Roadha Mihaaru
ނޯޓް 7 ގަތް މީހުން ހިފަހައްޓަން 100 ޑޮލަރު ދެނީ

ނޯޓް 7 ގަތް މީހުން ހިފަހައްޓަން 100 ޑޮލަރު ދެނީ

17 އޮކްޓޯބަރ 2016

ސެމްސަންގް ގެލެކްސީ ނޯޓް 7ގެ ބެޓެރީ ހޫނުވެ ރޯވާ މައްސަލާގައި އޭގެ ފޯނުތައް ކަސްޓަމަރުން އަތުން ނަގައި، ބަދަލު ދެމުން އަންނައިރު އެ ފޯނުގެ ބަދަލުގައި ސެމްސަންގުގެ އެހެން ފޯނެއް ގެންގުޅެން އެއްބަސްވާ މީހުންނަށް 100 ޑޮލަރު ދޭން ނިންމައިފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ސެމްސަންގް ގެލެކްސީ ނޯޓް 7ގެ ބެޓެރީ ހޫނުވެ ރޯވާ މައްސަލާގައި އޭގެ ފޯނުތައް ކަސްޓަމަރުން އަތުން ނަގައި، ބަދަލު ދެމުން އަންނައިރު އެ ފޯނުގެ ބަދަލުގައި ސެމްސަންގުގެ އެހެން ފޯނެއް ގެންގުޅެން އެއްބަސްވާ މީހުންނަށް 100 ޑޮލަރު ދޭން ނިންމައިފި އެވެ.

މޯބައިލް ފޯނު އުފައްދާ އެންމެ ބޮޑު ކުންފުނި ކަމަށްވާ ސެމްސަންގުން ވަނީ އެ ކުންފުނީގެ އެންމެ ފަހުގެ ފޯނު ކަމަށްވާ ނޯޓް 7 އުފެއްދުން ވެސް މިހާރު ހުއްޓާލައިފަ އެވެ. ނޯޓް 7 ގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި މައްސަލަތަކަށްޓަކައި ކުންފުނީގެ ރައީސް ޓިމް ބެކްސްޓާ މާފަށް އެދިވަޑައިގެން ނެރުއްވި ބަޔާނުގައި ވަނީ ކަސްޓަމަރުންގެ ހިތްހަމަޖެހުމަށް ހުރިހާ ކަމެއް ވެސް ކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.

"ކަސްޓަމަރުންނާއި ކެރިއާ ކުންފުނިތަކާއި ރިޓެއިލް ޕާޓްނަރުން ނޯޓް 7 ގެ މައްސަލާގައި ވަރަށް ކެތްތެރިކަމާ އެކު އަމަލުކޮށްފައި ވާތީ އެކަން ބަލައިގަންނަން. މި މައްސަލަ ހައްލުކޮށް ހުރިހާ ކަމެއް ހަމަޔަކަށް އަޅުވަން ކުރެވެން ހުރި ހުރިހާ ކަމެއް ވެސް ކުރާނަން،" ބެކްސްޓާ ވިދާޅުވެފައިިވެ އެވެ.

ނޯޓް 7 ގެންގުޅުނު މީހުން ސެމްސަންގުގެ އެހެން ފޯނެއް ބަލައިގަންނަން އެއްބަސްވާ ނަމަ އެ މީހަކަށް އެ ފޯނަކާއި 100 ޑޮލަރު ދޭން ވަނީ ނިންމައިފަ އެވެ. އެކަމަކު އެހެން ބްރޭންޑެއްގެ ފޯނަކަށް ބަދަލުވާ މީހުންނާއި ހަމަ އެކަނި ނޯޓް 7 ގެ ރިފަންޑް ބޭނުންވާ މީހުންނަށް ދެނީ ބަދަލުގެ ގޮތުގައި އެންމެ 25 ޑޮލަރެވެ.

މި ބަދަލު ހޯދުމަށް އެކި ގައުމުތަކުގައި ގުޅަންވީ ކުންފުނިތަކުގެ މައުލޫމާތު ސެމްސަންގުން އަންނަނީ އަންގަމުންނެވެ.

ނޯޓް 7 ގެ ބަދަލުގައި އެސް7 އާއި އެސް7 އެޖް ފޯނު ވެސް ދޫކުރެ އެވެ. ޏޯޓްގައި ރޯވި ގޮތަށް މީގެ ފޯނުގައި އެފަދަ ކަމެއް ހިނގި ކަމުގެ އެއްވެސް ރިޕޯޓެއް ނެތެވެ.

ނޯޓް 7 އަށް ދިމާވި ގޮތުން ސެމްސަންގަށް ލިބޭނެ ކަމަށް ބެލެވޭ ގެއްލުން 4.8 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ އަންދާޒާކުރެވިފަ އެވެ. އަދި ކުންފުނީގެ ހިއްސާ އިން 19 ބިލިއަން ޑޮލަރު ވަނީ ގެއްލިފަ އެވެ.