21 މާޗް 2020
ކޮރޯނާވައިރަސްއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އާންމު ކުރުމަށް ސަރުކާރުން މިރޭ ބޭއްވި ނިއުސް ބްރީފިން ވެސް މަބްރޫކް އަބްދުލްއަޒީޒް ނިންމަވައިލެއްވީ، އެތައް ބަޔަކު ޝައުގުވެރިވާ މުހިންމު މެސެޖަކުންނެވެ. އޭނާގެ ވިދާޅުވުމުގައި "މަޖާކަމެއް" ހުރިކަން ބައެއް މީހުންނަށް ފާހަގަ ވިޔަސް އެއީ މި ދަނޑިވަޅަށް އެންމެ މުހިންމު މެސެޖެވެ.
ކޮރޯނާވައިރަސްއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އާންމު ކުރުމަށް ސަރުކާރުން މިރޭ ބޭއްވި ނިއުސް ބްރީފިން ވެސް މަބްރޫކް އަބްދުލްއަޒީޒް ނިންމަވައިލެއްވީ، އެތައް ބަޔަކު ޝައުގުވެރިވާ މުހިންމު މެސެޖަކުންނެވެ. އޭނާގެ ވިދާޅުވުމުގައި "މަޖާކަމެއް" ހުރިކަން ބައެއް މީހުންނަށް ފާހަގަ ވިޔަސް އެއީ މި ދަނޑިވަޅަށް އެންމެ މުހިންމު މެސެޖެވެ.
"ކުރިއަށް މި އޮތީ ރަމަޟާން މަސް. ނުހިފި ހުރި ރޯދައެއް ވިއްޔާ ހިފައިލަން ރަނގަޅު ދުވަސްކޮޅެއް މިއީ. ފޮތެއް ކިޔައިލަން، އެއްޗެއް ކުރަހައިލަން، އެ ނުކުރެވި ހުރި ކަންތައް ކޮށްލަން މިހަފުތާ ބޭނުން ހިފާލާށޭ،" ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ބޭރުތެރެއަށް ނުނިކުމެ އެންމެން ގޭގައި މަޑުކުރުމަށް ބާރު އަޅުއްވަމުން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް ތަފާތު މެސެޖުތައް ދެއްވަމުން ވިދާޅުވި އެވެ.
ދެން އޭނާ އެދިވަޑައިގަތީ އާންމުންގެ ރައްކާތެރިކަމަށްޓަކައި ގޭގައި ގޮނޑިއެއްގައި އެންމެން އިށީނދެ ތިބުމަށެވެ.
"ޑޮކްޓަރުން ނުކުމެ މަސައްކަތް އެ ކުރައްވަނީ ރާއްޖެ ސަލާމަތުގެ ހާލަތަކަށް ގެންގޮސްދޭން. ތިޔަބޭފުޅުން ކޮށްދޭންވީ ކަމަކީ ހަމަ އިށީނދެ އިންނަވަންވީ އިނދެވުނު ވަރަކަށް ގޭގައި،" މަބްރޫކް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މާގިނަ ދުވަހެއް ނުވެ އަޅުގަނޑުމެންނަށް ހާލަތު ބަދަލު ކުރެވޭނެ. އުންމީދު ކުރަން އެ ގޮތަށް ހުރިހާ ބޭފުޅުން ވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށް."
ކޮވިޑާ ގުޅޭ ގޮތުން ސަރުކާރުން ބާއްވާ ނިއުސް ބްރީފިންގައި ފަހަކަށް އައިސް މަބްރޫކް ދައްކަވާ މަޒާޖީ ބައެއް ވާހަކަތަކާ އެކު، މާނަފުން މެސެޖެއް ދެއްވަ އެވެ. ކޮންމެ ނިއުސް ކޮންފަރެންސަކާ އެކު، އޭނާގެ އެފަދަ ވާހަކަތަކުގެ ވީޑިއޯ ކްލިޕްތައް ސޯޝަލް މީޑިއާގައި ދައުރުވެ އެވެ.
މަގުމައްޗަށް ނުނިކުތުމަށް މީގެ ކުރިން ވެސް މަބްރޫކާއި ސަރުކާރުގެ އެކި ވެރިން ބާރު އެޅުއްވި ނަމަވެސް މިރޭ ވެސް އޭނާ ވިދާޅުވީ އަދިވެސް ހައްލެއް ނުވާ ކަމަށެވެ.
