މާލޭ މަސް މާރުކޭޓް ބޭނުންކުރަން ފަށައި މަސްވެރިންނަށް އެ ތަން ބޭނުންކުރުމުގައި ފަސޭހަ ގޮތްތަކެއް ކަނޑައެޅުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތްކުރަމުން އަންނަ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
މާލޭ މަސް މާރުކޭޓް ބޭނުންކުރަން ފަށައި މަސްވެރިންނަށް އެ ތަން ބޭނުންކުރުމުގައި ފަސޭހަ ގޮތްތަކެއް ކަނޑައެޅުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތްކުރަމުން އަންނަ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ޕްރެސް ބްރީފިންގައި މަބްރޫކް ވިދާޅުވީ މިދިޔަ މަހު މާލެ ސަރަހައްދު ލޮކްޑައުން ކުރި މުއްދަތުން ފެށިގެން މަސް މާރުކޭޓް ބޭނުންކުރުމުގައި މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށާފައިވާ ކަމަށެވެ.
"މަސް މާރުކޭޓު ބޭނުން ނުކުރެވި އެތައް އުނދަގޫތަކެއް ކުރިމަތިވެފައިވާކަން ފާހަގަކޮށްފައިވާތީވެ އުސޫލުތަކެއް ކަނޑައަޅައި އިންތިޒާމުތަކެއް ރާވައި މަސްވެރިންނަށް މަސް މާރުކޭޓް ބޭނުންކުރެވޭނެ ގޮތަށް އިންތިޒާމްތައް ރާވަމުން ސިޓީ ކައުންސިލުން އެބަގެންދޭ. މިކަމާ ގުޅިގެން ސިޓީ ކައުންސިލުން އުސޫލުތަކެއް ޝާއިރު ކުރައްވާނެ،" މަބްރޫކް ވިދާޅުވި އެވެ.
ލޮކްޑައުން ކޮށްފައިވާތީ މި ދަނޑިވަޅުގައި ކަނޑުމަސް ހޯދުމުގައި ގިނަ ފަރާތްތަކަށް ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފަ އެވެ. އަދި މަސްވެރިންނަށް ވެސް މަސް ވިއްކުމުގައި ދަތިތަކެއް އެބަހުއްޓެވެ. މަބްރޫކް ވިދާޅުވީ ސިޓީ ކައުންސިލުން ކަނޑައަޅާ އުސޫލުގެ ތެރެއިން ހުރިހާ ފަރާތަކަށް ވެސް ފަސޭހަވެގެންދާނެ ކަމަށެވެ.
"މި ކަމުގެ ބޭނުމަކީ މަސް މާރުކޭޓް މަސްވެރިންނަށް ބޭނުންކުރެވޭނެ ގޮތެއް ހަދައިދިނުން. މަސް ޑެލިވަރީ ހެދޭނެ ގޮތެއް ހަދައިދިނުން ފިހާރަތަކަށް ވެސް އަދި ގޭގެ އަށް ވެސް،" މަބްރޫކް ވިދާޅުވި އެވެ.
މާލެ ސަރަހައްދުގެ ގިނަ ގެތަކަށް މި ވަގުތު މަސް ޑެލިވަރީ ކުރުމުގައި އެކި ފަރާތްތަކުން ހަރަކާތްތެރިވެ އެވެ. މި ވަގުތު ގެތަކަށް މަސް ޑެލިވަރީ ކުރަމުން އަންނަ އަގުތަކަށް ބަލާއިރު ކަނޑު މަސް ކިލޯއެއް އުޅެނީ 60-95 ރުފިޔާއާ ދެމެދު އެވެ.
ބޭނުންނުކޮށް ފަޅުގައި އަޅާފައިވާ ދޯނިތައް ނަގަނީ
މާރުކޭޓްތައް ހިންގަން އާ އިމާރާތެއްގެ މަސައްކަތް ފަށަނީ
ޑްރަގްސް ބޭނުންކުރާތީ މާރުކޭޓު މަތި ބަންދުކުރަނީ
މަސްމާރުކޭޓުގެ މަތި ހުސްކުރަން އަންގައިފި
ވިލިމާލޭގައި ލޯކަލް މާރުކޭޓަކާއި މަސްމާރުކޭޓެއް ހުޅުވަނީ
މާލޭގެ މަގުތައް ޑިސްއިންފެކްޓްކޮށް، ދޮންނަން ފަށައިފި
އުސޫލާ އެއްގޮތަށް އަމަލުކުރޭތޯ ބަލަން އިންސްޕެކްޝަނެއް
"ގަސްކަނޑާތީ ކައުންސިލަށް ޖިނާއީ ދައުވާ ކުރަންޖެހޭ"
11،000 ލީޓަރު ފެން ހިންދޭ ޕަމްޕް ބޭނުންކުރަނީ
އޮޅުހިޔާ އަށް ބުޅާތައް ގެންދަން ފަށައިފި