Roadha Mihaaru
މި ހާލަތުގައި އަސާސީ މުސާރައަކުން ސަލާމަތެއްނެތް: އދ

އަސާސީ މުސާރައެއް ދީގެން މި ހާލަތުގައި ސަލާމަތެއް ނެތް: އދ

07 މެއި 2020

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުގެ ތެރޭގައި އެންމެންނަށް އެއް ހަމައަކުން އަސާސީ މުސާރައެއް ދިނުމަކީ އޭޝިއާ ސަރަހައްދުގެ އިގްތިސާދު ސަލާމަތް ކުރުމަށް ހައްލެއް އޮތް ހައްލެއް ނޫން ކަމަށް ޔޫއެންޑީޕީގެ އޭޝިއާ ޕެސިފިކް ބިއުރޯގެ ވެރިޔާ ކަންނީ ވިގްނަރާޖާ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުގެ ތެރޭގައި އެންމެންނަށް އެއް ހަމައަކުން އަސާސީ މުސާރައެއް ދިނުމަކީ އޭޝިއާ ސަރަހައްދުގެ އިގްތިސާދު ސަލާމަތް ކުރުމަށް ހައްލެއް އޮތް ހައްލެއް ނޫން ކަމަށް ޔޫއެންޑީޕީގެ އޭޝިއާ ޕެސިފިކް ބިއުރޯގެ ވެރިޔާ ކަންނީ ވިގްނަރާޖާ ވިދާޅުވެއްޖެ އެވެ.

އދ.ގެ ޚަބަރުތައް ގެނެސްދޭ "ޔޫއެން ނިއުސް" އަށް އޭނާ ވިދާޅުވީ، އެންމެންނަށް އެއް ހަމައަކުން އުޖޫރައެއް ދީގެން އިގްތިސާދު ސަލާމަތް ނުކުރެވުނަސް، އާންމު ފަރުދުންނަށް މިކަމުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް، އޭނާ ވިދާޅުވި ގޮތުގައި މިއީ އިގްތިސާދު ނެގެހެއްޓުމަށް އޮތް ހައްލެއް ނޫނެވެ.

ކަންނީ ވިދާޅުވީ، އޭޝިއާ ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ އެކަށީގެންވާ ވަރަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެފައި ނެތުން ކަމަށެވެ.

"އޭޝިއާގެ ގިނަ ގައުމުތަކަކީ ޒުވާނުންގެ އާބާދީ ބޮޑު ގައުމުތައް. ގިނަ ޒުވާނުންގެ ތައުލީމީ ފެންވަރު ރަނގަޅުވެ، ވަޒީފާގެ ބާޒާރަށް އަންނަނީ ނުކުންނަމުން. އިގްތިސާދީ ހަރަކާތްތަކުގައި ބައިވެރިވުމަށް ގިނަ ޒުވާނުންތަކެއް ތައްޔާރުވެފައިވާ އިރު އެ މީހުންނަށް ބޭނުންވާ ވަރަށް ވަޒީފާތަކެއް ނުއެއް އުފެއްދޭ،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އެންމެ ގޯސް ހާލަތުގައި މައިނަސް 29 ޕަސެންޓަށް ވެއްޓޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ވޯލްޑް ބޭންކުން ވެސް ލަފާކުރާ ގޮތުގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މި ހާލަތުގައި އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިވާނީ ރާއްޖެ އަށެވެ

