31 މާޗް 2020
ކޮރޯނާވައިރަހާ ދެކޮޅަށް އިންޑިއާ އިން ކުރާ މަސައްކަތުގެ ދަށުން އެ ގައުމު ތިން ހަފުތާގެ މުއްދަތަކަށް ބަންދުކޮށް، ރައްޔިތުން މަގުމައްޗަށް ނުކުމެ ނޫޅުމަށް ސަރުކާރުން އެންގި ނަމަވެސް އެކަމަށް ތަބާނުވެ، މަގުމަތީގައި އުޅޭ މީހުންނަށް ވައިރަހުގެ ނުރައްކާތެރިކަން އަންގައިދޭން ފުލުހަކު ވައިރަސް ސިފަކޮށްދޭ ހެލްމެޓެއް ބޭނުންކުރަން ފަށައިފި އެވެ.
ކޮރޯނާވައިރަހާ ދެކޮޅަށް އިންޑިއާ އިން ކުރާ މަސައްކަތުގެ ދަށުން އެ ގައުމު ތިން ހަފުތާގެ މުއްދަތަކަށް ބަންދުކޮށް، ރައްޔިތުން މަގުމައްޗަށް ނުކުމެ ނޫޅުމަށް ސަރުކާރުން އެންގި ނަމަވެސް އެކަމަށް ތަބާނުވެ، މަގުމަތީގައި އުޅޭ މީހުންނަށް ވައިރަހުގެ ނުރައްކާތެރިކަން އަންގައިދޭން ފުލުހަކު ވައިރަސް ސިފަކޮށްދޭ ހެލްމެޓެއް ބޭނުންކުރަން ފަށައިފި އެވެ.
ޓަމިލް ނާޑޫ ސްޓޭޓްގެ ޗެންނާއީގެ މަގުމަތި ޕެޓްރޯލްކުރަން އުޅޭ ފުލުހުންގެ ތެރެއިން ރާޖޭޝް ބާބޫ އެތައް ބައެއްގެ ސަމާލުކަން ހޯދީ އޭނާ އަޅާ ވައިރަސް ހެލްމެޓުންނެވެ.
މި ހެލްމެޓް ފަރުމާކުރި އާޓިސްޓް ގޯތަމް އޭޝިއަން ނިއުސް އިންޓަނެޝަނަލް (އަނީ) އަށް ބުނީ ވައިރަހެއް ރަމްޒުކޮށްދޭ ގޮތަށް ހެލްމެޓެއް ހަދަން ހިޔާލު އައީ ކޮރޯނާވައިރަހުގެ ނުރައްކާތެރިކަން އަދިވެސް ރައްޔިތުން ސީރިއަސްކޮށް ނުނަގާތީ އެވެ.
"އަހަރެން ހިތަށް އެރީ ނުރައްކާތެރި ވައިރަހެއް ސިފަވާ ގޮތަށް ހެލްމެޓެއް ހަދައިގެން ބޭނުންކޮށްފިއްޔާ މިއިން ކޮންމެވެސް ވަރެއްގެ ނަތީޖާއެއް ފެންނާނޭ. ބޭނުމަކީ މި ވައިރަހުގެ ނުރައްކާތެރިކަން އަންގައިދީ ހޭލުންތެރިކަން އުފެއްދުން." އޭނާ ބުންޏެވެ.
ގޯތަމް ބުނީ ހެލްމެޓަށް ބަދަކުތަކެއް ގެނެސްފައި ހުރީ ކަރުދާސް ބޭނުންކޮށްގެން ކަމަށެވެ. އަދި އެ ހެލްމެޓާ އެކު، ކޮރޯނާވައިރަހާ ގުޅޭ މެސެޖްތައް ލިޔެފައިވާ ބޯޑްތަކެއް ވެސް ޗެންނައި ފުލުހުންނަށް ހަދިޔާކުރި ކަމަށް ބުންޏެވެ.
"އަހަރެން ވަރަށް އުފާވި ފުލުހުން އެ ހެލްމެޓް ބޭނުންކުރަން ފެށީމަ." އޭނާ ބުންޏެވެ.
An Indian traffic policeman has taken coronavirus awareness to new levels by hitting the streets clad in a newly-devised accessory: the 'coronahelmet' pic.twitter.com/Wh8loNzTfu
— Reuters (@Reuters) March 28, 2020
"ކޮރޯނާ ހެލްމެޓް" ގެ ނަމުން މަޝްހޫރު ހެލްމެޓް އަޅައިގެން މަގުމަތި ޕެޓްރޯލް ކުރަން އުޅޭ އިންސްޕެކްޓަރު ރާޖޭޝް ބުނީ އެ ހެލްމެޓަކީ މިހާރު މަގުމައްޗަށް ނުކުންނަ މީހުން މައިތިރިކުރަން ބޭނުންކުރާ އެންމެ މުހިއްމު އެއް ވަސަީލަތް ކަމަށެވެ.
"އަހަންނަށް ގަބޫލުކުރެވޭ މި ހެލްމެޓްގެ ސަބަބުން އާންމުންގެ ތެރޭގައި ވައިރަހުގެ ނުރައްކާތެރިކަން އޮތް މިންވަރު ބޮޑުވެގެންދާނެ ކަމަށް." އޭނާ ބުންޏެވެ. "އަދި މިކަން ސީރިއަސް ކަމެއްގެ ގޮތުގައި ދެކޭނެ ކަމަށް."
ރާޖޭޝް ބުނިގޮތުގައި މި ކޮރޯނާ ހެލްމެޓް އަޅަައިގެން ހުންނަ ތަން ފެނުމުން މަގުމަތީގައި އުޅޭ ކުޑަކުދިން ވެސް ބިރުން ދުވެ ގޮސް ގެއަށް ވަންނަކަން މިހާރު ފާހަގަކުރެވޭ ކަމަށެވެ.
ކޮރޯނާވައިރަހާ ދެކޮޅަށް އިންޑިއާ އިން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ އިރު، އެ ވައިރަހުގެ ސަބަބުން ޖެހޭ ކޮވިޑް-19 ގައި އެ ގައުމުން މަރުވި މީހުންގެ އަދަދު މިހާރު 30 އާ ގާތްކުރެ އެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު 900 އަށް ވުރެ ގިނަ އެވެ.
ހެލްމެޓް ނާޅައި ދުއްވުމުގެ އަދަބަކަށް މަޒުމޫނު ލިޔުން
އިންޑިއާ ސިފައިންގެ މީހަކު މާސްކް ނޭޅުމުން އަނިޔާކޮށްފި
ކޮވިޑް ވެކްސިން ނުޖަހާ ނަމަ މުސާރަ ނުދޭ ނިންމުމެއް
ފްލައިޓް ތެރޭގައި ކައިވެނިކުރުމުން ބޮޑު މައްސަލައަކަށް
ޔޫއޭއީގެ އެހީ އިންޑިއާ އަށް ތަފާތު ގޮތަކަށް
އިންޑިއާގައި ކޮވިޑް ޓެސްޓެއް ހަދަން ތިން ހަތަރު ދުވަސް
އައިނަކީ ކޮވިޑަށް މަގު ފަހިވާ އާދަތަކަށް އެޅޭ ހުރަހެއް
އިންޑިއާގެ ސިނަމާތައް ހުޅުވަން ގޮވާލައިފި
ކޮރޯނާވައިރަސް ނައްތާލާ ޑިވައިސްއެއް އިންޑިއާ އިން
މިއީ ފަރާޓާއެއް، މާސްކެއް ނޫން!