Roadha Mihaaru
އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަން ފުވައްމުލަކުގައި

އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަން ފުވައްމުލަކުގައި ބާއްވަނީ

12 އޮކްޓޯބަރ 2016

ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަން އަންނަ އަހަރު ފުވައްމުލަކުގައި ބާއްވަން އެސޯސިއޭޝަނުން ނިންމައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަން އަންނަ އަހަރު ފުވައްމުލަކުގައި ބާއްވަން އެސޯސިއޭޝަނުން ނިންމައިފި އެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މީގެ ކުރިން މާލޭގައި ބާއްވަމުން އަންނަ އެ މުބާރާތް ފުވައްމުލަކުގައި ބާއްވަން ނިންމީ އެ ރަށުގައި ވޮލީބޯޅައަށް ބޮޑު ތާއީދެއް އޮތުމުންނާއި މި ކުޅިވަރު މުޅި ރާއްޖެއަށް ފަތުރާލުމުގެ ބޭނުމުގައި ކަމަށެވެ.

ލަތީފް ވިދާޅުވީ ފުވައްމުލަކު ސްޕޯޓްސް ކައުންސިލުން މިހާރު ކުރިއަށްގެންދާ ވޮލީބޯޅަ މުބާރާތް ވަރަށް ފޯރިގަދަކަމަށާއި މާލެއަށް ވުރެ ތަރުހީބެއް ބޮޑު ކަމަށެވެ.

"ވަރަށް ފޯރިގަދަކޮށް މި މުބާރަތް ކުރިއަށްދަނީ. މާލޭގައި ކުޅިބަލަން ނުވަންނަ ވަރަށް މި މުބާރާތް ބެލުމަށް ރައްޔިތުން އެބަ ޖަމާވޭ. އެހެންކަމުން އަޅުގަނޑުމެން ނިންމީ އަންނަ އަހަރުގެ އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަން މި ރަށުގައި ހޯސްޓްކުރަން. ވޮލީބޯޅައަކީ މުޅި ރާއްޖޭގައި ކުޅޭ ކުޅިވަރަކަށް ހެދުމުގެ މަސައްކަތުގެ ބައެއް މިއީ،" ލަތީފް ވިދާޅުވި އެވެ.

ފުވައްމުލަކުގައި މިހާރު ކުރިއަށްގެންދާ މުބާރާތުގައި ސްރީ ލަންކާ އާއި ޕާކިސްތާނުގެ ކުޅުންތެރިން އަދި ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިން އަންނަނީ ކުޅެމުންނެވެ.

ވީއޭއެމް ޕްރެޒިޑެންޓްސް ކަޕުގެ ނޯތު އަދި ސައުތު މުބާރާތް މީގެ ކުރިން ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ބާއްވައިފަ އެވެ.