Roadha Mihaaru
އެސްއެމްއީ ލޯނު ދެއްކުން ހަ މަހަށް ފަސްކޮށް ދީފި

އެސްއެމްއީ ލޯނުތައް ދެއްކުން ފަސްކޮޮށް، އިންޓްރެސްޓް ކުޑަކޮޮށްފިި

18 މާޗް 2020

ކުދިި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތަކާއި އިންޓްރެސްޓް ދެއްކުން ހަ މަހަށް ފަސްކޮށްދޭން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުދިި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތަކާއި އިންޓްރެސްޓް ދެއްކުން ހަ މަހަށް ފަސްކޮށްދޭން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ނިންމައިފި އެވެ.

ކޮރޯނާވައިރަހާ ހެދި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް، ގިނަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ. އެގޮތުން ބައެއް ގައުމުތަކުން މީހުން އައުން މަނާ ކުރުމާއި ފަތުރުވެރިން ރަށްރަށަށް އެރުވުން ވެސް ވަގުތީ ގޮތުން ވަނީ މަނާކޮށްފަ އެވެ. އޭގެ ސަބަބުން އިގްތިސާދަށް ދަނީ އަސަރު ކުރަމުންނެވެ.

އެސްޑީއެފްސީން ބުނީ ކޮވިޑް-19 ރޯގާހެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން އެސްޑީއެފްސީގެ ލޯނުތަކުގެ އިންޓްރެސްޓް އަނބުރާ ދެއްކުން ހަ މަހަށް ފަސްކޮށް ދިނުމަށާއި އަދި އެ މުއްދަތުގައި ލޯނުގެ އިިންޓްރެސްޓް ރޭޓް ހަތަރު ޕަސެންޓަށް ކުޑަކުރަން ވެސް ނިންމާފައިވާ ކަމަށެވެ.

އެސްޑީއެފްސީގެ ޓްވީޓް

އެސްޑީއެފްސީން އެގޮތަށް ނިންމިއިރު، އިިގްތިސާދަށް މިހާރު ކުރަމުންދާ އަސަރުތަކުގެ ސަބަބުން ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށް، ލޯނުތައް އަނބުރާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

ރޯގާގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ސިޔާސީ މަގާމުތަކާއި ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ވެސް ކުޑަކުރަން މިހާރު ވަނީ ނިންމައިފަ އެވެ. އަދި އޮފީސްތަކުގެ އެ ނޫން ޚަރަދުތައް ވެސް ކުޑަކުރަން ފިނޭންސް މިނިސްޓްރީން މިހާރު ވަނީ އަންގައިފަ އެވެ.

ކޮރޯނާ ވައިރަސް ހުރި 13 މީހަކު ރާއްޖެއިން މިހާތަނަށް ފެނިފައި ވިޔަސް، އެއްވެސް ދިވެއްސެއްގެ ގައިން އެ ވައިރަސް އަދި ފެނިފައެއް ނުވެ އެވެ. އެކަމަކު ސިއްހީ ކުއްލި ނުރައްކަލުގެެ ހާލަތުގެ ދަށުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮފީސްތަކާއި ސްކޫލްތައް މިހާރު ވަނީ ބަންދުކޮށްފަ އެވެ.