މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވި އިނގިރޭސި ރާނީ އެލިޒަބަތުގެ ޖަނާޒާގައި ބައިވެރިވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިނގިރޭސިވިލާތުން ދިން ދައުވަތު ގަބޫލުކުރައްވައި އެ ގައުމަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
13 ސެޕްޓެމްބަރ 2022
މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވި އިނގިރޭސި ރާނީ އެލިޒަބަތުގެ ޖަނާޒާގައި ބައިވެރިވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިނގިރޭސިވިލާތުން ދިން ދައުވަތު ގަބޫލުކުރައްވައި އެ ގައުމަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިނގިރޭސިވިލާތަށް ވަޑައިގަންނަވާކަން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު "މިހާރު" އަށް ކަށަވަރުކޮށްދެއްވި އެވެ.
ރާނީގެ ފަސްދާނުލުން އޮންނާނީ އަންނަ ހޯމަ ދުވަހުގެ މެންދުރު ފަހު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގަ އެވެ.
ރާނީގެ ޖަނާޒާގައި ބައެއް ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިނގިރޭސި ޝާހީ ގަނޑުވަރުން ބުނެފައިވެ އެވެ. ބޭރު ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި ނަމަވެސް، އެ ބޭފުޅުންނާ އެކު ވަފުދުތައް ބައިވެރި ނުކުރުމަށް އިނގިރޭސި ޝާހީ އާއިލާއިން ވަނީ އެދިފަ އެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ، ޖަނާޒާގެ ކަންތައް ކުރިއަށް ދާ ސަރަހައްދުތަކުގެ ޖާގައިގެ ދަތިކަމެވެ.
އިނގިރޭސި ސަރުކާރުން ބުނި ގޮތުގައި ރާނީގެ ޖަނާޒާގައި ގައުމުތަކުގެ ފަރާތުން ބައިވެރިކުރުމަށް ފުރުސަތު ދޭނީ، އެ ގައުމެއްގެ އެންމެ އިސް ވެރިޔަކަށާއި އެ ބޭފުޅެއްގެ އަނބި/ފިރިންނަށެވެ. އެ ފެންވަރުގެ ބޭފުޅަކު ވަޑައިނުގަންނަވާ ނަމަ، އެ ގައުމަކުން ފޮނުވާ މަންދޫބަށް އެކަންޏެވެ.
ރާނީ ފަސްދާނުލާނީ ލަންޑަންގައި ހުންނަ ވިންޑްސާ ކާސަލްގެ ގޯތިތެރޭގައި ހުންނަ، ރަސްގެފާނު ޖޯޖް ހައެއްގެ ހަނދާނީ ފައްޅީގެ ގޯތިތެރޭގަ އެވެ.
ހަތްދިހަ އަހަރުގެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވުމަށް ފަހު އިނިގިރޭސި ރާނީ އެލިޒަބަތު، އުމުރުފުޅުން 96 އަހަރުގައި އަވަހަރަވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ކަމަނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، ސްކޮޓްލެންޑްގައި ހުންނަ ޝާހީ ގެކޮޅު ބެލްމޯރަލް ކާސްލްގަ އެވެ. ރާނީ އަވަހާރަވުމާ ގުޅިގެން، އެ ކަމަނާގެ ދޮށީ ދަރިކަލުން ޗާލްސް މިހާރު ވަނީ ރަސްގެފާނަށް ވެވަޑައިގެންފަ އެވެ.
އިނގިރޭސިވިލާތުގެ ދަތުރުފުޅަށް ފަހު ރައީސް ވަޑައިގެންފި
ޗާލްސް ތަހުތަށް ވެޑުވުމުގެ ހަފުލާއަށް ރައީސް
އަބްދުﷲ ޖަމީލްގެ ޖަނާޒާ މިއަދު ރަސްމީ އިއްޒަތުގައި
ގެނބިގެން، މި މަހު ތިންވަނަ ޓޫރިސްޓަކު މަރުވެއްޖެ
"ރަޝީދުގެ މަރުގެ މައްސަލަ ރައީސް ގާތުން އެބަ ބަލާ"
ރާނީގެ ތައުޒިޔާގައި ފަސްޓްލޭޑީ ލިޔުއްވީ މަންމަގެ މެސެޖް
ރާނީގެ އެންމެ ފަހުގެ އާންމު ފޮޓޯ
ރާނީގެ ހަނދާނުގައި މަޖިލިހުން ސުކޫތެއް ގެނެސްފި
އެލިޒަބަތުގެ ކައިވެނީގެ އުފާ: މީހަކަށް ކިރުސައެއް
ސްމޯކިންއޭރިއާގައި ހުރި މީހަކަށް ހާޓްއެޓޭކެއް ޖެހި މަރު