ބޮގާޓޯ (އޮކްޓޯބަރު 10) - ނޯބެލް ސުލްހައިގެ އިނާމަށް ލިބޭ ފައިސާ ހަދިޔާ ކުރާނީ ކޮލަމްބިއާގެ 52 އަހަރުވީ ހަނގުރާމައިގައި ހާލުގައި ޖެހުނު މީހުންނަށް ކަމަށް ރައީސް ހުއާން މެނުއަލް ސަންތޯސް ވިދާޅުވެއްޖެ އެވެ.
10 އޮކްޓޯބަރ 2016
ބޮގާޓޯ (އޮކްޓޯބަރު 10) - ނޯބެލް ސުލްހައިގެ އިނާމަށް ލިބޭ ފައިސާ ހަދިޔާ ކުރާނީ ކޮލަމްބިއާގެ 52 އަހަރުވީ ހަނގުރާމައިގައި ހާލުގައި ޖެހުނު މީހުންނަށް ކަމަށް ރައީސް ހުއާން މެނުއަލް ސަންތޯސް ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ސަންތޯސް އަށް ދެއްވަން ނިންމާފައި ވަނީ ވާތު ފިޔައިގެ ފާކް ޖަމާއަތުގެ ހަނގުރާމަވެރިންނާ އެކު ސުލްހަ ގާއިމްކޮށް ދާޚިލީ ހަމަނުޖެހުންތައް ހުއްޓާލުމަށް ކުރި މަސައްކަތަށެވެ.
ނަމަވެސް ހަތަރު އަހަރުގެ މަޝްވަރާތަކަށް ފަހު ގާއިމްކުރި މި އެއްބަސްވުމަށް ކޮލަމްބިއާގެ ރައްޔިތުން ވަނީ ދެކޮޅު ހަދައިފަ އެވެ. ކޮލަމްބިއާގެ ހަމަނުޖެހުންތަކުގައި ވަނީ 260،000 މީހުން މަރުވެފަ އެވެ. ހަ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.
"އަޅުގަނޑުގެ އާއިލާއާ ރޭ ބައްދަލުކޮށް މަޝްވަރާ ކުރުމަށް ފަހު ނިންމާފައި ވަނީ ނޯބެލް ސުލްހައިގެ އިނާމަށް ލިބޭ އަށް މިލިއަން ސްވިޑިޝް ކްރޯނާ (925،000 ޕައުންޑް) ހަނގުރާމައިގައި ހާލުގައި ޖެހުނު މީހުންނަށް ދިނުމަށް،" ކޮލަމްބިއާގެ ހުޅަނގު އުތުރުގެ ޗޮކޯ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ސަންތޯސް ވިދާޅުވި އެވެ.
ނޯބެލް ކޮމިޓީގެ ޗެއާޕާސަން ކާސީ ކުލްމަން ފައިވް ވިދާޅުވީ ކޮލަމްބިއާގެ ބައި ގަރުނުވީ މަދަނީ ހަނގުރާމަ ހުއްޓުވުމަށް ސަންތޯސް ކުރެއްވި މަސައްކަތަށް ނޯބެލް އިނާމު ހައްގުވާ ކަމަށެވެ. ސަންތޯސް ވަނީ ކޮލަމްބިއާގެ ރަައްޔިތުން ފާކްއާ އެކު ގާއިމްކުރި ސުލްހައިގެ އެއްބަސްވުމަށް ދެކޮޅު ހެދި ނަމަވެސް މަޝްވަރާކޮށްގެން ހައްލެއް ހޯއްދަވާނެ ކަމަށް ވިދާޅުވެފަ އެވެ. ބައެއް ފަރާތްތަކުން ބުނެފައި ވަނީ ރައްޔިތުންގެ ފެންނަ ނުފެން ވޯޓު ނާކާމިޔާބުވީ ފާކް އަށް މާބޮޑު ލުއިތައް ދީފައިވާތީ ކަމަށެވެ.
ކޮލަމްބިއާގެ ވެރިކަމަށް 2010 ވަނަ އަހަރު ވަޑައިގެންނެވި ސަންތޯސް ވަނީ 2014 ވަނަ އަހަރު ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފަ އެވެ. އޭގެ ކުރިން ވަނީ 2006-2009 އަށް ކޮލަމްބިއާގެ ދިފާއީ ވަޒީރުކަން ކުރައްވައިފަ އެވެ.
ނޯބެލް ސުލްހައިގެ އިނާމު ކޮލަމްބިއާގެ ރައީސް އަށް
ކޮލަމްބިއާއިން އިޒްރޭލަށް ކޯލް ވިއްކުން ހުއްޓާލަނީ
މިވަރު ކޮށްލަން ވެސް އަރަބިންނަށް ނުކެރުނު
ކޮވިޑް ވެކްސިންގެ މޭސްތިރިންނަށް ނޮބެލް އިނާމު
އެމޭޒަން ޖަންގަލީގެ ހިމާޔަތުގައި އަށް ގައުމެއް
ކޮލަމްބިއާގެ ރައީސްކަމަށް ކުރީގެ ހަނގުރާމަވެރިޔާ
ގެ ހެދީ އެކޮޅުކޮޅުން، ސަމާލުކަން ބޮޑު
ސޯޝަލް މީޑިއާ އަކީ ހަލާކެއް: ރެސާ
އިކޮނޮމިސްޓެއްގެ ކެއްކުމާ ބެހޭ ފޮތެއް
މަލާލާ ކައިވެނިކޮށްފި