ކޮރޯނާ ވައިރަސްއާ ގުޅިގެން ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ ބޯޑު މެމްބަރުންނާއި އިސްވެރިންގެ މުސާރަ 20 ޕަސެންޓް ކުޑަކުރަން ނިންމައިފި އެވެ.
22 މާޗް 2020
ކޮރޯނާ ވައިރަސްއާ ގުޅިގެން ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ ބޯޑު މެމްބަރުންނާއި އިސްވެރިންގެ މުސާރަ 20 ޕަސެންޓް ކުޑަކުރަން ނިންމައިފި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިއޭއެސް އިން މިއަދު ބުނީ އެ ކުންފުނީގެ މެނޭޖްމަންޓާއި ބޯޑު މެމްބަރުންގެ މުސާރަ 20 ޕަސެންޓް ކުޑަކުރަން ނިންމީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުންފުނީގެ ޚަރަދުތައް ކުޑަ ކުރުމަށް ކަމަށެވެ. އަދި މުވައްޒަފުންނަށް ވެސް މުސާރަ ނުލިބޭ ގޮތަށް އެއް މަހާއި ތިން މަހާ ދެމެދުގެ ޗުއްޓީއެއް ނެގުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށާއި ބޮޑެތި ބަލިތައް ހުރި މުވައްޒަފުންނާއި މާބަނޑު މުވައްޒަފުންގެ އިތުރުން 55 އަހަރުން މަތީގެ މުވައްޒަފުންނަށް މުސާރަ ލިބޭ ގޮތަށް އެއް މަހުގެ ޗުއްޓީއެއް ވެސް ދޭން ނިންމާފައިވާ ކަމަށް ވެސް އައިއޭއެސް އިން ބުންޏެވެ.
އައިއޭއެސްގެ ބޯޑު މެމްބަރުންނާއި އިސްވެރިންގެ މުސާރަ ކުޑަކުރަން ނިންމިއިރު، ސަރުކާރުން ވެސް ކުރިން ވަނީ ސިޔާސީ މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތައް 20 ޕަސެންޓް ވަނީ ކުޑަކޮށްފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ އިން ވެސް 20 ޕަސެންޓް އުނިކުރަން މަޖިލީހުން ދާދިފަހުން ވަނީ ފާސްކޮށްފަ އެވެ.
ކޮރޯނާ ވައިރަސްއާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމުގެ ޚާއްސަ ފިޔަވަޅުތަކެއް ވެސް އަޅަން ވަނީ އަންގައިފަ އެވެ. އެކަމަކު ސަރުކާރު މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަ ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރިން ވަނީ ވިދާޅުވެފަ އެވެ.
ކޮރޯނާވައިރަސް ޖެހިފައިވާ 13 މީހަކު ރާއްޖެ އިން ވެސް ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ރަނގަޅު ވެފަ އެވެ. އެކަމަކު، އެ މީހުންގެ ހާލަތު އަދި މަހެއް ވަންދެން މޮނީޓާ ކުރާނެ އެވެ.
ރާއްޖެ އިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 11 މީހުންނަކީ ޓޫރިސްޓުންނެވެ. ބާކީ ދެ މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީ އެކެވެ. އެ ތަނުން އެކަކީ އެ ރިސޯޓުގެ ޑޮކްޓަރެވެ. ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، މިހާރު ރަނގަޅު ވެފައިވާ ތިން މީހުންގެ ތެރެއިން އެކަކީ އެ ޑޮކްޓަރެވެ. ދެން ރަނގަޅުވީ ބަތަލާ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީގެ ދެމަފިރިއެކެވެ.
އައްޑޫން ކުޅުދުއްފުއްޓަށް ސީދާ ދަތުރުތައް ފަށަނީ
މާފަރު އެއާޕޯޓުގެ ތައްޔާރީތައް ވެސް ބަލައިފި
އައިއޭއެސްއަށް ގެއްލުންވެ، ބޮޑު ވެއްޓުމަކަށް!
"ޕީޕީއެމްގެ އޮފީހުގައި މޯލްޑިވިއަންގެ ޑެސްކެއް ހިންގި"
މުސާރަ ބޮޑުކުރީ ވާދަވެރިކަމާ ހެދި: އައިއޭއެސް
މޯލްޑިވިއަންގެ ޓިކެޓް ރީފަންޑް އެއް ދުވަސް ތެރޭ ދެނީ
ޕައިލެޓުންގެ ކަންކަން އަމީންގެ އަތުން ނަގައިފި
ޕައިލެޓުން އިހުތިޖާޖު ނުކުރަން ނިންމައިފި
ތިމަރަފުށީ އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފަށައިފި
މޯލްޑިވިއަންގެ ދަތުރުތަކުގައި ލުއި ކާނާއެއް ދޭން ފަށަނީ