Roadha Mihaaru
އެޗްޕީއޭގެ ވެބްސައިޓް ހެކްކުރި މައްސަލަ ބަލަނީ

އެޗްޕީއޭގެ ވެބްސައިޓް ހެކްކުރި މައްސަލަ ތަހުގީގު ކުރަން ފަށައިފި

03 މެއި 2020

ރާއްޖެ އަށް ކޮވިޑް-19 ފެތުރިފައިވާ މި ދުވަސްވަރު އެންމެ މުހިންމު މައުލޫމާތުތައް ފޯރުކޮށްދޭ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ވެބްސައިޓް ހެކްކުރި މައްސަލަ ބަލަން ފަށާފައިވާ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ރާއްޖެ އަށް ކޮވިޑް-19 ފެތުރިފައިވާ މި ދުވަސްވަރު އެންމެ މުހިންމު މައުލޫމާތުތައް ފޯރުކޮށްދޭ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ވެބްސައިޓް ހެކްކުރި މައްސަލަ ބަލަން ފަށާފައިވާ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

މަލީހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ނާޒުކް ވަގުތު އެޗްޕީއޭގެ ވެބްސައިޓް ހެކް ކުރުމަކީ ނާތަހުޒީބު، ފިނޑި އަމަލެއް ކަމަށެވެ. އަދި އެ އަމަލު ހަރުކަށި އިބާރާތުން އޭނާ ކުށްވެރި ކުރެއްވި އެވެ.

"ތަހުގީގީ އިދާރާތަކާ ގުޅިގެން މިކަން ތަހުގީގު ކުރާނަން. އެކަން ފެށިގެން މިހާރު ކުރިއަށް އެބަދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މަލީހްގެ ޓުވީޓް

އެޗްޕީއޭގެ ވެބްސައިޓް ހެކްކޮށް، އެ ވެބްސައިޓުގައި މިއަދު ވަނީ ސަރުކާރަށް ބޮޑެތި އިންޒާރުތަކެއް ދީފަ އެވެ. އެ މެސެޖުގައި ބުނެފައިވަނީ ކޮވިޑް-19 ފެތުރިފައިވާ މި ހާލަތުގައި ސަރުކާރުން "ކުޅެނީ ޕޮލިޓިކްސް" ކަމަށެވެ. މި ކަންކަން އިސްލާހު ނުކުރާ ނަމަ ސިއްރުތައް ހާމަކުރާނެ ކަމުގެ އިންޒާރު ވެސް ދީފައި ވެ އެވެ.

ވެބްސައިޓް ހެކްކޮށް އިންޒާރުގެ ވީޑިއޯއެއް ޕޯސްޓްކުރި ފަހުން ވެބްސައިޓް މިހާރު ވަނީ ޑައުންކޮށްފަ އެވެ. ނަމަވެސް އެ ވީޑިއޯ ޔޫޓިއުބްގައި ވެސް ވަނީ އާންމުކޮށްފަ އެވެ.