މައްކާގެ ހަރަމްފުޅުގައި އެތަނުގެ ސެކިއުރިޓީ އޮފިސަރަކު، އަޅުކަމަށް ގޮސް ތިބި ބަޔަކާ މެދު ހަރުކަށިކޮށް އަމަލުކޮށް ގަޔަށް އަތްލައި ކޮއްޕާ މަންޒަރު ފެންނަ ވީޑިއޯއެއް ވައިރަލްވެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
މައްކާގެ ހަރަމްފުޅުގައި އެތަނުގެ ސެކިއުރިޓީ އޮފިސަރަކު، އަޅުކަމަށް ގޮސް ތިބި ބަޔަކާ މެދު ހަރުކަށިކޮށް އަމަލުކޮށް ގަޔަށް އަތްލައި ކޮއްޕާ މަންޒަރު ފެންނަ ވީޑިއޯއެއް ވައިރަލްވެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
މިނެޓެއްހާއިރުގެ ވީޑިއޯގައި ފެށޭއިރު ފެންނަނީ ގެފުޅާ ވަރަށް ކައިރީގައި އިށީނދެ އިންނަ އަންހެނެއްގެ އަތުގައި ހިފައި ދަމައިގަނެ ދުރަށް ދަމައިގަންނަ މަންޒަރުންނެވެ. އޭގެ އިރުކޮޅެއް ފަހުން ފެންނަނީ އިހްރާމްގައި ހުރި ފިރިހެނަކާ އެ ސެކިއުރިޓީ އޮފިސަރާ ކުރިމަތިލައި އެ މީހާގެ ގައިގައި ޖެހިގަނެ ކޮއްޕަމުން ދުރަށް ގެންދަން އުޅޭތީ އެވެ.
ބެލެވޭ ގޮތުގައި ސެކިއުރިޓީ އޮފިސަރާ ކުރިމަތިލި، އިހްރާމްގައި ހުރި މީހާ އަކީ އަންހެން މީހާގެ ގައިގައި އަތްލައި ދަމައިގަތުމުން އެކަމާ ހިތްހަމަނުޖެހި އެކަމަށް ހުރަސްއަޅަން އުޅުނު މީހެކެވެ.
މި ހާދިސާތައް ހިނގި ސަބަބެއް ވީޑިއޯއަކުން ސާފެއް ނުވެ އެވެ.
"ހަރަމްފުޅުގެ ސެކިއުރިޓީންގެ ފަރާތުން މިފަދަ ކަންކަން ބަލައިގަނެވޭނެތޯ؟" ސުވާލުކޮށްފައިވާ ކެޕްޝަނަކާ އެކު އާންމުކޮށްފައިވާ ވީޑިއޯ އާންމުވީ އިއްޔެ އެވެ.
Viral video clip from Makkah’s Grand Mosque shows a security officer confronting pilgrims, pulling a woman and pushing a man. Online debate erupts over whether his actions were justified or harsh. pic.twitter.com/LcKjTjKIPp
— The Siasat Daily (@TheSiasatDaily) November 3, 2025
މި ވީޑިއޯ ވައިރަލްގެ އެކި މީހުން އެކި ކޮމެންޓުތައް ކުރަމުން ގެންދާއިރު ހަރަމްފުޅުގެ ބައެއް ސެކިއުރިޓީން ހަރުކަށިކޮށް އަމަލުކުރުމަކީ އާންމު ކަމެއްކަމަށް އެތައް ބަޔަކު ބުނެފައިވެ އެވެ.
"ހަރަމްފުޅުގެ ބައެއް ސެކިއުރިޓީން، މީހުންނަށް ކަންކަން ރީތިކޮށް ބުނެދިނުމުގެ ބަދަލުގައި ހަރުކަށިކަމާ އެކު ހަޅޭއްލަވާ ބައެއް،" އެކަކު ބުނެފައިވެ އެވެ.
އަނެއް ބަޔަކު ސެކިއުރިޓީން ދިފާއުކޮށް ބުނެފައިވަނީ ހަރަމްފުޅުގެ ބައެއް ހިސާބުތަކުގައި އިށީނދެ ތިބުން މަނާ ކަމަށާއި އެއީ އެހެން މީހުންނަށް ދަތިވާނެތީ ކަމަށެވެ. އެތައް ހާސް ބަޔަކު އަބަދުވެސް އުޅޭ ތަނެއްގައި ކަންކަން އޮމާންކަމާ އެކު ކުރިއަށް ގެންދަން މަސައްކަތްކުރާއިރު ބައެއްފަހަރު ހަރުކަށިކަމާ އެކު ވެސް އަމަލުކުރެވޭ ހާލަތް އަންނާނެ ކަމަށް އެ މީހުން ބުނެފައިވެ އެވެ.
ދިފާއުގައި ވާހަކަ ދައްކާފައިވާ މީހުން ބުނެފައިވަނީ ސެކިއުރިޓީން ވަރަށް ގިނައިރު ޑިއުޓީގައި އުޅެންޖެހޭ ކަމަށާއި އެހެންވެ ރުޅި ކޮންޓްރޯލް ނުވެ ހަރުކަށިކަމާ އެކު ކަންކަން ކުރެވޭ ހާލަތް ވެސް އަންނަ ކަމަށެވެ. މިފަދަ ހާލަތުގައި، ކުޑަކުޑަ ކަމަކާ ހެދި ވެސް ހިތްހަމަނުޖެހި އެންމެ އެކަށީގެން ނުވާ ގޮތަށް އަމަލުކުރެވޭ ކަމަށް ބުނެފައިވެ އެވެ.
މިފަދަ ބައެއް ވީޑިއޯތައް މީގެ ކުރިން ވެސް އާންމުވެފައިވެ އެވެ.
ހަރަމްފުޅަށް ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބުކޮށްލައިފި
ހަތާވީސް ވިލޭރޭ ދެ ހަރަމްފުޅުގައި ތިން މިލިއަން މީހުން
ގެފުޅުގެ ތަޅުދަނޑިކޮޅުގެ ވެރިޔާ އަވަހާރަވެއްޖެ
27 ވިލޭރޭ މިލިއަނަކަށް ވުރެ ގިނަ މީހުން ގެފުޅަށް
ދެ ޙަރަމްގައި ގައުމުތަކުގެ 1.3 މިލިއަން އަޅުވެރިން
ހަރަމްފުޅުގައި އަނެއްކާވެސް ގައިދުރުކޮށް ނަމާދުކުރަނީ
ކޮވިޑަށް ފަހު ފުރަތަމަ ފަހަރަށް ހަރަމްފުޅު ފުރާލައިފި
ފެންސް ފަޅާލައި ހަރަމްފުޅުގެ ގޭޓެއްގައި ކާރެއް ޖެހިއްޖެ
"ރޯދަ މަހު ތަރާވީހް އަދި އީދު ނަމާދު ވެސް ގޭގައި"
މައްކާ ހަރަމްފުޅުން މި ފެންނަނީ ކޮން ތަންތަނެއް؟