Roadha Mihaaru
އައްޑޫން ކުޅުދުއްފުއްޓަށް ސީދާ ދަތުރުތައް ފަށަނީ

އައްޑޫން ކުޅުދުއްފުއްޓަށް މޯލްޑިވިއަނުން ސީދާ ދަތުރުތައް ފަށަނީ

30 ޖޫން 2020

ކުޅުއްދުއްފުށްޓާއި އައްޑުއާ ދެމެދު ސީދާ ދަތުރުތައް ފަށަން ގައުމީ އެއާލައިން، މޯލްޑިވިއަނުން ތައްޔާރުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުޅުއްދުއްފުށްޓާއި އައްޑުއާ ދެމެދު ސީދާ ދަތުރުތައް ފަށަން ގައުމީ އެއާލައިން، މޯލްޑިވިއަނުން ތައްޔާރުވެއްޖެ އެވެ.

މޯލްޑިވިއަން އޮޕަަރޭޓްކުރާ އައިލެންޑްް އޭވިއޭޝަނުން މިއަދު ބުނީ ކުޅުދުއްފުށްޓާ އައްޑުއާ ދެމެދު ހަފުތާއަކު ދެ ދަތުރުކުރާނެ ކަމަށެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު ގަން އިންޓަނޭޝަނަލް އެއާޕޯޓުން ކުޅުދުއްފުށީ އެއާޕޯޓަށް އަދި ބުރާސްފަތިދުވަހު ކުޅުދުއްފުށިން ގަަމަށް ދަތުރުކުރާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ. އެ ދަތުރުތަކުގައި މަތިންދާބޯޓަށް ތެޔޮ އަޅަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވިއްސަކަށް މިނެޓް މަޑުކުރާނެ އެވެ. އެ ވަގުތުގައި ޕަސިންޖަރުން ތިބޭނީ ބޯޓުގަ އެވެ.

އެ ދަތުރުތަކުގައި އެއްކޮޅު ޓިކެޓް ވިއްކާނީ 1444ރ. އަށެެވެ.

އައިއޭއެސް އިން މިއަދު ބުނީ އައްޑޫ-ކުޅުދުއްފުށި ޝެޑިއުލް ދަތުރައް ފަށަނީ އެ ދެ ސަރަހައްދުގެ ދެމެދުގައި އިގުތިސާދީ ހަރަކާތްތައްް ހިންގުމަށް މަގުފަހިކުރަން އިކޮނޮމިކް މިިނިސްޓްރީން އިސްނަަގައިގެން ކަމަށެވެ.

އައިއޭއެސް އިން މިއަދު ބުނީ ކޮވިޑް-19 އާ ހެދި ވައިގެ ދަތުރުތައް ހުއްޓާލާފައި އޮތުމަށް ފަހު އަލުން ފަށާއިރު ޑޮމެސްޓިކް އެެހެން އެއާޕޯޓްތަކުގެ މެދުގައި ވެސް ޝެޑިއުލް ދަތުރުތައް ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ދަރަވަންދޫން ހަނިމާދު އަށް އަދި ތިމަރަފުށިން ކައްދު އަށް ދަތުރުތައް ކުރާނެ އެވެ. ދަތުރުތައް އަލުން ފަށާއިރު ގދ. މާވާރުލު އެއާޕޯޓަށް ވެސް ދަތުރުތައް ކުރާނެ އެވެ.