ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދޭނީ އާންމުންގެ ތެރޭގައި އެ ވައިރަސް އެއްވެސް މިންވަރަކަށް ފެތުރިފައިވޭތޯ ނުވަތަ ނޫންތޯ ބެލުމުގެ ދިރާސާ އަށް ފަހު ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.
10 އެޕްރީލް 2020
ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދޭނީ އާންމުންގެ ތެރޭގައި އެ ވައިރަސް އެއްވެސް މިންވަރަކަށް ފެތުރިފައިވޭތޯ ނުވަތަ ނޫންތޯ ބެލުމުގެ ދިރާސާ އަށް ފަހު ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އަމީން ވިދާޅުވީ، ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް ދިވެހިންގެ ތެރޭގައި އެއްވެސް މިންވަރަކަށް ފެތުރިފައިވޭތޯ ނުވަތަ ނޫންތޯ ބަލަން ދިރާސާތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމާ މެދު ގޮތެއް ނިންމާނީ އެ ދިރާސާގެ އަލީގައި ކަމަށެވެ.
ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ބަލި އާންމުންގެ ތެރޭގައި ފެތުރޭ ހާލަތެއް ރާއްޖޭގައި އޮތްތޯ ބަލަން ސާމްޕަލްތައް ނަގައި ޓެސްޓްތައް ކުރުމުގެ މަސައްްކަތް މިއަދު ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވީމާ އޭގެ ނަތީޖާ އިން ވެސް އަޅުގަނޑުމެންނަށް އެނގޭނެ ރާއްޖޭގެ ހާލަތު މިހާރު މި އޮތީ ކިހިނަކުންތޯ،" އޭނާ ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި ރާއްޖެ އަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލިތާ ވެސް ވަރަށް އަަަަވަހަށް 14 ދުވަސް ހަމަވާނެ އެވެ. ރާއްޖޭގައި މިހާރު އިއުލާނު ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ 30 ދުވަސް އަންނަ އާދީއްތަ ދުވަހު ހަމަވާނެތީ ދެން އަމަލު ކުރާނެ ގޮތަކާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެ ކަމަށް ގޮތެއް ނިންމުން ވެސް ބިނާވާނީ މިހާރު ކުރަމުން އަންނަ ދިރާސާ އަށް ކަމަށެވެ.
އަމީން ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކާ މެދުގައި ވެސް އިތުރަށް ވިސްނަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެ ފިޔަވަޅުތައް ދޫކޮށްލެވޭ ހާލަތެއް އަތުވެއްޖެ ނަމަ ދޫކޮށްލެވޭނީ ވެސް ކޮންމެވެސް ތަރުތީބަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު އިއުލާނު ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ 30 ދުވަސް އަންނަ އާދީއްތަ ދުވަހު ހަމަވާނެތީ ދެން އަމަލު ކުރާނެ ގޮތަކާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެ ކަމަށް ގޮތެއް ނިންމުން ވެސް ބިނާވާނީ މިހާރު ކުރަމުން އަންނަ ދިރާސާ އަށް ކަމަށެވެ.
"މި ވަގުތަށް އެއްޗެއް ދަންނަވަންޏާ މި [ސިއްހީ ނުރަައްކަލުގެ ކުއްލި ހާލަތު] އިތުރުކުރާނަންތޯ ނޫންތޯ އެއްޗެއް ދަންނަވާކަށް ނުއެއް އެނގޭ މި ދެ ދުވަހުގެ މައްސަކަތުން އިނގޭނީ އިތުރުކުރާނީތޯ ނޫންތޯ،" އަމީން ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރިދާނެތީ ރައްކާތެރި ވުމުގެ ގޮތުން ރާއްޖޭން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް ބަންދު ކުރުން އަދި މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓައިލުމަކީ އަޅާފައިވާ ބައެއް ފިޔަވަޅުތަކެވެ. ރާއްޖެ އަށް އެއްވެސް އެހެން ގައުމެއްގެ މީހުން ދަތުރުކުރުމަށް އޮން އެެރައިވަލް ވިސާ ދިނުން ހުއްޓައިލުމާއި ރިސޯޓްތަކުން މީހުން އެހެން ރަށްތަކަށް ދަތުރުކުރުން ހުއްޓުވާފައި އޮތް އޮތުމަކީ ވެސް އެފަދަ ފިޔަވަޅުތަކެވެ.
ފިޔަވަޅުތައް ލުއިކުރިޔަސް ކޮވިޑް-19 ގެ ނުރައްކާ ރާއްޖެ އަށް އަދިވެސް ވަރަށް ބޮޑަށް އެބައޮތް ކަމަށް އަމީން މިރޭ ވެސް ވިދާޅުވި އެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް 19 މީހަކު ޕޮޒިޓިވް ވިއިރު އޭގެ ތެރެއިން 15 މީހުންނަކީ ބިދޭސީން/ޓޫރިސްޓުންނެވެ. އެ 15 މީހުންގެ ތެރެއިން 13 މީހަކު ރަނގަޅު ވެފައިވާއިރު ބާކީ ދެ މީހުން ތިބީ ރާއްޖެ އިން ބޭރުގަ އެވެ. އެއީ ރާއްޖެ އިން ފުރައިގެން ދިޔަ ފަހުން ޓެސްޓުގެ ނަތީޖާ ލިބުނުއިރު ޕޮޒިޓިވްވި އިޓަލީގެ ދެ ޓޫރިސްޓެކެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ފަރުވާގައި ތިބީ ހަތަރު ދިވެހިން އެކަންޏެވެ. އެއީ އިނގިރޭސި ވިލާތުން ރާއްޖެ އައުމުން ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވާ ބައެކެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި
ކޮވިޑް-19 ޖެހިގެން ދިވެއްސަކު މަރުވެއްޖެ
މާލެއިން ރަށްރަށަށް ނުދޭ، ޕޮޒިޓިވްވެފައި ހުރެދާނެ!
އީދަކީ މިފަހަރު ޗުއްޓީއެއް ކަމަށް ނުނަންގަވާ: އަމީން
ސިއްހީ މާހިރުންގެ ލަފާ އޮންނަން ޖެހޭ: ނިޔާފު
އެޗްއީއޯސީ: އޮޕަރޭޝަން ކުޑަ، ކުރާނީ އެއް ކަމެއް
މަބްރޫކަކީ އާންމުންނާ ދެމެދު އެޅުނު ބްރިޖެއް: އަމީން
ގުޅުމެއް ނެތް ކޭސްތައް އެބަ ގިނަވޭ: އެޗްޕީއޭ
ލުއިދެނީ ތައްޔާރު ވެވުނީމަ, ނުރައްކާ ކުޑައެއް ނުވޭ
ލޮކްޑައުންއަށް ލުއިދީ މުހިއްމު ޚިދުމަތްތަކެއް ހުޅުވާލަނީ