Roadha Mihaaru
އެމެޒޯނުން ގަތް ބެޓެރިއެއް ގޮވި މައްސަލައެއްގައި ދައުވާ

އެމެޒޯނުން ގަތް ބެޓެރިއެއް ގޮވި މައްސަލައެއްގައި ދައުވާކޮށްފި

29 އެޕްރީލް 2020

އެމެޒޯނުން ވިއްކި ޗައިނާގައި އުފެއްދި ބެޓެރިއެއް ގޮވައި، ގަރާޖެއްގައި ރޯވި މައްސަލައެއްގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެޒޯނުން ވިއްކި ޗައިނާގައި އުފެއްދި ބެޓެރިއެއް ގޮވައި، ގަރާޖެއްގައި ރޯވި މައްސަލައެއްގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފި އެވެ.

މީޑިއާތަކުން ބުނިގޮތުގައި ދުނިޔޭގެ އެންމެ މުއްސަނދި މީހާ ޖެފް ބެޒޯސް އެމެޒޯނަށް ދައުވާކުރަނީ އެމެރިކާގެ މިނެސޯޓާގެ ކޮޓަންވުޑަށް ނިސްބަތްވާ ޑޭން މޭޔާޒެވެ. އޭނާގެ ފަރާތުން މި މައްސަލާގައި ދައުވާކުރަނީ ގަރާޖް އިންޝުއަރަންސްކޮށްފައިވާ ކުންފުނި ފާމް ބިއުރީ ޕްރޮޕަޓީ އެންޑް ކެޝުއަލްޓީ އިންޝުއަރަންސް ކޮމްޕެނީންނެވެ.

ދައުވާގައި ބުނެފައި ވަނީ ޗައިނާގައި އުފެއްދި ބެޓެރި ގަރާޖްތެރޭގައި ރޯވެ، އެތަން އަނދާފައި ވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ކަމަށެވެ. އަދި އެ ބެޓެރި އަކީ "އެމެޒޯން ޗޮއިސް ޕްރޮޑަކްޓެއް" ގެ ގޮތުގައި އިޝްތިހާރުކޮށް ވިއްކި އަދި ޕްރައިމިން ޝިޕިންގެ ދަށުން ޑެލިވަކޮށްދިން އެއްޗަކަށްވާތީ އެއިން ލިބުނު ގެއްލުމުގެ ބަދަލަށް އެމެޒޯނުން ޒިންމާވާން ޖެހޭނެ ކަމަށެވެ.

ދައުވާގައި ބުނެފައި ވަނީ އެ ކުންފުނިން ވިއްކި ފެންވަރު ދަށް ބެޓެރީގެ ސަބަބުން އެ ގަތް މީހާ އަށް 75،000 ޑޮލަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށާއި ދައުވާކުރަނީ ވިޔަފާރީގެ މުއާމަލާތެއްގައި އެމެޒޯންގެ އިހުމާލު އޮތް ކަމަށް ގަބޫލުކުރާތީ ކަމަށެވެ.

މި މައްސަލާގައި އެމެޒޯނުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި ކަސްޓަމަރުން އެމެޒޯނަށް ދައުވާތަކެއްކޮށްފައިވެ އެވެ.