Roadha Mihaaru
އެންޑްރޫއަށް ސްޕައިޑަމޭން ގެއްލުނީ ކޫސަނި ކަމަކުން

އެންޑްރޫ ގާފީލްޑަށް ސްޕައިޑަމޭން ގެއްލުނީ ކޫސަނި ކަމަކާ ހެދި

11 މެއި 2020

މާވެލް އާއި ސޮނީގެ ސްޕައިޑަމޭން ސީރީޒްގެ ދެ ފިލްމެއް އެކްޓަރު އެންޑްރޫ ގާފިލްޑް ކުޅުނެވެ. އެއީ 2012 ގެ "ދި އެމޭޒިން ސްޕައިޑަ-މޭން" އާއި 2014 ގެ "ދި އެމޭޒިން ސްޕައިޑަ-މޭން 2" އެވެ. އެ ދެ ފިލްމުގެ ކާމިޔާބީ އަށް ފަހު، އޭނާ އަށް އޮތީ ތިން ވަނަ ބައެއްގައި މަސައްކަތް ވެސް ކުރުމުގެ ފުރުސަތު ލިބިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މާވެލް އާއި ސޮނީގެ ސްޕައިޑަމޭން ސީރީޒްގެ ދެ ފިލްމެއް އެކްޓަރު އެންޑްރޫ ގާފިލްޑް ކުޅުނެވެ. އެއީ 2012 ގެ "ދި އެމޭޒިން ސްޕައިޑަ-މޭން" އާއި 2014 ގެ "ދި އެމޭޒިން ސްޕައިޑަ-މޭން 2" އެވެ. އެ ދެ ފިލްމުގެ ކާމިޔާބީ އަށް ފަހު، އޭނާ އަށް އޮތީ ތިން ވަނަ ބައެއްގައި މަސައްކަތް ވެސް ކުރުމުގެ ފުރުސަތު ލިބިފަ އެވެ.

އެކަމަކު ކަންދިމާކުރި ގޮތުން ނަސީބު ވަރަށް ދެރަ އެވެ. ވަރަށް ކޫސަނި މައްސަލައަކާ ހެދި ސޮނީން ވަނީ އެންޑްރޫ، 36، އަށް ތިން ވަނަ ފިލްމުމް ފުރުސަތު ނުދޭން ނިންމައިފަ އެވެ.

ދާދި ފަހުން ތިލަވި 2015 ގެ އީމެއިލްތަކެއްގައި ބުނާ ގޮތުން އެންޑްރޫ އަށް "ސްޕައިޑަ-މޭން" ގެއްލުނީ ސޮނީން ރޭވި އިވެންޓަކަށް ހާޒިރުނުވެވުމުންނެވެ. އަދި އެ އިވެންޓަށް އޭނާ އަށް ނުދެވުނީ ބަލިކޮށް އުޅޭތީ އާއި އޭރު މަސައްކަތްތަކާ ތަންކޮޅެއް ދުރުވެލައިގެން ހުރުމުން ތުނބުޅި ވެސް ދިގުކޮށްގެން ހުރުމުންނެވެ.

ބަލިވެގެން އެ އިވެންޓަށް ނުދެވުނަސް "ސްޕައިޑަ-މޭން" ގެ ރޯލް ގެއްލޭނެ ކަމަކަށް އެއްވެސް ވަރަކަށް އެންޑްރޫ ހިއެއްނުކުރެ އެވެ. ނަމަވެސް އޭނާގެ ބަދަލުގައި އެ ރޯލް ވަނީ ޓޮމް ހޮލަންޑަށް ދީފަ އެވެ.

މިކަމާ ބެހޭ ގޮތުން އެންޑްރޫ ކުރިން ދީފައިވާ އިންޓަވިއުއްގައި ބުނީ "ސްޕައިޑަ-މޭން" ގެ ރޯލް ގެއްލުމުން ހިތްހަލާކުވި ކަމަށެވެ. އޭނާ ބުނިގޮތުގައި އުމުރުން އެންމެ ތިން އަހަރުގައި ލޯބި ޖެހުނު ކެރެކްޓާއެއް ބޮޑު ސްކްރީނުގައި ކުޅެން ލިބި، އެ ފުރުސަތު ކޫސަނި ކަމެއްގައި ގެއްލުމަކީ ވަރަށް ބޮޑު ފިލާވަޅެކެވެ.

ދާދި ފަހުން ވެރައިޓީ އަށް ދިން އިންޓަވިއުއެއްގައި އެންޑްރޫ ބުނީ "ސްޕައިޑަ-މޭން" ގެ ރޯލް ގެއްލުމަކީ ދެން އަބަދު ހިތާމަކުރަން ޖެހޭ ކަމެއް ވެސް ނޫން ކަމަށާއި ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށް ކަމަށެވެ.

"ދަ ސޯޝަލް ނެޓްވޯކް" އާއި "ހެކްސޯ ރިޖް" އަދި "ނެވަ ލެޓް މީ ގޯ" ފަދަ ފިލްމުތައް ކުޅުނު ޓޮމް، 23، އާ އެކު ވަނީ "ސްޕައިޑަ-މޭން" ގެ ދެ ފިލްމެއް މިހާތަނަށް ގެނެސްދީފަ އެވެ. އެއީ މިދިޔަ އަހަރު ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި "ފާ ފްރޮމް ހޯމް" އާއި 2017 ގެ "ހޯމް ކަމިން" އެވެ.

އޭނާއާ އެކު "ސްޕައިޑަ-މޭން" ގެ އިތުރު ދެ ފިލްމެއް ވެސް ގެނެސްދޭން ވަނީ އިއުލާންކޮށްފަ އެވެ. އެއީ ނޮވެމްބަރު 5، 2021 އަށް ތާވަލުކޮށްފައި އޮތް ފިލްމާއި އޮކްޓޯބަރު 7، 2022 ގައި ގެނެސްދޭން އޮތް ފިލްމެވެ.