Roadha Mihaaru
ލޮކްޑައުންގައި ހަމަވާ ޓެކްސްތަކުގެ މުއްދަތު އިތުރުކޮށްފި

ލޮކްޑައުންގައި ހަމަވާ ޓެކްސްތަކުގެ މުއްދަތު އިތުރުކޮށްފި

29 އެޕްރީލް 2020

ލޮކްޑައުންގައި ސުންގަޑި ހަމަވެ ދައްކަންޖެހޭ ޓެކްސްތައް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ހުޅުވުމަށްފަހު ދައްކާ ގޮތަށް ފަސްކޮށްދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ލޮކްޑައުންގައި ސުންގަޑި ހަމަވެ ދައްކަންޖެހޭ ޓެކްސްތައް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ހުޅުވުމަށްފަހު ދައްކާ ގޮތަށް ފަސްކޮށްދީފި އެވެ.

މީރާ އިން ބުނީ މިގޮތަށް ހެދީ، މި ދުވަސްވަރު އެ އިދާރާގެ އޮފީސް ބަންދުކޮށްފައި ހުރުމުން ކަމަށެވެ. މީރާ ހުޅުވެންދެން ޓެކްސްތައް ދެއްކުން ފަސްކޮށްދީފައިވާ އިރު ވަރަށް އަވަހަށް އެތަން ހުޅުވާނެ ތާރީހެއް ހާމަކުރާނެ ކަމަށް މީރާއިން ބުންޏެވެ،

މީރާގެ ޓްވީޓް

މީރާ އަށް ދައްކަން ޖެހޭ ޓެކްސް ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްދިން އިރު މި މަހުގައި ޓެކްސް ދެއްކުމަށް ހާއްސަ ސުންގަޑިތަކެއް ނެތެވެ. އެހެން ނަމަވެސް މިފެށޭ މެއި މަހުގެ 3 ވަނަ ދުވަހު ގިނަ ޓެކްސްތަކެއް ދެއްކުމުގެ ސުންގަޑި ހަމަވާނެ އެވެ.

އެގޮތުން ފެބްރުއަރީ މަހާއި މާޗް މަހުގެ ޖީއެސްޓީ އާއި ޑިއުޓީ ފްރީ ލޯޔަލްޓީ އާއި ވިލްހޯލްޑިން ޓެކްސް އާއި އެއާޕޯޓް ޓެކްސް އާއި ގްރީން ޓެކްސް އާއި ކުންފުނިތަކުގެ އަހަރީ ރިޕޯޓް ފީ ވެސް ދެއްކުމުގެ ސުންގަޑި ވެސް އެ މުއްދަތައް ހަމަވާނެ އެވެ.

މީގެ އިތުރުން ވެސް މެއި މަހުގެ އެކި ދުވަސްތަކުގައި ސުންގަޑި ހަމަވާ އެހެން ބައެއް ޓެކްސްތައް ވެސް އެބަހުއްޓެވެ.

ކޮވިޑް-19އާ ހެދި ރާއްޖޭގެ އިގްތިސާދަށް އައިސްފައިވާ ލޮޅުމުގެ ސަބަބުން ޓެކުހުން ލިބޭ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން މިދިޔަ މާޗް މަހު ލިބުނު އާމްދަނީ ވަނީ 26 ޕަސެންޓް ދަށްވެފަ އެވެ. ލިބުނު ޓެކްސް އާމްދަނީ ދަށްވީ ރާއްޖެއަށް ޓޫރިސްޓުން އައުން އިންތިހާއަށް މަދުވުމުގެ ސަބަބުން ކަމަށް މީރާއިންް ބުނެ އެވެ.