30 އެޕްރީލް 2020
މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މުއްދަތުގައި، ފެން، ގޭސް ތެޔޮ ޑެލިވަރީ ކުރުމަށް އިތުރު ފާހެއް ބޭނުން ނުވާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މުއްދަތުގައި، ފެން، ގޭސް ތެޔޮ ޑެލިވަރީ ކުރުމަށް އިތުރު ފާހެއް ބޭނުން ނުވާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންއެއްގައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ، ލޮކްޑައުންގެ މުއްދަތު އަންނަ މަހުގެ 14 އާ ހަމައަށް އިތުރު ކޮށްފައިވާއިރު، މީގެ ކުރިން ދޫކޮށްފައިވާ ޑެލިވަރީ ފާސްތައް ބާތިލްކޮށް، އާ ފާސްތައް ހެއްދުމުގެ މަސައްކަތް ކުރަމުން އައި ނަމަވެސް ފެން، ގޭސް އަދި ތެޔޮ ޑެލިވަރީ ކުރާ ފަރާތްތަކަށް އިތުރު ފާހެއް ބޭނުމެއް ނުވާނެ ކަމަށެވެ. އަދި އެ ފަރާތްތަކަށް އެއްވެސް ދައްޗަކާ ނުލައި އެ ޚިދުމަތް ދެވޭނެ ކަމަށް ސަމީރު ވިދާޅުވި އެވެ.
"އިތުރު އެއްވެސް ފާހަހަކާ ނުލައި، ފެނާއި ގޭހާއި ތެޔޮ ޑެލިވަރީ ނުވަތަ ބޭނުންވާ އޮޑިދޯނިފަހަރަށް ތެޔޮ އެޅުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ. ހަމަ ފެން ވެސް ގޭގެ އަށް ސަޕްލަ އިކޮށްދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ" އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނިގޮތުގައި، ކުރިން ވެސް ޝޮޕިން ޕާމިންޓް ދޫކުރި ޕޯޓަލް މެދުވެރިކޮށް، ޑެލިވަރީ ފާސްތަކަށް އަލުން އެދުމަށް މިހާރު ވާނީ ހުޅުވާލައިފަ އެވެ.
މިގޮތަށް ދޫކުރާ ފާސްތަކުގެ ތެރެއިން ޑެލިވަރީ ކުރާ މީހާ އާއި ވެހިކަލަށް ވަކި ފާހެއް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތަށް ދޫކުރާ ފާސް ޕްރިންޓުކޮށް، ވެހިކަލުގައި ތައްކޮށްފައި ހުންނަން ވާނެ ކަމަށާއި މީހާ އަށް ދޫކުރާ ފާސް އެ މީހާގެ އަތުން ފެންނަން އޮންނަން ޖެހޭނެ ކަމަށް ސަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ފިހާރަތަށް އާންމުނަށް ދެވޭ ގޮތަށް ހަމަޖައްސާފައި ވާތީ، ފިހާރަތަކަށް ބޭނުންވާ ސަޕޯޓް ސްޓާފުންނަށް ވެސް ވަކި ހާއްސަ ފާހެއް ދޫކުރާނެ ކަމަށެވެ. އެ މީހުންނަށް ދޫކުރާ ފާހަކީ ހަމައެކަނި ގެއިން ފިހާރަ އަށް ދިއުމަށް ބޭނުންކުރެވޭ ފާހެއް ކަމަށާއި ޑެލިވަރީ އާއި މި ނޫން ފިހާރައިގެ އެހެން ކަންކަމުގައި އެ ފާސް ބޭނުން ނުކުރެވޭނެ ކަމަށް ފުލުހުން ބުނެ އެވެ.
ޑެލިވަރީގެ ޚިދުމަތް ދިނުމަށް ކުރިން ދޫކޮށްފައިވާ ފާސްތައް ރޭގެ ދަންވަރު 12 ން ފެށިގެން ބާތިލް ކޮށްފައިވީ ނަމަވެސް މިހާރު ހަމަޖައްސާފައި ވަނީ 48 ގަޑިއިރު ވަންދެން އެ ފާސް ބޭނުންކުރެވޭ ގޮތަށެވެ. އެއީ ޑެލިވަރީ އަށް ހުއްޓުމެއް އަޔަނުދިނުމަށް ކަމަށް ފުލުހުން ބުްޏެވެ.
މި މަހުގެ 15 ގައި އެންމެ ފުރަތަމަ މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ އެކު، ފިހާރަ، ރެސްޓޯރަންޓު އަދި ކެފޭ ތަކަށް ދޫކުރި ޑެލިވަރީ ފާސްތަކުގެ އަދަދު 4،000 އަށް ވުރެ މައްޗަށް އަރަ އެވެ.
ފެނުގެ ނެޓްވޯކް ގުޅާލާ ސްޓޭޝަންގެ މަސަައްކަތް ފަށައިފި
ވެހިކަލް މަނާކުރީ އެއްވުންތައް ހުއްޓުވަން: އެޗްޕީއޭ
ފިހާރަ/ކެފޭތަކުގެ ހިދުމަތް 9:30 ވަންދެން ލިބޭނެ
ރޭގަނޑު 8 އިން ފަތިހު 5 އަށް އުޅަނދުތައް މަނާ!
ރޭގަނޑު 10 އިން ފަތިހު 5 އަށް، ކާފިއު ގަޑި
ލޮކްޑައުންއާ ހިލާފުވި 312 މީހެއްގެ މައްސަލަ ޕީޖީއަށް
ލޮކްޑައުން ނިމުނު ފަހުން ކުރި ޖޫރިމަނާ ސައްހައެއް ނޫން
ލޮކްޑައުން އޮޅި، ޖޫރިމަނާއާ މެދު ސުވާލު އުފެދިއްޖެ
ފުލުހުން ބިޒްނަސް ޕާމިޓް ދޫކުރަން ފެށުން މައްސަލައަކަށް
ލޮކްޑައުންއާ ހިލާފުވި މީހުންނަށް ދައުވާކުރަން ފޮނުވައިފި