މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އިންޝުއަރެންސް ކުންފުނިތަކަށް ފައިދާގެ ގޮތުގައި ލިބުނު މިންވަރު ވަނީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނަ އިތުރުވެ، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު. ފައިދާގެ ގޮތުގައި 42.2 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
14 އޮކްޓޯބަރ 2016
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އިންޝުއަރެންސް ކުންފުނިތަކަށް ފައިދާގެ ގޮތުގައި ލިބުނު މިންވަރު ވަނީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނަ އިތުރުވެ، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު. ފައިދާގެ ގޮތުގައި 42.2 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މަނިޓަރީ އޮތޯރިޓީ އޮފް މޯލްޑިވްސް (އެމްއެމްއޭ) އިން ނެރުނު ނެރުނު އިކޮނޮމިކް ބުލެޓިންގައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން އިންޝުއަރެންސް ކުންފުނިތަކަށް އެންމެ ބޮޑު ފައިދާއެއް ލިބެނީ ބޭރުގެ އިންޝުއަރެންސް ކުންފުނިތަކުން ދޭ ރީ އިންޝުއަރެންސް ކޮމިޝަނުންނެވެ. އެގޮތުން ރާއްޖޭގެ ކުންފުނިތަކަށް ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ކޮމިޝަންގެ ގޮތުގައި 39.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ރާއްޖޭގައި މިހާރު ހަތަރު ޖެނެރަލް އިންޝުއެރެންސް ކުންފުންޏާއި ހަތް ބްރޯކަރުން އަދި 42 އިންޝުއަރެންސް އެޖެންޓުން ހަރަކާތްތެރިވެ އެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އިންޝުއަރެންސް ކުންފުނިތަކަށް ނެޓް ރިޓެން ޕްރިމިއަމްގެ ގޮތުގައި ދެއްކި އަދަދު 154.8 މިލިއަން ރުފިޔާއަށް އަރާފައިވެ އެވެ. ނެޓް ރިޓެން ޕްރިމިއަމްއަކީ ޖުމްލަ ޕްރިމިއަމް އިން ރީ އިންޝުއަރެންސް ކެނޑުމުން ޖެހޭ އަދަދެވެ.
އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ހިންގާ އިންޝުއަރެންސް ކުންފުނިތަކަށް މިދިޔަ ޖޫން މަހުގެ ނިޔަލަށް ޖުމްލަ ޕްރީމިއަމް ނުވަތަ ގްރޮސް ރިޓެން ޕްރިމިއަމްގެ ގޮތުގައި 395.8 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 20 ޕަސެންޓްގެ ކުރިއެރުމެކެވެ.
އެމްއެމްއޭ އިން ބުނީ ޖުމްލަ ޕްރީމިއަމް އިތުރުވި މައިގަނޑު ސަބަބަކީ އަލިފާނުގެ ހާދިސާތަކުން ބަދަލު ހޯދުމަށް ކުރާ އިންޝުއަރެންސާއި އަދި ސިއްހީ ދާއިރާގެ އިންޝުއަރެންސް ފުޅާވަމުން އަންނާތީ ކަމަށެވެ. އަދި އާއްމުގޮތެއްގައި ޖުމްލަ ޖުމްލަ ޕްރީމިއަމް ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އިތުރުވަނީ ގިނަ ފަރާތްތަކުން އެ މުއްދަތުގެ ތެރޭގައި ކަމަށްވާތީ އެވެ.
މަރުކަޒީ ބޭންކުން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން އިންޝުއަރެންސް ކުންފުނިތަކުގެ ޖުމްލަ އިންވެސްޓްމަންޓްގެ އަދަދު ވަނީ މިއަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު 275.2 މިލިއަން ރުފިޔާއަށް އަރައިފަ އެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 23 ޕަސެންޓްގެ ކުރިއެރުމެކެވެ.
އެމްއެމްއޭ އިން ބުނީ ރާއްޖޭގައި ހިންގާ އިންޝުއަރެންސް ކުންފުނިތަކުން މައިގަނޑު ގޮތެއްގައި އިންވެސްޓްކުރަނީ ފިކްސްޑް ޑިޕޮޒިޓެވެ.
މަރުކަޒީ އެ ތަފާސްހިސާބުތައް ނެރުނުއިރު އިންޝުއަރެންސްގެ ޕޮލިސީތައް ގަނެފައިވާ ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދިން މިންވަރެއް އެނގޭކަށް ނެތެވެ.
ބަންދު ސަލީމް އިސްކޮށް، ސޮލަރެލްގެ ފުރަތަމަ ފިޔަވަޅު
އިތުރު ކުންފުންޏަކަށް އިންޝުއަރެންސްގެ ލައިސަންސް ދީފި
ޒިންމާދާރުކަން ކުޑަކޮށް ފައިސާ ޗާޕު ނުކުރާނެ: ނާޒިމް
ޑެޕިއުޓީ ގަވަރުނަރު އިމާދު ވަކިކުރަން ހުށަހަޅައިފި
އެމްއެމްއޭގެ ބޯޑުން ޝުހާދު އިސްތިއުފާދީފި
ޔޫޒަބަލް ރިޒާވް 179 މިލިއަން ޑޮލަރަށް އިތުރުވެއްޖެ
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހެޔޮ އަސަރު ރިޒާވަށް
ރިސޯޓުތަކުން 40 މިލިއަން ޑޮލަރު މާރުކުރާނެ
ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރުން ލާޒިމްވެއްޖެ
"ފައިނޭންސިން ނުލިބިއްޖެނަމަ ރިޒާވަށް އަސަރުކުރާނެ"