ކޮރޯނާވައިރަހާ ހެދި އެންމެން ގޭގައި ތިބެން ޖެހޭތީ ނެޓްފްލިކްސްގެ ސަބްސްކްރައިބަރުންގެ ޕްރިމިއަމް ޕެކެޖް ދެ މަސް ދުވަހަށް ހިލޭ ލިބޭނެ ކަމަށް ކަމަށް ބުނާ މެސެޖެއް ލިބުނު ހެއްޔެވެ؟ އޭގެ މެސެޖެއް ލިބުނަސް އަޅާނުލާށެވެ.
07 އެޕްރީލް 2020
ކޮރޯނާވައިރަހާ ހެދި އެންމެން ގޭގައި ތިބެން ޖެހޭތީ ނެޓްފްލިކްސްގެ ސަބްސްކްރައިބަރުންގެ ޕްރިމިއަމް ޕެކެޖް ދެ މަސް ދުވަހަށް ހިލޭ ލިބޭނެ ކަމަށް ކަމަށް ބުނާ މެސެޖެއް ލިބުނު ހެއްޔެވެ؟ އޭގެ މެސެޖެއް ލިބުނަސް އަޅާނުލާށެވެ.
ބައެއް މީހުންނަށް ދަނީ ޓެކްސްޓް މެސެޖާއި ވަޓްސްއެޕުން ވެސް މިފަދަ މެސެޖްތައް ލިބެމުންނެވެ. އެންމެ ރަނގަޅު ގޮތަކީ އެފަދަ މެސެޖްތަކާ އެކު ފޮނުވާ ލިންކްތައް ވެސް ނުހުޅުވުމެވެ. ވައިރަހަކަށް ވެސް ވެދާނެ އެވެ.
އެހެން ބައެއް ގައުމުތަކުގައި ވެސް މި މެސެޖު އެކި މީސްމީހުންނަށް ލިބެމުން އެބަ ދެ އެވެ. އެހެންވެ، ކަމާބެހޭ އިދާރާތަކުން އަންނަނީ މިގޮތަށް ލިބޭ މެސެޖުތަކުގައި ދީފައިވާ ލިންކަށް ނުވަންނަން އިންޒާރު ދެމުންނެވެ. މިކަމުގައި އެންމެ ރައްކާތެރި ގޮތަކީ މެސެޖު ޑިލީޓްކޮށްލުމެވެ.
މި މެސެޖު އެކި އިބާރާތުން ލިޔެފައި ހުރެ އެވެ. ވަކި ނަންބަރަކަށް ގުޅަން ނުވަތަ ވަކި ލިންކަކަށް ވަންނަން ވެސް ބުނެ އެވެ.
މިފަދަ ގޮތްގޮތަށް އަބަދު ވެސް ހެކަރުން އިންޓަނެޓް ބޭނުންކުރާ މީހުންގެ ޑިވައިސްތަކަށް އަރައިގަންނަންނަ މަސައްކަތްކުރެ އެވެ. އެހެންވެ އެންމެ ރައްކާތެރި ގޮތަކީ މިހެން ލިބޭ މެސެޖްތަކަށް އެއްވެސް ސަމާލުކަމަށް ނުދިނުމެވެ. ދެން އޮތް ގޮތަކީ އުނދަގުވާ ވަރަށް މިކަން ހިނގާ ނަމަ މެސެޖް ފޮނުވާ ޕްލެޓްފޯމަކަށް ރިޕޯޓްކުރުމެވެ.
ސްޓްރީމިންގެ ހިދުމަތުގައި އެންމެ މަގުބޫލު ނެޓްފްލިކްސް ކަސްޓަމަރުންނަށް ތިން ޕެކެޖެއް ފޯރުކޮށްދެ އެވެ. އެއީ މަހަކަށް 8.99 ޑޮލަރުގެ ފީއެއް ނަގާ ބޭސިކް ޕެކެޖާއި މަހަކަށް 12.99 ޑޮލަރު ނަގާ ސްޓޭންޑާޑް ޕެކެޖްގެ އިތުރުން މަހަކަށް 15.99 ޑޮލަރު ނަގާ ޕްރިމިއަން ޕެކެޖެވެ.
ކޮރޯނާވައިރަހާ ދިމާކޮށް، ނެޓްފްލިކްސް ބޭނުންކުރާ މިންވަރު އުފުލި، އިންޓަނެޓަށް ލޯޑްބޮޑުވަމުންދާތީ އެކަމާ ގުޅިގެން ދާދި ފަހުން ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ވީޑިއޯ ކޮލިޓީ ވެސް ދަށްކޮށްފަ އެވެ.
ނެޓްފްލިކްސްގެ ސަބްސްކްރައިބަރުންގެ އަދަދު 167 މިލިއަނަށް އަރަ އެވެ.
"ސްކްއިޑް ގޭމް" އާ ހެދި އިންޓަނެޓަށް ބާރުބޮޑުވެއްޖެ
އިތުރު ކުންފުނިތަކަކުން ސްޓްރީމިން ކޮލިޓީ ދަށްކޮށްފި
ސްޓްރީމިން އަށް ބާރުބޮޑުވެ، އިންޓަނެޓް އޯވަލޯޑް ވަނީ
ނެޓްފްލިކްސް އިން ވޯނާ ބްރަދާޒް އާއި އެޗްބީއޯ ގަންނަނީ
މިޔަންމާއިން 1،600 ސްކޭމަރުން ހައްޔަރުކޮށްފި
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގެ ޓްރެއިލާ ނެރެފި
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގައި އެންމެ ހަ އެޕިސޯޑު
ޕަރްވީން ބާބީގެ ރޯލު ކުޅެން ތުރިޕްތީ ހަމަޖައްސައިފި
"ޕުޝްޕާ 2" ނެޓްފްލިކްސަށް އަންނަނީ
ނެޓްފްލިކްސްގެ ފީތައް އަނެއްކާވެސް ބޮޑުކުރަނީ