ކަންނީ ވިދާޅުވި ގޮތުގައި ރާއްޖެ، ތައިލެންޑް، ސްރީ ލަންކާ އަދި ބޫޓާން ފަދަ ގައުމުތަކަކީ ވަރަށް ބޮޑަށް ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމުތަކަށް ވާތީ، ކޮވިޑް-19 އާ ހެދި ދުނިޔޭގެ ޓޫރިޒަމް ހުއްޓިފައިވާ މި ދަނޑިވަޅުގައި އެ ގައުމުތަކަށް ވަރަށް ބޮޑު އަސަރެއް ކުރާނެ އެވެ. މި ހާލަތުގައި އެންމެ ބޮޑު އަސަރެއް ކުރާނީ، އަމިއްލަ އަށް ތަކެތި އުފެއްދުމުގެ ގާބިލްކަން ނެތް ގައުމުތަކަށް ކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ފަދަ ކާރިސާތައް ދިމާވާ ހާލަތްތަކުގައި ވަކި ވަކި ގައުމުތަކުގެ އިގްތިސާދީ ދަތިކަމުން އަރައިގަތުމުގެ ގާބިލްކަން ފެނާނެ ކަމަށާއި އަމިއްލަ އަށް ތަކެތި އުފައްދައިގެން އެ ގައުމެއްގެ އިގްތިސާދު ބިނާކުރުމުގެ މުހިއްމުކަން އިތުރަށް ޔަގީން ކުރެވޭނެ ކަމަށް ކަންނީ ވިދާޅުވި އެވެ. އެކަމަކު، އިގްތިސާދީ ހަރަކާތްތަކުގައި އެއް ގައުމު އަނެއް ގައުމަށް ބަރޯސާވެފައިވާ މިންވަރަކީ މިހާލަތުގައި އޮތް އެންމެ ބޮޑު ގޮންޖެހުންކަމުގައި އޭނާ ސިފަކުރެއްވި އެވެ.

ކަންނީ ވިދާޅުވި ގޮތުގައި ރާއްޖެ، ތައިލެންޑް، ސްރީ ލަންކާ އަދި ބޫޓާން ފަދަ ގައުމުތަކަކީ ވަރަށް ބޮޑަށް ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމުތަކަށް ވާތީ، ކޮވިޑް-19 އާ ހެދި ދުނިޔޭގެ ޓޫރިޒަމް ހުއްޓިފައިވާ މި ދަނޑިވަޅުގައި އެ ގައުމުތަކަށް ވަރަށް ބޮޑު އަސަރެއް ކުރާނެ އެވެ. މި ހާލަތުގައި އެންމެ ބޮޑު އަސަރެއް ކުރާނީ، އަމިއްލަ އަށް ތަކެތި އުފެއްދުމުގެ ގާބިލްކަން ނެތް ގައުމުތަކަށް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ކަންނީ ވިދާޅުވީ، ކުރިން ބަންގްލަދޭޝް ފަދަ ގައުމުތަކުގައި ގާމެންޓް އިންޑަސްޓްރީގައި އެތައް މިލިއަން މީހުން ވަޒީފާ އަދާ ކުރި ނަމަވެސް، މިދިޔަ ދެ މަހެއްގެ ތެރޭގައި މި މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ކަމަށްވާ ގޮށާއި ޒިޕް ފަދަ ތަކެތި، ކޮވިޑް-19 ފުރަތަމަ ފެތުރުނު ޗައިނާ އިން ލިބުން ހުއްޓުމަކަށް އައުމުގެ ސަބަބުން ވިޔަފާރިތައް ވަނީ ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. މިއާ އެކު އެ ދާއިރާގައި ވަޒީފާތަކުގައި ތިބި އެތަށް ހާސް ބައެއްގެ ވަޒީފާ ގެއްލިް، މަގުމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަންނާނެ އެންމެ ގޯސް ހާލަތުގައި އިގްތިސާދު މައިނަސް 29 ޕަސެންޓަށް ވެއްޓޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ވޯލްޑް ބޭންކުން ވެސް ލަފާކުރާ ގޮތުގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މިހާލަތުގައި އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިވާނީ ރާއްޖެއަށެވެ. މިހާލަތު އަންނާނީ މިއަހަރުގެ ބާކީ މިއޮތް ދުވަސްތަކުގައި ރާއްޖެ އަށް ޓޫރިސްޓުން ނާންނަ ނަމަ އެވެ. މި ހާލަތަށް ގައުމުގެ އިގްތިސާދު ނުގެންގޮސް، ހިފެހެއްޓުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަނީ އަންނަ ޖުލައި މަހު ރާއްޖެއަށް ޓޫރިސްޓުން އައުމަށް ހުޅުވާލުމަށެވެ.