16 ފެބުރުއަރީ 2022
އިންޑިއާގެ ކަރްނާޓަކާ ސިޓީގެ ސްކޫލްތަކާއި ކޮލެޖްތަކުގެ މުސްލިމް އަންހެން ދަރިވަރުން ބުރުގާ އަޅައިގެން ކްލާސްތަކަށް ހާޒިރުވުން ކަރްނާޓަކާ ސަރުކާރުން މަނާކުރުމާ ގުޅިގެން އެކަން ކުށްވެރިކޮށް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ފާޑުކިޔުމުން، އިންޑިޔާ އިން އެ ޖަމިއްޔާ ކުށްވެރިކޮށްފި އެވެ.
އިންޑިއާގެ ކަރްނާޓަކާ ސިޓީގެ ސްކޫލްތަކާއި ކޮލެޖްތަކުގެ މުސްލިމް އަންހެން ދަރިވަރުން ބުރުގާ އަޅައިގެން ކްލާސްތަކަށް ހާޒިރުވުން ކަރްނާޓަކާ ސަރުކާރުން މަނާކުރުމާ ގުޅިގެން އެކަން ކުށްވެރިކޮށް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ފާޑުކިޔުމުން، އިންޑިޔާ އިން އެ ޖަމިއްޔާ ކުށްވެރިކޮށްފި އެވެ.
މުސްލިމް އަންހެން ކުދިން ބުރުގާ އަޅައިގެން ކްލާހަށް ހާޒިރުވުން މަނާކުރި މައްސަލައިގެ އިތުރުން، އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ އެހެން އަމަލުތައް ވެސް، އޯއައިސީން މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނުގައި ކުށްވެރިކޮށްފައިވެ އެވެ. ހަރުކަށި ހިންދީ ހިޔާލާތުގެ ހިންދުތުވާ ހަރަކާތުގެ ބައިވެރިން، އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގުމަށް ގޮވުމާއި ސޯޝަލް މީޑިއާގައި މުސްލިމް އަންހެން ކުދިންނަށް ފުރައްސާރަ ކުރުމަށް ފާޅުގައި ހިންގާ އަމަލުތައް ވެސް އޯއައިސީގެ ބަޔާނުގައި ކުށްވެރިކޮށްފައިވެ އެވެ.
The General Secretariat of the Organization of Islamic Cooperation (#OIC) expresses deep concern over recent public calls for #genocide of #Muslims by the ‘#Hindutva’ proponents in #Haridwar in the State of #Uttarakhand… pic.twitter.com/9Qh7VVe9dl
— OIC (@OIC_OCI) February 14, 2022
މީގެ އިތުރުން މިސްކިތްތަކަށް ހަރުކަށި ހިންދީން ހަމަލާދީ ދީނީ މިނިވަންކަމަށް ހުރަސް އަޅާތީ އެކަން ވެސް ކުށްވެރިކޮށް، އދ.ގެ ކަމާ ގުޅުން ހުރި އިދާރާތަކުން އެފަދަ މައްސަލަތައް ތަހުގީގުކުރުމަށް ވެސް އޯއައިސީން ގޮވާލާފައިވެ އެވެ. އަދި އިންޑިއާގައި ދިރިއުޅޭ މުސްލިމުންގެ އެންމެހައި އިންސާނީ ހައްގުތަކާއި ދީނީ މިނިވަންކަން ރައްކާތެރިކޮށްދިނުމަށް އިންޑިއާ ސަރުކާރަށް ވެސް ގޮވާލާފައިވެ އެވެ.
Our response to media queries regarding recent statement by General Secretariat of the OIC: https://t.co/jXZh7Axr5G pic.twitter.com/hqPyBJSZUA
— Arindam Bagchi (@MEAIndia) February 15, 2022
އޯއައިސީގެ މި ބަޔާނަށް ރައްދު ދެމުން، އިންޑިއާގެ މައި ސަރުކާރުގެ ހާރިޖިއްޔާގެ ތަރުޖަމާނު އަރިންޑަމް ބަގްޗީ ވިދާޅުވީ އިންޑިއާއާ ދެކޮޅަށް ޕްރޮޕަގެންޑާ ފެތުރުމަށް އުޅޭ ބައެއްގެ މަސްލަހަތުން އޯއައިސީ އޮތީ ކިޑްނެޕްކޮށްފައި ކަމަށެވެ.
"އިންޑިއާގައި އުފެދޭ މައްސަލަތައް ހުށަހަޅާނީ ވެސް އަދި ހައްލުކުރާނީ ވެސް އަހަރެމެންގެ ދުސްތޫރީ އޮނިގަނޑުގެ ތެރެއިން އަދި ޑިމޮކްރެސީގެ ރޫހާއި އަހަރެމެންގެ ތެރޭގައި ހަމަޖެހިފައި ހުރި ވެރިކަމުގެ ނިޒާމުގެ ތެރެއިން،" އަރިންޑަމް ބަގްޗީ ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.
އިންޑިއާގައި ރޭޕް ގިނަވަނީ ބުރުގާ ނާޅާތީ: ޒަމީރު
ބުރުގާ މައްސަލައަށް އެމެރިކާ ވަނުމަށް އިންޑިއާ ނުރުހޭ
ބުރުގާގެ މައްސަލަ ހައި ކޯޓުގެ ބެންޗަކުން ބަލަނީ
ފަރަންސޭސި ސްކޫލްތަކުގައި އަބާޔާ މަނާކުރަނީ
ތާލިބާނުންގެ ނިންމުން ބަދަލުކުރުމަށް ސައޫދީން ގޮވާލައިފި
މުސްކާންގެ ހިތްވަރަށް މެމްބަރަކު ހަދިޔާކުރީ އައިފޯނެއް
ބުރުގާ އަޅާ އަންހެނުންގެ ދިފާއުގައި ސޯނަމް އާއި ރިޗާ
ބުރުގާ މައްސަލައިގައި ކޮލެޖްތައް ތިން ދުވަހަށް ބަންދު
އަންހެނުންތަކެއް ވިއްކަން ޖެހި އިންޑިއާ މީހަކު ހައްޔަރު
މަހްރަމަކާ ނުލައި އަންހެނުން ފުރަތަމަ ފަހަރަށް ހައްޖަށް