ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މީހުން ބޭތިއްބުމަށް ގާއިމް ކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކަކީ ޖަލުތަކެއް ނޫން ކަމަށާއި އެ ތަންތަނަަށް ގެންދާ މީހުން ފަރުދީ ޒިންމާ އަދާކުރަންޖެހޭ ކަމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް މިއަދު ވިދާޅުވެއްޖެ އެވެ.
07 މެއި 2020
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މީހުން ބޭތިއްބުމަށް ގާއިމް ކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކަކީ ޖަލުތަކެއް ނޫން ކަމަށާއި އެ ތަންތަނަަށް ގެންދާ މީހުން ފަރުދީ ޒިންމާ އަދާކުރަންޖެހޭ ކަމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް މިއަދު ވިދާޅުވެއްޖެ އެވެ.
ކަރަންޓީނު ފެސިލީޓީއެއްގެ ގޮތުގައި މިހާރު ބޭނުން ކުރާ އައްޑޫ ކެނަރީފް ރިސޯޓުން ރޭ ބަޔަކު ފިލި މައްސަލަ ފެންމަތިވެފައި ވަނިކޮށް، ފައިރޫޝް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ކަރަންޓީން ފެސިލިޓީތަކުގައި ތިބޭ މީހުން ބަލަހައްޓަން ޖެހެނީ ދަނޑިމާރު އަޅައިގެން ވެސް ނޫން ކަމަށެވެ.
"މި ތަންތަނަށް ގެންދެވޭ ފަރާތްތަކާއި އަމިއްލަ އަށް އެ ތަންތަނުގައި ތިބެން އެއްބަސްވެގެން ދާ ފަރާތްތަކުގެ ޒިންމާއެއް ވެސް ވެ އެވެ. ފަރުދީ ޒިންމާ އަދާކުރައްވާ،" އޭނާ ވިދާޅުވި އެވެ.
ކޮރަންޓީން ފެސިލިޓީއަކީ ޖަލެއް ނޫނެވެ. ދަނޑިމާރު އަޅައިގެން ބަލަހައްޓާ ތަންތަނެއްވެސް ނޫނެވެ.
— Fairoosh (@fairoosh) May 6, 2020
މިތަންތަނަށް ގެންދެވޭ ފަރާތްތަކާއި އަމިއްލައަށް އެތަންތަނުގައި ތިބެން އެއްބަސްވެގެން ދާ ފަރާތްތަކުގެ ޒިންމާއެއްވެސް ވެއެވެ. ފަރުދީ ޒިންމާ އަދާކުރައްވާ!
ފައިރޫޝް ވިދާޅުވި ގޮތުގައި، އެހެން މީހުން ނުރައްކަލުގެ ތެރެއަށް ހުށަހަޅާ ފަރާތްތަކަށް އަޅަން ޖެހޭ ފިޔަވަޅު ފުލުހުން އަޅަމުން ވެސް ގެންދާނެ އެވެ.
ކެނަރީފުން ފިލި ފަސް މީހުން ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
މިއީ، މިހާތަނަށް ރާއްޖޭގެ ކަރަންޓީނު ފެސިލިޓީއަކުން ބަޔަކު ފިލި ފުރަތަމަ ފަހަރެވެ. އަދި އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮވިޑް-19އާ ދިމާކޮށް އައްޑޫގައި ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ހަމަޖައްސާފައި ވަނީ ކެނެރީފްގެ އިތުރުން ގަމުގެ ދޫގަހާއި މަރަދޫފޭދޫ ވޭވް ސައުންޑް ގެސްޓް ހައުސް އެވެ.
ކެނަރީފް ކަރަންޓީނުން ފިލި އެންމެން ހައްޔަރުކޮށްފި
ކެނަރީފުން ފިލި މީހުންގެ ބަންދަށް 15 ދުވަސް
އައްޑޫގައި ވަޅިން ހަމަލާދިން މީހާ ހައްޔަރުކޮށްފި
ހިތަދޫގައި މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްލައިފި
ސްކޭމްކޮށްގެން މީހުންގެ އަތުން މިލިއަން ރުފިޔާ ނަގައިފި
ތަކެތި ވިއްކާކަމަށް ބުނެ ސްކޭމް ހިންގި މީހަކު ހައްޔަރު
އައްޑޫގެ އެންމެބޮޑު އެއް ޑްރަގު ޑީލަރު އުމުރަށް ޖަލަށް
މީހަކު ރަހީނުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
ހިތަދޫގައި މީހަކު ރަހީނުކުރި ފަސް މީހަކު ހައްޔަރުކޮށްފި
ވަޅިން ބިރުދައްކައި ފޭރުނު އިތުރު މީހަކު ހައްޔަރު