަލި ޖެހިފައިވާއިރު ރަނގަޅުވެފައި ވަނީ އެންމެ 17 މީހުންނެވެ.