"އަދިވެސް ހަމަ މަގުމަތިން އެބަ ފެނޭ މާލޭގައި ވެސް، ފުދޭ ވަރަކަށް ގިނައިން މީހުން ބައެއް ގަޑިގަޑީގައި އުޅޭތަން،" މަބްރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުުވި ގޮތުގައި އޮފީސްތަކާއި ސްކޫލްތައް ބަންދުކުރުމުން، އާއިލާގެ މެމްބަރުންނާ ބައްދަލުކުރުމަށް ގޭގެ އަށް މީހުން ދިއުން ގިނަވެފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ. އެގޮތަށް ދާއިރުގައި އެއް ގެއެއްގެ ކުޑަކުދިން އަނެއް ގެއަށް ގެންދާ ކަމަށާއި އެއީ "ސޯޝަލް ޑިސްޓެންސިން"ގެ އުސޫލާ ހިލާފު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. މީހުން އެއްވެ އުޅުން މަދުކުރަން ޖިމްތައް ބަންދުކުރުމުން ކަސްރަތު ކުރަން މީހުން މަގުތަކަށް ނުކުންނަ އަދުވެސް އިތުރު ވެގައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
"ތިމާގެ މީހެއްގެ ގައިން ތިމާގެ މީހެއްގެ ގަޔަށް އަރާނެ ހަމަ އިނގޭތޯ ބަލި. އަދި އެއީ ވަރަށް ދެރަ ކަަމަކަށް ވާނެ އެގޮޮތަށް ދިމާ ވެއްޖިއްޔާ ވެސް،" ނަސޭހަތުގެ ރާގެއްގައި އޭނާ ވިދާޅުވި އެވެ.
އާންމުން ބޭރުތެރޭގައި އުޅޭ އުޅުން މަދުކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި ސަރުކާރުގެ އޮފީސްތައް މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުކުރުމާއި މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ހިންގާ ކެފޭ/ރެސްޓޯރަންޓްތަކުގައި ތިބެގެން ކެއުން މިރޭ 12:00 ން ފެށިގެން މަނާކުރުމާއި މާލޭގައި މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ ޕާކްތަކާއި މައިޒާންތައް ބަންދުކުރުން ހިމެނެ އެވެ.
ރާއްޖޭން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދަކީ 13 އެވެ. އޭގެ ތެރެއިން ތިން މީހަކަށް ފަރުވާދީ ރަނގަޅު ވެފައި ވާއިރު ދެން ތިބި 10 މީހުންގެ ހާލު ވެސް ރަނގަޅެވެ. ކޮވިޑް ބަލީގެ ދިވެއްސަކު އަދި ރާއްޖެ އިން ނުފެނއެވެ.
ދުނިޔޭގެ އެކި ކަންކޮޅު ތަކުން އެ ބަލި ޖެހުނު މީހުންގެ އަދަދަކީ މިއާ ހަމައަށް 283,061 އެވެ. އޭގެ ތެރެއިން 11,826 މީހުން މަރުވި އިރު 93,535 މީހަކު ވަނީ ރަނގަޅުވެފަ އެވެ.
ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައި ވަނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ކުރިން ބެލެވިފައި ވިޔަސް، މިހާރު އެނގިފައިވާ ގޮތުން ނަމަ ޒުވާނުން އޮތް ނުރައްކާ ވަކި ކުޑައެއް ނޫނެވެ.
"އިންޑެކްސް ކޭސް ހޯދުމުގެ ބޭނުމެއް މިހާރަކު ނެތް"
ބަންގްލަދޭޝްގެ 70 މީހަކު އަނބުރާ ފޮނުވާލަނީ
ކޮވިޑް-19 އާ ހެދި މީހުން ބާކީ ނުކުރޭ: ޑރ.މުރާދު
މަރުވި ބިދޭސީ މީހާ ކޮވިޑަށް ނެގެޓިވް
އިޓަލީގެ ދެ މީހުން ފުރުވާލުމަކީ ހެދި ގޯހެއް!
"ފަހު ރުފިޔާ ވެސް ހޭދަކުރާނީ ރައްކާތެރި ކަމަށް"
މާލޭގެ ދެ ގެއެއް ބަންދުކޮށް ޓެސްޓްކުރަން ފަށައިފި
ރޯގާ އަށް ފަރުވާކުރަން ތިން ކްލިނިކެއް ހުޅުވައިފި
ސްކޫލްތައް ބަންދުކުރުން ބުއްދިވެރި: ޑރ. ނިޔާފް
އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަދީފި