ފަސް ކުރާ ލޯނުތަކަށް ޑަބަލް އިންޓްރެސްޓް ނާރާ ގޮތް ހަމަޖައްސައިފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.
29 މާޗް 2020
ފަސް ކުރާ ލޯނުތަކަށް ޑަބަލް އިންޓްރެސްޓް ނާރާ ގޮތް ހަމަޖައްސައިފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.
ކޮރޯނާވައިރަސްއާ ގުޅިގެން ދިމާވެފައި އޮތް އިގުތިސާދީ ބޮޑު ހުއްޓުމާ ގުޅިގެން ސަރުކާރުގެ އިކޮނޮމިކް ޕެކޭޖުގެ ތެރެއިން ޕާސަނަލް، ހައުސިން އަދި ވިޔަފާރި ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދީފަ އެވެ.
ބޭންކުން ކުރިން ކަނޑައަޅާފައިވާ ގޮތުން ފަސް ކުރާ މުއްދަތުގައި ނަގާ އިންޓްރެސްޓް އެއް މަހުން އަނެއް މަހަށް ދާނީ ބޮޑުވަމުންނެވެ. އެހެން ނަމަވެސް މިހާރު ވަނީ ފަސް ކުރުމާ މުއްދަތުގައި އިންޓްރެސްޓަށް ފިކްސްޑް އަދަދެއް ކަނޑައަޅައިފަ އެވެ. އެހެންވެ އިންޓްރެސްޓްގެ މައްޗަށް އިންޓްރެސްޓް ނުވަތަ ކޮމްޕައުންޑް އިންްޓަރެސްޓް ދައްކާކަށް ނުޖެހޭނެ އެވެ. މި ބަދަލާ އެކު ވެސް އިންޓްރެސްޓްގެ ގޮތުގައި ވަކި އަދަދެއް ހަ މަސް ދުވަހު ދައްކަން ޖެހޭނެ އެވެ. އަދި އިންޓްރެސްޓްގެ ގޮތުގައި އަރާ ވަރު ބަހާލައިގެން ފަހުން ދައްކަން ޖެހޭނެ އެވެ.
ބޭންކުން ގެންނަ މިބަދަލާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ބޭންކުން އަންނަނީ ކަސްޓަރަމުންނަށް ލުއިކޮށްދިނުމުގެ ގޮތުން އިންޓަނޭޝަނަލް ސްޓޭންޑާޑްތަކާ އެއްގޮތަށް ފިޔަވަޅުތައް އަޅަމުން ކަމަށެވެ.
The bank has been trying to do their utmost to help the customers and the country according to the best of its ability and as per the international standards that it must follow and adhere to, and will continue to monitor the situation as it unfolds.
— އިބްރާހިމް އަމީރު (@iameeru) March 29, 2020
އެގޮތުން ދެން ޖެހިގެން އަންނަ ހަ މަސް ދުވަހު، ކޮންމެ މަހަކު ދައްކަން ޖެހޭ މިންވަރުން 20 ޕަސެންޓް މަދުކޮށްދޭން ވެސް ބޭންކުން ވަނީ ނިންމައިފަ އެވެ. މިގޮތަށް ބޭންކް ލޯނު ފަސް ކުރުމުން، ފަސްކުރާ ލޯނުތަކުގެ މުއްދަތު އިތުރު ހަ މަހަށް އިތުރުވާނެ އެވެ.
ގައުމީ ބޭންކުން ވަނީ މި މަހުގެ 1 އިން އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލޯނުތައް ފަސްކޮށްދޭން ނިންމައިފަ އެވެ. ލޯނު ފަސްކޮށްދިނުމަށް އޮތް ހަމައެކަނި ޝަރުތަކީ ލޯނު ދައްކަން ޖެހި އެކަމަކު ނުދައްކާ އެއްވެސް ފައިސާއެއް ނެތުމެވެ. އޭގެ މާނައަކީ ލޯނު ފަސްކުރުމުގެ ފުރުސަތަށް އެދުމުގެ ކުރިން އެއްވެސް ޕޭމަންޓެއް ނުދައްކާ އޮތް ނަމަ، އެބައި ހަލާސްކުރުމެވެ.
ބީއެމްއެލުން ބުނީ ލޯނު ފަސްކުރަން ކޮންމެ ކަސްޓަމަރަކަށް ވެސް ވަކިވަކިން ލޯނާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، އެކަމަށް ފަސޭހައިން އެދެވޭނެ އިންތިޒާމް ވެސް ހަމަޖައްސައިދޭނެ ކަމަށެވެ. އޭގެ ބައެއްގެ ގޮތުން އޮންލައިންކޮށް ފޯމު ހުށަހެޅޭނެ ގޮތް އަންނަ ހަފްތާގައި ހަމަޖައްސާނެ ކަމަށް ވެސް ބޭންކުން ބުނެ އެވެ.
މި އަހަރު 6.5 ބިލިއަން ރުފިޔާގެ ލޯނު ދީފި
ސްޓިމިއުލަސް ޕެކޭޖުތައް އަންނަ ހަފްތާގައި ދޫކުރާނެ
ބޭންކިންގެ އުސޫލާ ހިލާފަށް ލޯނެއް ނުދެން: ބީއެމްއެލް
ހިޔާ/ވިނަރެސް އަށް ދޫކުރި ލޯނު އިންޓްރެސްޓް ކުޑަކުރަނީ
"206 މަޝްރޫއަށް ލޯނު ދޫކުރާނީ އުސޫލުގެ ތެރެއިން"
އެމްޑީ ޝަރީފުގެ އިލްތިމާސަކީ ގަވާއިދުން ފައިސާ ދެއްކުން
ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކަށް ބޮޑު ބަދަލެއް
ބީއެމްއެލްއިން ފަސް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
ރަހުނަކާ ނުލައި ލިބޭ 1 މިލިއަންގެ ހައުސިން ލޯނެއް!
ބީއެމްއެލްގެ ލުއި ލޯނުތައް ވަގުތުން އެޕްރޫވް ކުރަނީ