28 އެޕްރީލް 2020
ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ރާއްޖެ އިން އަޅަމުން އަންނަ ފިޔަވަޅުތަކާއި ރާއްޖޭގެ ހާލަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިނގިރޭސި ވިލާތަށް މިއަދު ދެއްވައިފި އެވެ.
ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ރާއްޖެ އިން އަޅަމުން އަންނަ ފިޔަވަޅުތަކާއި ރާއްޖޭގެ ހާލަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިނގިރޭސި ވިލާތަށް މިއަދު ދެއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖެއިން އެޅި ފިޔަވަޅުތަކާއި ރާއްޖެ އަށް ކުރިމަތިވެފައިވާ އިގުތިސާދީ މައްސަލަތަކުގެ މައުލޫމާތު ވެސް އިނގިރޭސި ފޮރިން ސެކްރެޓަރީ އަށް ރައީސް ދެއްވި ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ އާއްމުންގެ ތެރެއަށް ކޮރޯނާވައިރަސް ފެތުރެން ފެށުން، ރާއްޖޭން އެޅި ފިޔަވަޅުތަކުގެ ސަބަބުން ލަސް ކުރެވުނު ކަމަށެވެ. އަދި އެކަން ލަސްކުރެވިފައި ވުމަކީ ކާމިޔާބީއެއްގެ ގޮތުގައި ރައީސްް ފާހަގަކުރެއްވި އެވެ.
ދެ ގައުމުގައި ވެސް ކޮރޯނާވައިރަސް ފެތުރެމުން ދާތީ އިނގިރޭސި ވިލާތުގެ ހާލަތާ ބެހޭ މައުލޫމާތު ފޮރިން ސެކްރެޓަރީ ރާބް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެއްވި އެވެ. އަދި އިނގިރޭސި ބޮޑުވަޒީރު ބޮރިިސް ޖޯންސަން އަށް ހެއުއެދުންތައް ރައްދު ކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަތެވެ.
އިނގިރޭސި ބޮޑުވަޒީރު ވެސް ކޮވިޑް-19 އަށް އަށް ޕޮޒިޓިވްވެ، ހާލުކޮޅު ވަރަށް ސީރިއަސްވެ ހޮސްޕިޓަލްގައި ފަރުވާދިނެވެ. ނަމަވެސް އެ ބަލިން ސަލާމަތްވެ ދާދި ފަހުން ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.
އިނގިރޭސި ފޮރިން ސެކްރެޓަރީގެ ފޯނު ކޯލް ނިންމަވައި ލައްވަމުން ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދުގައިވާ ޒަމާންވީ އެކުވެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖެ އަލުން ކޮމަންވެލްތްގެ މެންބަރަކަށް ވުމަށް އިނގިރޭސި ވިލާތުން ދިން އެއްބާރުލެއްވުމާއި އެހީތެރިކަމަށް ރައީސް ޝުކުރު އަދާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އިނގިރޭސިވިލާތުގެ ދަތުރުފުޅަށް ފަހު ރައީސް ވަޑައިގެންފި
ޗާލްސް ތަހުތަށް ވެޑުވުމުގެ ހަފުލާއަށް ރައީސް
ރާނީ އެލިޒަބަތުގެ ޖަނާޒާއަށް ރައީސް ވަޑައިގަންނަވަނީ
"ގެއްލުނު" އަޑުބަރޭ ހޯދަން ބަލަންޖެހޭ ކަންކަން ބަލަނީ
އަލީ ހައްޔަރުކުރި ކަމެއް ހަފުތާއެއް ވީއިރު ވެސް ނޭނގޭ
އިނގިރޭސިވިލާތުން ރާއްޖެއަށް އަލަށް ރެސިޑެންޓް ސަފީރެއް
ކޮމަންވެލްތާ ގުޅެން ލިއުންތައް ހުށަހަޅައިފި
އިބޫގެ އަރިއަހަށް ޔޫކޭ ފޮރިން އޮފީހުގެ މިނިސްޓަރު
އީޔޫގެ ނިންމުމަށް ޔޫކޭ އިން އަމަލުކުރަން ފަށައިފި
އީޔޫގެ ވަފުދާ ބައްދަލުކުރަން ސަރުކާރުން ބޭނުމެއް ނުވި