Roadha Mihaaru
ކެނަރީފުން ފިލި މީހުންގެ ބަންދަށް 15 ދުވަސް

ކެނަރީފް ކަރަންޓީން ފެސިލިޓީން ފިލި މީހުން 15 ދުވަހަށް ބަންދުކޮށްފި

07 މެއި 2020

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އައްޑޫ ކެނަރީފް ރިސޯޓް (ހެރެތަރަ) ގެ ކަރަންޓީން ފެސިލިޓީސްގައި ކަރަންޓީނު ކޮށްފައި ތިއްބާ ފިލި އެންމެންގެ ތަހުގީގަށް އެ މީހުން 15 ދުވަހަށް ބަންދު ކުރަން ހުޅުމީދޫ ކޯޓުން އަންގައިފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އައްޑޫ ކެނަރީފް ރިސޯޓް (ހެރެތަރަ) ގެ ކަރަންޓީން ފެސިލިޓީސްގައި ކަރަންޓީނު ކޮށްފައި ތިއްބާ ފިލި އެންމެންގެ ތަހުގީގަށް އެ މީހުން 15 ދުވަހަށް ބަންދު ކުރަން ހުޅުމީދޫ ކޯޓުން އަންގައިފި އެވެ.

ހުޅުދޫ ކައިރީ އޮންނަ ކެނަރީފް ކަރަންޓީނު ފެސިލިޓީން ފިލި ފަސް ފިރިހެނުންގެ ތެރެއިން ތިން މީހަކު ހައްޔަރު ކުރީ ރޭގަ އެވެ. ބާކީ ދެ މީހުން ހައްޔަރުކުރީ ރޭ ފަތިހު އެވެ. ހައްޔަރުކުރުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ފުލުހުން އައީ އޭރުން ފެށިގެން އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

މިއީ، ކަރަންޓީނު ފެސިލިޓީއަކުން ބަޔަކު ފިލި ފުރަތަމަ ފަހަރު ކަމަށްވީ ނަމަވެސް، ލޮކްޑައުން ކޮށްފައި ވަނިކޮށް އެއް ރަށުން އަނެއް ރަށަށް ދިއުމުގެ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން ރިސޯޓްތަކުގައި ތިބޭ މުވައްޒަފުން ރަށްރަށް ނޭރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ މަހުގެ ކުރީކޮޅު އިއުލާންކޮށްފައި ވަނިކޮށް، މީދޫ ކައިރީގައި ހިންގާ ސައުތު ޕާމް ރިސޯޓްގެ މުވައްޒަފަކު ފަތާފައި ގޮސް މީދު އަށް އެރި މައްސަލައެއް ފެންމަތި ވެފައި ވެ އެވެ. އޭނާ ހައްޔަރުކޮށް، މައްސަލަ ބަލާފައިވެ އެވެ.

ކޮވިޑް-19އާ ދިމާކޮށް އައްޑޫގެ ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރަމުން އަންނަނީ ކެނަރީފްގެ އިތުރުން ގަމުގައި ހިންގާ ގެސްޓް ހައުސް ދޫގަހާއި މަރަދޫފޭދޫ ވޭވް ސައުންޑް ގެސްޓް ހައުސް އެވެ. އައްޑޫގައި އައިސޮލޭޝަނަށް އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ކޮޓަރިއެއް ހާއްސަ ކޮށްފައިވެ އެވެ.