13 މެއި 2020
މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ބޮޑަށް ދަށްވެއްޖެ އެވެ.
މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ބޮޑަށް ދަށްވެއްޖެ އެވެ.
މީރާއިން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަައް ދައްކާ ގޮތުން މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނީ އެންމެ 527 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާ ބަލާއިރު 59 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު މީރާ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާ ލިބުނެވެ.
މީރާއިން ބުނިގޮތުގައި އާމްދަނީ ދަށްވި ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން އޮން އެރައިވަލް ވިސާތައް ހުއްޓާލުމާއި ޓެކްސް ދެއްކުމުގެ މުއްދަތު މީރާއިން ފަސްކޮށް ދީފައި އޮތުމުންނެވެ.
އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ކަމަށްވާ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި 235 މިލިއަން ރުފިޔާ ލިބުނުއިރު، ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްގެ ގޮތުގައި ލިބުނީ 36 މިލިއަން ރުފިޔާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
މިދިޔަ މަހުގެ އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީން ކަމަށް ވިޔަސް، ގިނަ ދާއިރާތަކުން ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރަށް ވުރެ ދަށް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކާ ގުޅިގެން ވިޔަފާރިތަކާއި ވަޒީފާތައް ހިމާޔަތް ކުރަން ސަރުކާރުން 2.5 ބިލިއަން ރުފިޔާގެ އެހީގެ ޕެކޭޖެއް އިއުލާންކޮށް އަދި ވިޔަފާރިތަކާއި އާންމުންނަށް ދޫކޮށްފައި ހުރި ލޯނުތައް ވެސް ހަ މަހަށް ވަނީ ފަސްކޮށްފަ އެވެ.
ނުލިބި ހުރި ފައިސާއިން 639 މިލިއަން ރުފިޔާ ހޯދައިފި
ހަތް މަހުން ޓެކްސްއަށް 15 ބިލިއަން ރުފިޔާ
ކުލި/ޓެކްސް ނުދައްކާ މީހުން "ފިލިޔަ" ދީގެން ނުވާނެ!
މީރާއަށް ބަލައިގަތް އާމްދަނީ ލަފާކުރި ވަރަށް ވުރެ ދަށް
ލަފާކުރި ވަރަށް ވުރެ މިދިޔަ މަހުގެ އާމްދަނީ އިތުރު
ޖެނުއަރީ މަހު ލިބުނު އާމްދަނީ 2.4 ބިލިއަނަށް
މިދިޔަ މަހުގެ އާމްދަނީ 80 ޕަސެންޓް ދަށަށް
ލޮކްޑައުންގައި ހަމަވާ ޓެކްސްތަކުގެ މުއްދަތު އިތުރުކޮށްފި
މާޗް މަހުގެ އާމްދަނީ 26 ޕަސެންޓް ދަށްވެއްޖެ
މިދިޔަ މަހު ދައުލަތަށް 1.4 ބިލިއަން ލިބުނު