މައްކާ (އެޕްރީލް 17) - ކޮރޯނާވައިރަސް ފެތުރޭ ނަމަ ރޯދަ މަހު ވެސް މުސްލިމުން ފަރްޟު ނަމާދުތަކާއި ތަރާވީހް ނަމާދު އަދި އީދު ނަމާދު ވެސް ކުރާނީ ގޭގައި ކަމަށް ސައުދީ އަރަބިއާގެ ގްރޭންޑް މުފްތީ ޝެއިޚް އަބްދުލް އަޒީޒް އާލް ޝެއިޚް ވިދާޅުވެއްޖެ އެވެ.
17 އެޕްރީލް 2020
މައްކާ (އެޕްރީލް 17) - ކޮރޯނާވައިރަސް ފެތުރޭ ނަމަ ރޯދަ މަހު ވެސް މުސްލިމުން ފަރްޟު ނަމާދުތަކާއި ތަރާވީހް ނަމާދު އަދި އީދު ނަމާދު ވެސް ކުރާނީ ގޭގައި ކަމަށް ސައުދީ އަރަބިއާގެ ގްރޭންޑް މުފްތީ ޝެއިޚް އަބްދުލް އަޒީޒް އާލް ޝެއިޚް ވިދާޅުވެއްޖެ އެވެ.
"ކޮރޯނާވައިރަސް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން މިސްކިތުގައި ނަމާދު ނުކުރެވޭ ހާލަތެއް ދިމާވެއްޖެ ނަމަ ތަރާވީހް ނަމާދު ކުރަން ޖެހޭނީ ގޭގައި. ރޯދަ މަހުގެ ފަހުން އަންނަ އީދު ނަމާދު ވެސް ކުރާނީ މިފަދައިން،" އޮކާޒް ނޫހުން ކުރި ސުވާލަކަށް ސައުދީގެ ދީނީ އެންމެ މަތީ ފަރާތްކަމަށްވާ އާލް ޝެއިޚް ވިދާޅުވި އެވެ.
ކޮރޯނާވައިރަސް މުޅި ދުނިޔޭން ކޮންޓްރޯލް ނުވާ ނަމަ ރޯދަ މަހު ސައުދީގެ މިސްކިތްތަކުގައި ވެސް ޖަމާއަތުގައި ފަރުޟް ނަމާދު ކުރުމެއް އަދި ތަރާވީހު ނަމާދު ކުރުމެއް ނޯންނާނެ ކަމަށް އެ ގައުމުގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަބްދުއްލަތީފް ބިން އަބްދުލް އަޒީޒް އާލް ޝެއިޚް ވެސް ވަނީ ވިދާޅުވެފަ އެވެ.
ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ސައުދީގައި މިހާރު ވަނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލައިފަ އެވެ. އަދި ދެ ހަރަމްފުޅަށް ވެސް އާއްމުކޮށް ވަނުން ވަނީ މަނާކޮށްފަ އެވެ. ކޮރޯނާވައިރަސް ކޮންޓްރޯލްވުމުގެ އުއްމީދު ލިބެންދެން މި އަހަރުގެ ހައްޖުގެ ތައްޔާރީތައް ނުވެ މަޑުކޮށްލުމަށް ސައުދީގެ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓަރު ޑރ. މުހައްމަދު ސޯލިހު ތޯހިރު ވެސް ވަނީ އެދިވަޑައިގެންފަ އެވެ.
ސައުދީން މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 7,142 މީހުން ޕޮޒިޓިވްވެ 87 މީހުން މަރުވެފަ އެވެ.
ގެފުޅުގެ ތަޅުދަނޑިކޮޅުގެ ވެރިޔާ އަވަހާރަވެއްޖެ
27 ވިލޭރޭ މިލިއަނަކަށް ވުރެ ގިނަ މީހުން ގެފުޅަށް
ދެ ޙަރަމްގައި ގައުމުތަކުގެ 1.3 މިލިއަން އަޅުވެރިން
ހަރަމްފުޅުގައި އަނެއްކާވެސް ގައިދުރުކޮށް ނަމާދުކުރަނީ
ކޮވިޑަށް ފަހު ފުރަތަމަ ފަހަރަށް ހަރަމްފުޅު ފުރާލައިފި
ފެންސް ފަޅާލައި ހަރަމްފުޅުގެ ގޭޓެއްގައި ކާރެއް ޖެހިއްޖެ
ހަރަމްފުޅަށް ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބުކޮށްލައިފި
ކްރޭން ވެއްޓުމުން ޒިންމާވާ މީހުންގެ މައްސަލަ ކޯޓަށް
ހައްލެއް ނުވި، އަނެއްކާވެސް ހުރިހާ ބުރައެއް ސަރުކާރަށް
ހައްޖުގެ އަޅުކަމުގެތެރޭ 1301 މީހަކު މަރުވި: ސައޫދީ