09 މެއި 2020
މާލެ ފިޔަވައި ރާއްޖޭގައި އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓްނުކުރެވޭތީ އާއި އެ ބައްޔަށް ހާއްސަކޮށްގެން އައްޑޫގައި ތައްޔާރުކުރަން ބުނި ހޮސްޕިޓަލްގެ މަސައްކަތް އެކަށީގެންވާ ގޮތަކަށް ކުރިއަށް ނުދާތީ، ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީީޕީގެ ޓިކެޓްގައި އައްޑޫގައި މޭޔަރު ކަމަށް ވާދަކުރައްވާ އަލީ ނިޒާރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މާލެ ފިޔަވައި ރާއްޖޭގައި އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓްނުކުރެވޭތީ އާއި އެ ބައްޔަށް ހާއްސަކޮށްގެން އައްޑޫގައި ތައްޔާރުކުރަން ބުނި ހޮސްޕިޓަލްގެ މަސައްކަތް އެކަށީގެންވާ ގޮތަކަށް ކުރިއަށް ނުދާތީ، ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީީޕީގެ ޓިކެޓްގައި އައްޑޫގައި މޭޔަރު ކަމަށް ވާދަކުރައްވާ އަލީ ނިޒާރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުކަން ކުރައްވާފައި ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަންކަން ވާނީ އެ ބައެއްގެ ކަންކަމާ އެ ބަޔަކު އަމިއްލަ އަށް އުޅުނު ވަރަކުން ކަމަށެވެ.
"އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓް ހެދޭނެ ގޮތެއް ނެތުމާއި އައްޑޫ ކޮވިޑް ހޮސްޕިޓަލް ނިންމަން ކަނޑައެޅި އެކާވީސް ދުވަސްތެރޭ ނުނިމި ވަނީ ކަން ކުރައްވަން ތިބި މީހުންގެ ނުކުޅެދުންތެރިކަމުން،" އޭނާ ވިދާޅުވި އެވެ.
Addu in COVID19 ah test hedheyne goi nethumaai Addu COVID Hospital nimman kanda elhi 21 Dhuvas therey nunimi vanee kan kuruvan thibi meehun ge nukulhedhey kamun. E ba eh ge kamakaai ebayaku ulhunu varakun ekamei vaanee.
— Ali Nizar (@DhekunuNizar) May 9, 2020
މި މައްސަލަތަކާ ގުޅިގެން ނިޒާރު ކަންބޮޑުވުން ފާޅުކުރެއްވި އިރު، އައްޑޫން ރޭ ފަރުވާއަކަށް މާލެ ގެންދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. އަދި މިއާއެކު އައްޑޫގައި މިހާރު ވަނީ ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް ފަށައިފަ އެވެ.
އައްޑޫގައި ކޮވިޑް-19 އަށް ހާއްސަ ހޮސްޕިޓަލެއް ހަދާ ވާހަކަ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން (އެންއައިއޯ) ގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އެ ދުވަހު ބޭއްވި ނޫސް ކޮންފަރެންސްގައި އޭނާ ވިދާޅުވީ ހިތަދޫ ކުރީގެ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ހިންގި އިމާރާތުގައި 23 އައިސީޔޫ އެނދާއި، 22 އައިސޮލޭޝަން އެނދު ހިމެނޭ ގޮތަށް އެ އިމާރާތަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.
އެ މަސައްކަތް ފަށާފައި އޮތް ނަމަވެސް ނިމެން އަދި ދެ ހަފުތާވަރު ނަގާނެ ކަމަށް އެނގިފައިވެ އެވެ. އައްޑޫން ކޮވިޑް-19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމުތަކެއް ވެސް ވަރަށް އަވަހަށް ޖެހިގެންދާނެ ކަމަށް ވެސް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް އެކަން އަދި ކޮޅެއްގައި ނުޖެހި އެވެ.
ވައިރަހާ ގުޅިގެން އައްޑޫގައި ހުޅުވި ފްލޫ ކްލިނިކް ވެސް ހިންގަނީ އެޗްއާރްއެޗްގެ ގޯތިތެރޭގައި ހުންނަ އިމާރާތެއްގަ އެވެ.
އައްޑޫގައި ކަރަންޓީނު ފެސިލިޓީތައް ވެސް ގާއިމުކޮށް އެތަންތަން މިހާރު އަންނަނީ ބޭނުންކުރަމުންނެވެ. އެއީ ކެނަރީފް ރިސޯޓާއި ގަމުގެ ދޫގަހެވެ. އަދި އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ވަނީ ހަތަރު އެނދުގެ އައިސޮލޭޝަން ރޫމެއް ވެސް ހަމަޖައްސައިފަ އެވެ.
ކޮވިޑް-19 ފެތުރިޔަ ނުދިނުމަށް އައްޑޫގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެއް އަވަށުން އަނެއް އަވަހަށް ހުއްދަ ހޯދުމަކާ ނުލައި ދަތުރުކުރުމާއި ފިހަރަތަކާއި ރެސްޓޯރަންޓްތައް ބަންދުކޮށް، ޑެލިވަރީގެ ހިދުމަތް ދިނުމާއި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމާއި ޕާކްތަކާއި އާންމު އެހެނިހެން މައިޒާންތައް ބަންދުކުރުން ހިމެނެ އެވެ.
އިތުރު 26؛ އައްޑޫގައި މިހާރު ކޮވިޑްގެ 118 ކޭސް
އައްޑޫގައި އަދިވެސް ކޮވިޑްގެ 92 ކޭސް
އައްޑޫން ޕޮޒިޓިވްވި މީހާގެ 26 ޑައިރެކްޓް ކޮންޓްކެޓެއް
އައްޑޫ ހޮސްޕިޓަލް ބޮޑުކުރަން 100 މިލިއަން ހަރަދުވޭ
އައްޑޫން އިއްޔެ އެކަނިވެސް 123މީހަކަށް ކޮވިޑް ޖެހުނު
އައްޑޫގެ ކޮވިޑް ކޭސްތައް ރެކޯޑް މިންވަރަކަށް މައްޗަށް
އައްޑޫގެ ހާލަތު އަނެއްކާވެސް ގޯސްވެދާނެކަމުގެ ބިރު!
އައްޑޫން ކޮވިޑް ޖެހުނު މީހުންގެ އަދަދު ހާހުން މަތީގައި
ކޮވިޑްގެ ކަންކަމަށް އައްޑޫން ވޮލަންޓިއަރުން ހޯދަނީ
ކޮވިޑް: އައްޑޫން ބަލިން ރަނގަޅުވި އަދަދު 38 އަށް