Roadha Mihaaru
ކަރަންގެ ނުރަ ބޮލާ އެކު މަޖާ ޕޯސްޓެއް

ކަރަން ޖޯހަރްގެ ނުރަ ބޮލާ އެކު މަޖާ ޕޯސްޓެއް

07 މެއި 2020

އިންޑިއާގެ ލޮކްޑައުންއަކާ ހެދި ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރަށް ބޯ ކަޅުކޮށްލެވޭކަށް ނެތެވެ. ސެލޫނަކަށް ދެވޭ ގޮތެއް ނެތުމުން މި ލޮކްޑައުންއާ އެކު އޭނާގެ ބޯ ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ނުރަވަމުންނެވެ. ކަރަންގެ އެ ސިފައަށް އިޝާރާތްކޮށް އޭނާގެ އަންހެން ދަރިފުޅު ދާދި ފަހުން އިންސްޓަގްރާމްގައި ބުނީ "ތިއީ މިހާރު ބޮޑު މުސްކުޅިއެއް" ކަމަށެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނުރަ ބޯ މިހާތަނަށް އިންސްޓަގްރާމްގައި ފާޅުކަން ބޮޑުކޮށް ނުދައްކައި ހުރުމަށް ފަހު ކަރަން ވަނީ މަޖާ ކެޕްޝަނާ އެކު ފޮޓޯއެއް އާންމުކޮށްފަ އެވެ. އޭގައި އޭނާ ބުނީ 48 އަހަރުގައި ބައްޕައެއްގެ ރޯލް ކުޅެން މިހާރު ތައްޔާތަށް ހުރި ކަމަށާއި އެފަދަ ފުރުސަތެއް އޮތް ނަމަ އަންގައިލަދޭން އެދޭ ކަމަވެ.

ނަމަވެސް އޭނާގެ އެކްޓިން، މިހާރު މި އުޅޭ ކޮރޯނާވައިރަށް ވުރެ ވެސް ނުރައްކާ ކަމަށާއި އެކަމަކު ދެވަނަ ފުރުސަތަކަށް އުންމީދުކުރުމަކީ މައްސަލައެއް ނޫން ކަމަށް ވެސް ބުންޏެވެ. ކަރަން މީގެ ކުރިން ބައެއް ފިލްމުތަކުގައި ކުދިކުދި ރޯލްތައް ކުޅެފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ވިލަންއެއްގެ ރޯލް ކުޅުނު ޑައިރެކްޓަރު އަނޫރާގް ކެޝަޕްގެ 2015 ގެ "ބޮމްބޭ ވެލްވެޓް" އެވެ.

ރަންބީރް ކަޕޫރާއި އަނުޝްކާ ޝަރުމާ ލީޑް ރޯލް ކުޅުނު އެ ފިލްމުގައި ކަރަން އަށް ފުދޭވަރެއްގެ ސްކްރީން ޓައިމެއް ލިބުނު ނަމަވެސް އެ ފިލްމަކީ ބޮޑު ތަނުން ފްލޮޕްވި އަދި ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ފިލްމެކެވެ.

"ބޮމްބޭ ވެލްވެޓް" ގައި ކުޅުނު ރޯލަށް ކަރަން އަމިއްލަ އަށް ކުރިން ވެސް ޖޯކް ޖަހާފައި އިރު، އެ ފިލްމު ނާކާމިޔާބުމުގައި ވެސް އޭނާގެ ހިއްސާ ބޮޑު ކަމަށް ބުނެފައިވެ އެވެ.

ކަރަންގެ ނުރަ ބޮލާ އެކު ބައްޕައެއްގެ ރޯލް ކުޅެން ތައްޔާރަށް ހުރި ވާހަކަ ހިއްސާކުރުމުން ޕްރޮޑިއުސަރު އެކްތާ ކަޕޫރް ކުރި ކޮމެންޓެއްވައި ވަނީ އޭނާގެ ސިލްސިލާ "ކަސޯޓީ" ގެ ބަޖާޖްގެ ކެރެކްޓާ ހުށަހަޅާ ކަމަށް ބުނެފަ އެވެ. އަދި ނުރަ ބަޖާޖަކީ ވަރަށް "ހޮޓް" ކެރެކްޓާއެއް ކަމަށް ވެސް ބުންޏެވެ.

ކަރަންގެ ޕޯސްޓަށް އަނިލް ކަޕޫރާއި ފަރާ ޚާން ފަދަ ފަންނާނުން ވެސް މަޖާ އެއްޗެހި ބުނެ ކޮމެންޓްކޮށްފައިވެ އެވެ.