Roadha Mihaaru
ރަށްރަށުން ހަރުކަށިކޮށް އަމަލު އެބަކުރޭ: މައިމޫނާ

ކޮވިޑް-19: ރަށްރަށުން ތަންކޮޅެއް ހަރުކަށިކޮށް އެބަ އަމަލުކުރޭ: މައިމޫނާ

25 އެޕްރީލް 2020

ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުންނަ މީހަކު މާލެ ފިޔަވައި އެހެން ރަށަކުން ފެންނަ ހާލަތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާ ފިޔަވަޅުތަކަށް ވުރެ ހަރުކަށި ފިޔަވަޅު ބައެއް ރަށްރަށުން އަޅާ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުންނަ މީހަކު މާލެ ފިޔަވައި އެހެން ރަށަކުން ފެންނަ ހާލަތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާ ފިޔަވަޅުތަކަށް ވުރެ ހަރުކަށި ފިޔަވަޅު ބައެއް ރަށްރަށުން އަޅާ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މެންދުރު ބޭއްވި މީޑިއާ ބްރީފިންގައި މައިމޫނާ ވިދާޅުވީ، ކޮވިޑް-19 އިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ރަށްރަށުން ވެސް އެޗްޕީއޭގެ އެންގުންތަކާ އެެއްގޮތަށް އަމަލުކުރުމުން ރައްޔިތުންނަށް ތަންކޮޅެއް ފަސޭހަވާނެ ކަމަށެވެ. އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާ އެކު، ދިރިއުޅެމުން އައި ރަށް ނޫން އެހެން ރަށްރަށުގައި ތާށިވި މީހުންނަށް، އެ މީހުން ތިބ ރަށްރަށުގެ ރައްޔިތުން އެހީތެރިކަން ދިނުން މިހާރު މުހިއްމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބައެއް ރަށްރަށް، ސަސްޕެކްޓެޑް ކޭސްއެއް ނުވަތަ ސިމްޕްޓަމްސް ހުރި މީހަކު ފެނިގެން ޓެސްޓްކުރާ އިރު، އެބަ ގެއެއް ބަންދު ކުރަން ނުވަތަ އެ ގެ މޮނިޓަރިންއަށް ލެވޭ. އެހެން ހާލަތްތަކުގައި ރަށްރަށުން އެ އަށް ވުރެެ ތަންކޮޅެއް ހަރުކަށިކޮށް ވެސް އެބަ މަސައްކަތް ކުރައްވާ. އެއްވެސް މީހަކަށް އެއްވެސް ތާކަށް ނުދެވޭ ހާލަތަކަށް އެބަ ގެންދަވާ،" މައިމޫނާ ވިދާޅުވި އެވެ.

ބައެއް ރަށްރަށުގެ ކައުންސިލުންނާއި ޓާސްކްފޯސްތަކުން އެޗްޕީއޭގެ އެންގުންތަކަށް ވުރެ ހަރުކަށިކޮށް އަމަލުކޮށް، ރައްޔިތުންނަށް ވަރަށް ދަތިވާ ގޮތްގޮތަށް އަމަލުކުރާ ކަމަށް ބުނެ އާއްމުން އަންނަނީ އެޗްޕީއޭ އަށް ވެސް ޝަކުވާ ހުށަހަޅަމުންނެވެ.

މައިމޫނާ ވިދާޅުވި ގޮތުގައި، އެ ފަދަ ފިޔަވަޅުތައް އެޅުމުގައި ކަންތައްތައް ކުރުން ރަނގަޅީ އެޗްޕީއޭގެ އެންގުމާ އެއްގޮތަށެވެ.

"ބައެއް ރަށްރަށް، ސަސްޕެކްޓެޑް ކޭސްއެއް ނުވަތަ ސިމްޕްޓަމްސް ހުރި މީހަކު ފެނިގެން ޓެސްޓް ކުރާއިރު، އެބަ ގެ އެއް ބަންދުކުރަން ނުވަތަ އެ ގެ މޮނިޓަރިން އަށް ލެވޭ. އެހެން ހާލަތްތަކުގައި ރަށްރަށުން އެ އަށް ވުރެެ ތަންކޮޅެއް ހަރުކަށިކޮށް ވެސް އެބަ މަސައްކަތް ކުރައްވާ. އެއްވެސް މީހަކަށް އެއްވެސް ތާކަށް ނުދެވޭ ހާލަތަކަށް އެބަ ގެންދަވާ،" މައިމޫނާ

"އެކަހަލަ ކަންތައްތައް ނުވަތަ އެކަހަލަ ފިޔަވަަޅުތައް އެޅުމުގައި އަޅުގަނޑުމެން އަންގާފައި ނޫނީ ކަނޑައަޅާފައި އޮންނަ ގޮތަށް އަމަލު ކުރެއްވުމުން ތަންކޮޅެއް ފަސޭހަކަމާ އެކު ރައްޔިތުންނަށް ދިރިއުޅުމުގެ ކަންްތައްތައް ގެންދެވޭނެ،" މައިމޫނާ ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅުވައިގެން މީހުން ވަކި ގޮތަކަށް ލޭބަލްކޮށް، އެކަހެރި ނުކުރުމަށާއި އެކަކު އަނެކަކަށް އެހީތެރިވާން ޖެހޭ ކަމަށް ވިދާޅުވެ، ވީހާ ވެސް ބޮޑަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

މައިމޫނާ ވިދާޅުވީ، ބަލިން ރައްކާތެރިވާން މަސައްކަތް ކުރާއިރު، އަނެއް މީހާ އަށް އަޅައިިލުމުގެ ގޮތް ވެސް ގެންގުޅެން ވާނެ ކަމަށެވެ.