Roadha Mihaaru
ޝެއިޚް މުޖީބުގެ ގާތިލް 45އަހަރު ފަހުން ދަންޖައްސައިފި

މުޖީބުއްރަހުމާންގެ ގާތިލް 45 އަހަރު ފަހުން ދަންޖައްސައިފި

12 އެޕްރީލް 2020

ޑާކާ (އެޕްރީލް 12) - ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީ އަދި މިހާރުގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ ބައްޕާފުޅު ޝެއިޚް މުޖީބުއްރަހުމާން 1975 ވަނަ އަހަރު އަވަހާރަކޮށްލިކަމުގެ ކުށް ސާބިތުވި ސިފައިންގެ އޮފިސަރަށް، 45 އަހަރު ފަހުން މަރުގެ އަދަބު މިއަދު ދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޑާކާ (އެޕްރީލް 12) - ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީ އަދި މިހާރުގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ ބައްޕާފުޅު ޝެއިޚް މުޖީބުއްރަހުމާން 1975 ވަނަ އަހަރު އަވަހާރަކޮށްލިކަމުގެ ކުށް ސާބިތުވި ސިފައިންގެ އޮފިސަރަށް، 45 އަހަރު ފަހުން މަރުގެ އަދަބު މިއަދު ދީފި އެވެ.

އަބްދުލް މަޖީދު ދަންސައިފައި ވަނީ މާފް ދިނުމަށް އެދި ރައީސް އަށް ހުށަހަޅާފައި ހުށަހެޅުން މި ހަފުތާގައި ގަބޫލްނުކޮށް ދޫކޮށްލުމާ ގުޅިގެންނެވެ.

ޝެއިޚް މުޖީބު އަވަހާރަކޮށްލީ އޮގަސްޓް 15، 1975 ގައި ގެނައި އަސްކަރީ ބަޣާވާތެއްގަ އެވެ. މުޖީބު އަވަހާރަކޮށްލީ ޕާކިސްތާނުގެ ބާރުގެ ދަށުން ބަންގްލަދޭޝް އަށް މިނިވަންކަން ލިބުނުތާ ހަތަރު އަހަރު ފަހުންނެވެ. އެ ބަޣާވާތުގައި ވަނީ ހަސީނާ އާއިލާގެ ގިނަ ބަޔަކު އަވަހާރަކޮށްލައިފަ އެވެ.

ޝެއިޚް މުޖީބުއްރަހުމާން އަވަހާރަކޮށްލުމަށް ފަހު އަބްދުލް މަޖީދު ވަނީ ފިލައިގެން 25 އަހަރު އުޅެފަ އެވެ. ބަޣާވާތަށް ފަހު ވެސް ފިލައިގެން އޭނާ އުޅުނީ ބަންގްލަދޭޝްގަ އެވެ. ނަމަވެސް ބޮޑު ވަޒީރު ކަމަށް ހަސީނާ ވަޑައިގަތުމާ އެކު 1996 ވަނަ އަހަރު އޭނާ އިންޑިއާ އަށް ދިޔަ ކަމަށް ބެލެވެ އެވެ.

ހަސީނާ ވަނީ އެކަމަނާގެ ބައްޕާފުޅުގެ ގާތިލުންނަށް ދައުވާ ނުކުރެވޭނެކަމަށް އޮތް ގާނޫނު 1998 ވަނަ އަހަރު އުވާލައިފަ އެވެ. އަދި އަބްދުލް މަޖީދުއާ އެކު އެތައް ބަޔަކަށް ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް 2009 ވަނަ އަހަރު ދަމަހައްޓައިފަ އެވެ. އަދި އެކަމުގައި ބައިވެރިވި މީހުންގެ އަދަބު ވަނީ ތަންފީޒްކޮށްފަ އެވެ.

އަބްދުލް މަޖީދު ހައްޔަރުކޮށްފައި ވަނީ އޭނާ މިދިޔަ މަހު އެނބުރި ބަންގްލަދޭޝް އަށް ދިޔަ ތަނުންނެވެ.