18 އެޕްރީލް 2020
އައްޑޫ ސިޓީގައި ފިހާރަތަކާއި ކެފޭތައް ހުޅުވޭނެ ވަކި ގަޑިތަކެއް ކަނޑައަޅައި އަދި ވަކި ގަޑިތަކެއްގައި މުދާ ޑެލިވަރީ ކޮށްދޭ ގޮތަށް ހަމަޖައްސައިފި އެވެ.
އައްޑޫ ސިޓީގައި ފިހާރަތަކާއި ކެފޭތައް ހުޅުވޭނެ ވަކި ގަޑިތަކެއް ކަނޑައަޅައި އަދި ވަކި ގަޑިތަކެއްގައި މުދާ ޑެލިވަރީ ކޮށްދޭ ގޮތަށް ހަމަޖައްސައިފި އެވެ.
ކޮވިޑް-19 އަށް މާލެއިން ބަޔަކު ޕޮޒިޓިވްވުމާ އެކު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މާލެ ސަރަހައްދު އެއްކޮށް ލޮކްޑައުން ކޮށްފައި ވިޔަސް، އެހެން ރަށްރަށުގައި އެފަދަ ފިޔަވަޅުތަކެއް އަދި ނާޅަ އެވެ. އެކަމަކު އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމާއި ގިިނަ މީހުން އެއްވެގެން ހަރަކާތްތައް ހިންގުން ހުރިހާ ރަށެއްގައި ވެސް އޮތީ މަނާކޮށްފަ އެވެ.
އެކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައިވަނީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި މިއަދުން ފެށިގެން ކްލިނިކްތަކާއި ބޭސް ފިހާރަތައް ފިޔަވައި އެހެން ވިޔަފާރިތަކާއި އާންމު ޚިދުމަތްތައް ދޭ ތަންތަން ހުޅުވޭނީ ހެނދުނު 9 އިން ފެށިގެން ހަވީރު 5 އާ ހަމައަށް ކަމަށެވެ. އަދި ވިޔަފާރިކުރާ ތަންތަނުން ހަވީރު 5 އިން ފެށިގެން ރޭގަނޑު 10 އާ ހަމައަށް މުދާ ޑެލިވަރީ ކުރެވޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
މީގެ އިތުރުން ކެފޭ އަދި ރެސްޓޯރެންޓްތަކުން ހެނދުނު 9 އިން ފެށިގެން ރޭގަނޑު 12 އާ ހަމައަށް ޑެލިވަރީ އާއި ޓޭކް އަވޭގެ ޚިދުމަތް ދެވޭނެ ކަމަށާއި އަދި ގާޑިޔާތަކުން ވެސް ހެނދުނު 9 އިން ފެށިގެން ހަވީރު 5 އާ ހަމައަށް އެ ޚިދުމަތްތައް ދެވޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ. އަދި އެ އެންގުމާ ޚިލާފްވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
އައްޑޫގައި ވިޔަފާރިތަކުގެ ޚިދުމަތް ދެވޭނެ ގަޑިތަކާއި މުދާ ޑެލިވަރީ ކުރެވޭނެ ވަގުތުތައް ކަނޑައެޅިއިރު، މާލޭގައި ވެސް ޑެލިވަރީ ކުރެވޭނެ ވަކި ވަގުތުތަކެއް ކުރިން ކަނޑައެޅި އެވެ. އެކަމަކު ޑެލިވަރީ ކުރާ ތަންތަނަށް އޯޑަރުތައް ގިނަވެ، އޯޑަރުކުރާ ތަކެތި ލަސްވުމުގެ ޝަކުވާ ބޮޑުވާން ފެށުމުން މިހާރު ވަނީ 24 ގަޑިއިރު ޑެލިވަރީގެ ޚިދުމަތް މާލޭގައި ދެވޭ ގޮތަށް ހަމަޖައްސައިފަ އެވެ.
ކޮވިޑް-19 އަށް މާލެއިން މިހާތަނަށް 12 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އޭގެ ތެރޭގައި ބިދޭސީއަކު ވެސް ހިމެނެ އެވެ. އެހެންވެ، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ބާރަށް ދަނީ ކުރަމުންނެވެ. އަދި އޭގެކުރިން އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކާއި ފިލިޕީންސް އިން ރާއްޖެ އައި ދިވެއްސަކު ވެސް އެ ބައްޔަށް ޕޮޒިޓިވްވި އެވެ.
އައްޑޫގެ ވިޔަފާރި ގަޑިތަކަށް އާންމުންގެ ހިޔާލު ހޯދަނީ
އައްޑޫގެ ކެފޭތައް ހަމައެކަނި ޓޭކްއަވޭ އާއި ޑެލިވަރީއަށް
ގައިޑްލައިނަށް އަމަލުކުރޭތޯ ބަލަން ބޮޑު އިންސްޕެކްޝަނެއް
ހެނދުނު 6 އިން ފެށިގެން ދެން ފިހާރަތައް ހުޅުވޭނެ
ފިހާރަ/ކެފޭތަކުގެ ހިދުމަތް 9:30 ވަންދެން ލިބޭނެ
އުސޫލާ އެއްގޮތަށް އަމަލުކުރޭތޯ ބަލަން އިންސްޕެކްޝަނެއް
ފިހާރަ/ކެފޭތައް ހުޅުވޭނީ ރޭގަނޑު 10 އާ ހަަމައަށް
މުދާ ޑެލިވަރީ ކުރެވޭނެ ވަގުތުތައް ކަނޑައަޅައިފި
އައްޑޫގައި ރޭގަނޑު ވިޔަފާރި މަނާކުރުން ބާތިލްކޮށްފި
އައްޑޫގެ ވިޔަފާރިތައް ރޭގަނޑު ބަންދު