Roadha Mihaaru
ލޮކްޑައުން އަށް ފަހު ބައްޔާއެކު ދިރިއުޅެން ދަސްކުރޭ

ލޮކްޑައުން އަށް ފަހު ބައްޔާއެކު ދިރިއުޅެން ދަސްކުރޭ: އަފްޒަލް

24 އެޕްރީލް 2020

ކޮވިޑް-19 އަށް އެއް ދުވަހާ 23 މީހުން ޕޮޒިޓިވްވެ، ރާއްޖެ އިން މިހާތަނަށް އެ ބަލި ޖެހުނު މީހުންގެ އަދަދު 100 އަށް ވުރެ އިތުރުވެއްޖެ އެވެ.

ކޮވިޑް-19 އަށް އެއް ދުވަހާ 23 މީހުން ޕޮޒިޓިވްވެ، ރާއްޖެ އިން މިހާތަނަށް އެ ބަލި ޖެހުނު މީހުންގެ އަދަދު 100 އަށް ވުރެ އިތުރުވެއްޖެ އެވެ.

މިއީ ރާއްޖޭން ކޮވިޑް-19 ފެނުނު ފަހުން އެއް ދުވަހުން މިހާ ގިނަ ބަޔަކު މިހާތަނަށް އަދި ޕޮޒިޓިވްއެއް ނުވެ އެވެ. މި އަދަދާ އެކު ރާއްޖެއިން ޕޮޒިޓިވް މީހުންގެ އަދަދު މިހާރު ވަނީ 108 އަށް އަރައިފަ އެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރޭތީ އެކަމާ ބެހޭ މައުލޫމާތު ދޭން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި މިރޭ ހާމަކުރި ގޮތުގައި އެންމެ ފަހުން ޕޮޒިޓިވްވި 23 މީހުންގެ ތެރެއިން 14 މީހަކީ އެއް ތަނެއްގައި ދިރިއުޅޭ ބަންގްލާދޭޝް މީހުންނެވެ.

ކޮވިޑް-19 އާ ބެހޭ މައުލޫމާތު ދޭން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވި ގޮތުގައި މި ބައްޔަށް ޓެސްޓްކުރުމަށް ރާއްޖެއިން މިހާތަނަށް 4،960 ސާމްޕަލް ވަނީ ނަގައިފަ އެވެ. އޭގެ ތެރެއިން 108 މީހުން ޕޮޒިޓިވް ވެފައި ވާއިރު 300 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބެ އެވެ.

މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެއްސަކާއި 64 ބިދޭސީންނެވެ. މި މީހުންގެ ތެރެއިން 92 މީހުންނަކީ މާލެއިން ޕޮޒިޓިވްވެފައިވާ މީހުންނެވެ. ދެން ތިބި މީހުންނަކީ ރާއްޖެ އައި ޓުއަރިސްޓުންނާއި އެކި ރިސޯޓުތަކުގެ މުވައްޒަފުންގެ އިތުރަށް އެކި ގައުމުތަކުން ރާއްޖެ އައި ދިވެހިންނެވެ.

މާލެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނާއި، ބަންގްލާދޭޝްގެ 33 މީހަކާއި އިންޑިއާގެ ހަ މީހެކެވެ.

ރާއްޖެއިން އެންމެ ފުރަތަމަ މި ބަލި ފެނުނީ ރިސޯޓަކަށް އައި ޓޫރިސްޓަކު ޕޮޒިޓިވްވެ މާޗް 7 ގަ އެވެ، ރިސޯޓްތަކާއި ރިސޯޓުތަކާ ސަފާރީތަކުން 13 މީހަކު ބައްޔަށް ޕޮޒިޓިވްވި އެވެ. އެއީ ޓޫރިސްޓުންނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެވެ.

ކޮވިޑް-19 އަށް ރާއްޖޭން ފުރަތަމަ ޕޮޒިޓިވް ދިވެއްސަކީ ޔޫކޭ އިން ރާއްޖެ އައުމުން ކަރަންޓީނުކުރި މީހެކެވެ. އެ މީހާގެ އިތުރަށް ވެސް ބޭރުން އައި ހަތަރު ދިވެއްސެއްގެ ހަށިގަނޑުން ބަލި ފެނިފައިވެ އެވެ.

މާލޭން މި ބަލި އެންމެ ފުރަތަމަ ފެނުނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެއާ އެކު މުޅި މާލެ ލޮކްޑައުންކޮށް، އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓް ވެފައިވާ މީހުން ހޯދަން ފެށި އެވެ.

އެންމެ ފުރަތަމަ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 16 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އެޗްޕީއޭގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު މިހާތަނަށް ކުރި ޓެސްޓްތަކުން ދެ ކޭސް އަކީ ޕްރޮބަބަލް ނުވަތަ ނަތީޖާ ކަށަވަރު ނުވާ ދެ ކޭހެކެވެ. މިހާތަނަށް 1،546 މީހަކު ކަރަންޓީންކޮށްފައިވާއިރު، 189 މީހަކު އައިސޮލޭޝަންގައި ވެސް އެބަ ތިއްބެވެ.