Roadha Mihaaru

އިންތިޚާބު ފަސްކުރުމުގެ މައްސަލާގެ ތެރެއަށް ސީއެސްސީން ވަންނަނީ

އަންނަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުު ފަސްކުރަން އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓަށް ހުށަހެޅި މައްސަލާގެ ތެރެއަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވަނުމަށް ނިންމައިފި އެވެ.

އިންތިޚާބު ފަސްކުރުމުގެ މައްސަލައަށް ސީއެސްސީން ވަންނަނީ
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

16 މާޗް 2020

އަންނަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުު ފަސްކުރަން އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓަށް ހުށަހެޅި މައްސަލާގެ ތެރެއަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވަނުމަށް ނިންމައިފި އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން، އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖެއްސި ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު އަންނަ މަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ. އެއީ ގާނޫނީ ގޮތުން އެ އިންތިޚާބު ފަސްކުރެވޭ އެންމެ ފަހު ތާރީޚު ކަމަށްވާތީ އެއަށް ވުރެ އިތުރަށް އިންތިޚާބު ފަސްކޮށްދޭން އެދި އިލެކްޝަންސް ކޮމިޝަނުން ވަނީ ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ.

ސީއެސްސީ އިން މިއަދުު ނެރުނު ބަޔާނެއްގައިވަނީ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން އެ އިންތިޚާބަށް ކުރިމަތިލި މުވައްޒަފުންގެ މަސްލަހަތުތަކެއް ވެސް އެ މައްސަލާގެ ތެރޭގައި ހިިމެނޭ ކަމަށާއި އެހެންވެ، އެ މައްސަލާގެ ތެރެއަށް އެ ކޮމިޝަނުން ވެސް ވަނުމަށް ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެކަމުގައި ބަންޑާރަ ނައިބުގެ ލަފައަކަށް އެ ކޮމިޝަނުން އެދިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ކޮޮރޯނާ ވައިރަސްއާ ގުޅިގެން އިންތިޚާބު ފަސްކޮށް، އަދި ހާލަތު ރަނގަޅު ވަންދެން އިންތިޚާބު އިތުރަށް ފަސްކޮށްދޭން އެދި އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓަށް މައްސަލަ ހުށަހެޅީ އިންތިޚާބު ފަސްކުރަން ގިނަ ފަރާތްތަކުން ގޮވާލަމުން ދަނިކޮށެވެ.

ކޮރޯނާ ވައިރަސް ހުރި 13 މީހަކު ރާއްޖެއިން މިހާތަނަށް ފެނިފައިވާއިރު، މުޅި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްކާތެރިިކަމުގެ ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.