07 އޯގަސްޓް 2022
އދ. ދަނގެތީގައި މީހަކު މަރާލި މައްސަލާގައި ބަންގްލަދޭޝްގެ ޝާހް އަލޮމް މިއާ (ސާލިމް) މަރަން ކުރި ހުކުމުގެ ސައްހަކަން ކަށަވަރުކުރުމުގެ މައްސަލަ މުއްދަތު ހަމަވި ފަހުން ދައުލަތުން ހުށަހެޅުމުން ހައި ކޯޓުން އެ މައްސަލަ ބަލައިނުގަތުމަށް ނިންމައިފި އެވެ.
އދ. ދަނގެތީގައި މީހަކު މަރާލި މައްސަލާގައި ބަންގްލަދޭޝްގެ ޝާހް އަލޮމް މިއާ (ސާލިމް) މަރަން ކުރި ހުކުމުގެ ސައްހަކަން ކަށަވަރުކުރުމުގެ މައްސަލަ މުއްދަތު ހަމަވި ފަހުން ދައުލަތުން ހުށަހެޅުމުން ހައި ކޯޓުން އެ މައްސަލަ ބަލައިނުގަތުމަށް ނިންމައިފި އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ދަނގެތީގެ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރާލުމަށް ފަހު ފަޅު ގެއެއްގެ ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނު މައްސަލާގައި، އެ ރަށުގައި އުޅުނު ބިދޭސީއެއް ކަމަށްވާ ސާލިމް މަރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ.
އެ ހުކުމް އިސްތިއުނާފްކުރަން ސާލިމްގެ ފަރާތުން ހުށަހަޅާފައި ނުވާތީ ގާނޫނުލްއުގޫބާތުގައިވާ ގޮތުގެ މަތިން، އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ހައި ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ. އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމީ މުއްދަތު ހަމަވި ފަހުން ހުށަހަޅާފައިވާތީ އެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވިޔަސް، އެ ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު ދައުލަތަށް އޮންނާނެ އެވެ.
ސާލިމްއަކީ ރާއްޖޭގައި މަރުގެ ހުކުމެއް އިއްވި ފުރަތަމަ ބިދޭސީ މީހާ އެވެ. މަރަން ހުކުމް ކުރިޔަސް، އެ ހުކުމް ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމުމުންނެވެ. އެކަމަކު އިސްތިއުނާފްގެ މަރުހަލާ ނިމުނަސް، 1953 ވަނަ އަހަރު ފަހުން ރާއްޖޭގައި މަރުގެ އަދަބެއް ތަންފީޒު ކޮށްފައެއް ނުވެ އެވެ.
ސާލިމް ރުޅި:މިހާރު އެދެނީ ބިދޭސީ ތަރުޖަމާނެއް ހޯދަން
ސާލިމް މަރަން ކުރި ހުކުމް ކަށަވަރުކުރަން ހައިކޯޓަށް
މަހްމޫދު މަރާލީ ސާލިމް އެކަނި ކަމަށް ގަބޫލެއް ނުކުރޭ
މަހުމޫދުގެ ކަށުނަމާދަށް ސާލިމް ދިޔަ!
މަހުމޫދުގެ މަރު: ސާލިމް މަހިބަދު އަށް ފުރުވާލައިފި
ފުލުހުންގެ ބެލުމުގެ ދަށުގައި ސާލިމް ގެއަށް!
ސާލިމް ހައްޔަރުކުރުމަކީ ލިބުނު ހައިރާންކަމެއް!
މަހުމޫދު މަރާލި މައްސަލައިގައި ބިދޭސީމީހާ ހައްޔަރުކޮށްފި
މަހްމޫދުގެ ގާތިލްގެ މަރުގެ ހުކުމަށް ތާއީދު
ސާލިމް އެދުނީ އޭނާގެ މަރުގެ ހުކުމް ދަމަހައްޓަން