Roadha Mihaaru
ކޮވިޑްގައި 68 ޕަސެންޓް މީހުންގެ އާމްދަނީ ހުއްޓުނު

ކޮވިޑާ ގުޅިގެން 68 ޕަސެންޓް މީހުންގެ އާމްދަނީ އެއްކޮށް ހުއްޓުނު: ދިރާސާ

25 އޯގަސްޓް 2020

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ 68 ޕަސެންޓު މީހުންގެ އާމްދަނީ އެއްކޮށް ހުއްޓުނު ކަމަށް އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއެންޑިޕީ ގުޅިގެން ހެދި ދިރާސާއިން ދައްކައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ 68 ޕަސެންޓު މީހުންގެ އާމްދަނީ އެއްކޮށް ހުއްޓުނު ކަމަށް އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއެންޑިޕީ ގުޅިގެން ހެދި ދިރާސާއިން ދައްކައިފި އެވެ.

އެ ދިރާސާއިން ދައްކާގޮތުގައި ކޮވިޑް-19ގެ ސަބަބުން އައި ހީނަރުކަމުގެ ސަބަބުން ދިވެހި މަސައްކަތްތެރިންނާއި މުވައްޒަފުންގެ އާމްދަނީ އަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. މީގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އެ ދިރާސާގައި ފާހަގަކޮށްފައިވަނީ ރާއްޖެ، ޓޫރިޒަމާއި ތެލާއި ކާބޯތަކެއްޗަށް އެހެން ގައުމުތަކަށް ބަރޯސާވުމެވެ.

ރާއްޖޭގެ މަސައްކަތު އާބާދީގެ 68 ޕަސެންޓު މީހުންގެ އާމްދަނީ އެއްކޮށް ހުއްޓިފައި އޮތް އިރު 38 ޕަސެންޓު މީހުންގެ އާމްދަނީ ވަނީ ދަށްވެފަ އެވެ. އާމްދަނީ އެއްކޮށް ހުއްޓުނު މީހުންގެ ތެރޭގައި މަސްވެރިންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން އަމިއްލަ މަސައްކަތް ކުރާ މީހުން ހިމެނެ އެވެ.

އާމްދަނީއަށް އަަސަރު ކުރި މީހުންގެ ތެރެއިން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށެވެ. އެގޮތުން، އެ ދާއިރާގެ މުވައްޒަފުންނަށް ކޮވިޑް-19ގެ ސަބަބުން ލިބެމުން އައީ އޭގެ ކުރިން ލިބެމުން އައި އާމްދަނީއަށްވުރެ 70 ޕަސެންޓު ދަށް އަދަދެއް ކަމަށް ދިރާސާއިން ދައްކަ އެވެ.

މި ދިރާސާއިން ދައްކާގޮތުގައި އާމްދަނީއަށް އަސަރު ކުރި މީހުންގެ ތެރޭގައި ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުން ހިމެނެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ވަޒީފާ ނެތުމުގެ ޕްރެޝަރު އިތުރުވާވަރަކަށް ޒުވާން އަންހެނުން ވަޒީފާގެ ބާޒާރަށް ނުކުތުމަށް ހުރަސްްއެޅުމުގެ ފުުރުސަތު އޮތް ކަމަށް ވެސް ދިރާސާއިން ދައްކަ އެވެ.