03 މެއި 2020
މިދިޔަ އަހަރު ނިމުނު އިރު އިގްތިސާދުގައި ދައުރުވި ޖުމްލަ ފައިސާގެ އަދަދު 36.3 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
މިދިޔަ އަހަރު ނިމުނު އިރު އިގްތިސާދުގައި ދައުރުވި ޖުމްލަ ފައިސާގެ އަދަދު 36.3 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭ އިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، 2019 ވަނަ އަހަރުގެ ޖުމްލަ ފައިސާ ނުވަތަ ބްރޯޑް މަނީ ވަނީ 10 ޕަސެންޓަށް އިތުރުވެފަ އެވެ. އޭގެ ކުރީ އަހަރު ނިމުނު އިރު ޖުމްލަ ފައިސާގެ މިންވަރު ހުރީ ތިން ޕަސެންޓުގެ ކުރިއެރުމެއްގަ އެވެ. ދާދި ފަހުން އެމްއެމްއޭ އިން އިތުރަށް ފައިސާ ނެގުމަށް ނިންމުމާ އެކު، އިގްތިސާދުގައި ދައުރުވާ ފައިސާ މިއަށްވުރެ ބޮޑަށް އިތުރުވާނެ ކަމަށް ބެލެވެ އެވެ.
ޖުމްލަ ފައިސާ އިތުރުވެފައި ވަނީ ބޭންކިން ނިޒާމުގެ ނެޓް ފޮރިން އެސެޓް އިތުުރުވުމުގެ ސަބަބުންނެވެ. މިދިޔަ އަހަރު ނިމުނު އިރު ބޭންކިން ނިޒާމުގެ ނެޓް ފޮރިން އެސެޓް 34 ޕަސެންޓަށް އިތުރުވި އެވެ. މިއީ ގާތްގަނޑަކަށް 1.9 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރު ނެޓް ފޮރިން އެސެޓް ވަނީ 58 ޕަސެންޓަށް އިތުރުވެފަ އެވެ. ނެޓް ފޮރިން އެސެޓް އިތުރުވެފައިވަނީ ބޭރު ފައިސާ ޑިޕޮސިޓް ކުރި ވަރު އިތުރުވުމުގެ ސަބަބުންނެވެ.
އެމްއެމްއޭގެ ނެޓް ޑޮމެސްޓިކް އެސެޓަށް މިދިޔަ އަހަރު ނިމުނު އިރު މާބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ.
މީގެ އިތުރުން އަހަރީ ރިޕޯޓުގައިވާ ގޮތުގައި، ބޭންކްތަކުގެ މާލިއްޔަތު މިދިޔަ އަހަރު ނިމުނު އިރު، 52.3 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާ އިރު 10 ޕަސެންޓް އިތުރުވުމެކެވެ. މިދިޔަ އަހަރު ނިމުނު އިރު ޓްރެޝަރީ ބިލަށް ވިޔަފަރި ބޭންކްތަކުން އިންވެސްޓްކުރިވަރު ވަނީ 22 ޕަސެންޓަށް އިތުރުވެފަ އެވެ. އެގޮތުން ބޭންކްތަކުން އިންވެސްޓް ކުރި މިންވަރު 11.5 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. މިދިޔަ އަހަރު ނިމުނު އިރު ޓްރެޝަރީ ބިލަށް ވިޔަފާރި ބޭންކުތަކުން އިންވެސްޓް ކުރީ 9.6 ބިލިއަން ރުފިޔާ އެވެ.
ނަގުދު ފައިސާ ނެގޭވަރު 200،000ރ. އަށް ލިމިޓު
ބޭންކުތަކުން މައުލޫމާތު ހޯދަން ދަތި: އޭސީސީ
ކުދިންގެ ޓީޓީގެ މައްސަލަ ހައްލުކޮށްދޭން ޖެހޭ: ރައީސް
ބޭންކްތަކުގައި ރައްކާކުރާ ފައިސާ މަދުވެއްޖެ
ޑިޖިޓަލް ބޭންކްގެ ލައިސަންސަށް އަލުން އެދޭނަން: އަމްރު
އެސްޓީއޯގެ ޑިޖިޓަލް ބޭންކަށް ލައިސަންސެއް ނުދިން
ބަދަލު ގެނައީ ގާބިލު މީހުން ނުލިބޭތީ: އެމްއެމްއޭ
ބޭންކުތަކުގެބޯޑުން ސިޔާސީ މީހުންނަށް ފުރުސަތު ބޮޑުކޮށްފި
ޕޭމަންޓް ހިދުމަތާ ބެހޭ ބިލް "އޮޅުމެއް ނުފިލި"
މާދަމާ އާއި ހޯމަ ދުވަހު ބޭންކްތައް ހުޅުވާނެ