Roadha Mihaaru
ރީތީގެ ރާނީ ކޮރޯނާވައިރަހުގެ ބަލި މީހުންނާ އެކު

އިނގިރޭސި ވިލާތުގެ ރީތީގެ ރާނީ ކޮރޯނާވައިރަހުގެ ބަލި މީހުންނާ އެކު

08 އެޕްރީލް 2020

ކޮރޯނާވައިރަސް ފެތުރެމުންދާ މި ދަނޑިވަކީ ކޮންމެ މީހަކު ވެސް އެ މީހަކަށް ވެވުނު މިންވަރަކުން އެހެން މީހުންނަށް އެހީވާންވީ ވަގުތެކެވެ. މިކަމުގައި ވަރަށް ގިނަ ބަޔަކު އަންނަނީ ނަމޫނާ ދައްކަމުންނެވެ، އެއް ބަޔަކު މާލީ ގޮތުން އެހީވަނީ އެވެ. އަނެއް ބަޔަކު އެ މީހުހުންގެ މަސައްކަތްތަކާ ގުޅުން ހުރި ދިމާއަކުން އެހީތެރިކަން ފޯރުކޮށް ދެނީ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަސް ފެތުރެމުންދާ މި ދަނޑިވަކީ ކޮންމެ މީހަކު ވެސް އެ މީހަކަށް ވެވުނު މިންވަރަކުން އެހެން މީހުންނަށް އެހީވާންވީ ވަގުތެކެވެ. މިކަމުގައި ވަރަށް ގިނަ ބަޔަކު އަންނަނީ ނަމޫނާ ދައްކަމުންނެވެ، އެއް ބަޔަކު މާލީ ގޮތުން އެހީވަނީ އެވެ. އަނެއް ބަޔަކު އެ މީހުހުންގެ މަސައްކަތްތަކާ ގުޅުން ހުރި ދިމާއަކުން އެހީތެރިކަން ފޯރުކޮށް ދެނީ އެވެ.

މިހާރު މިފަދަ މަސައްކަތަކަށް ނުކުތް އެކަކީ މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ރީތީގެ ރާނީ ތާޖު ހާސިލުކުރި އަދި މި އަހަރު ބޭއްވި ދުނިޔޭގެ ރީތީގެ މުބާރާތުގައި އެ ގައުމު ތަމްސީލުކުރި ބާޝާ މުކަރްޖީ، 24، އެވެ. ރީތީގެ މުބާރާތުގައި ވާދަކޮށް، ބޮލުގައި ތާޖު އެޅުމަށް ފަހު އޭނާ އަކީ ޖޫނިއާ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ މީހެކެވެ. އެގޮތުން ހިލޭ ސާބަހަށް ދުނިޔޭގެ ވަރަށް ގިނަ ހިސާބުތަކުގައި ބާޝާ މަސައްކަތްކުރަމުން ދިޔަ އެވެ.

ނަމަވެސް އޭނާ މިހާރު ހުރީ ގައުމަށް ހިދުމަތްކުރަން ނުކުމެ އެވެ. އިނގިރޭސި ވިލާތުން ކޮރޯނާވައިރަހާ ދެކޮޅަށް ބޮޑު ހަނގުރާމައެއްކުރަމުން އަންނަ އިރު، ބާޝާ ދެކޭ ގޮތުގައި މި ދަނޑިވަޅަކީ ގައުމުގެ ރައްޔިތުންގެ ސީދާ ހިދުމަތަށް އޭނާ ނުކުންނަންވީ ވަގުތެވެ. އެހެންވެ ފަސްޖެހުމެއް ނެތި ބާޝާ މިހާރު ހުރީ ބައްޔަށް ފަރުވާދޭން ކުރީ ސަފުގައި މަސައްކަތްކުރާ ސިއްހީ އެހީތެރިންނާ އެކީގަ އެވެ.

"އަހަންނަށް އެބައޮތް މި ދަނޑިވަޅުގައި އޮގަސްޓް މަހާ ހަމައަށް މަސައްކަތްކުރެވެން. އެހެންވެ ކޮރޯނާވައިރަހުގެ މި ހާލަތުގައި ފްރޮންޓް ލައިނަށް ނުކުތީ،" އެމްބެސެޑަރެއްގެ ގޮތުގައި ތުރުކީ އާއި އިންޑިއާ އާއި ޕާކިސްތާނާއި އެފްރިކާގެ އެކި ގައުމުތަކުގައި މަސައްކަތްކޮށްފައިވާ ބާޝާ ބުންޏެވެ.

އޭނާ ބުނިގޮތުގައި މި ދަނޑިވަޅުގައި ހިދުމަތަށް ނުކުންނަން އެންމެ ބޮޑަށް ހިތްވަރު ދިން އެއް ބަޔަކީ އެކީގައި ކިޔަވަން އުޅުނު ރައްޓެހިންނެވެ. އެގޮތުން އިރުމަތީ އިންގްލެންޑްގެ ބޮސްޓަން ޕިލްގްރިމް ހޮސްޕިޓަލްގައި މަސައްކަތްކުރާ އެކުވެރިންތަކެއް އެ މީހުންނާ ގުޅެން އެދެމުން ދިޔަ ކަމަށް ބުންޏެވެ.

"ވަރަށް ގިނަ މެސެޖްތަކެއް ލިބެމުން ދިޔަ، އޭރު އަހަހަރެން ކުރީ ޗެރިޓީ ޕްރޮޖެކްޓަކަށް އިންޑިއާ އަށް ގޮސް. އެހެންވެ އަހަރެން ހިތަށް އެރީ މިއީ އެނބުރި ގައުމަަށް ގޮސް ސީދާ ރައްޔިތުންނަށް ހިދުމަތްކޮށްދޭން އެންމެ ރަނގަޅު ދަނޑިވަޅޭ. ގައުމަށް ހިދުމަތް ކުރަން ލިބޭ މިފަދަ ފުރުސަތެއް ދޫކޮށްލުމަކީ ކުރާނެ ކަމެއް ނޫން." އުމުރުން 9 އަހަރުގައި އާއިލާއާ އެކު އިނގިރޭސިވިލާތަށް ބަދަލުވެ، އެ ގައުމުގެ ރަަށްވެހިކަން ހޯދި ބާޝާ ބުންޏެވެ. "މިއީ ގައުމީ އަދި އިންސާނިއްޔަތަށްޓަކައިކުރާ ކަމެއް."

އޭނާ ސީއެންއެން އަށް ކިޔައިދިން ގޮތުގައި ކޮވިޑް-19 ގައި ވަރަށް ގިނަ ބަޔަކު މަރުވަމުންދާ ކޮންމެ ދުވަހަކު ވެސް އަޑުއިވެމުން ދިއުމަކީ ހިތަށް ކުޅަދާނަވާވަރުގެ ވާހަކަތަކެއް ނޫނެވެ. އަދި އިނގިރޭސި ރީތީގެ ރާނީގެ ތާޖު ލިބުނު މީހެއްގެ ހައިސިއްޔަތުން ގައުމަށް ހިދުމަތްކުރުމުގެ ޒިންމާ އަކީ އޭނާގެ ކޮނޑުގައި އެޅިފައި އޮތް މަސްއޫލިއްޔަތެއް ކަމަށް ބާޝާ ބުންޏެވެ.

"އަހަރެން މިހިރީ ރައްޔިތުންގެ ހިދުމަތަށް ނުކުމެ. މިގޮތުގައި ސާބިތުވެ ހުންނާނަން. ފަސްޖެހުމެއް ބިރެއް ނެތް،" ރެސްޕިރޭޓަރީ މެޑިސިނުން ސްޕެޝަލައިޒްވެފައިވާ ބާޝާ ބުންޏެވެ.