Roadha Mihaaru
މި ފަހަރު "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް"

މި ފަހަރު "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް"

27 ފެބުރުއަރީ 2021

މާވެލް އާއި ސޮނީ ޕިކްޗާޒް ގުޅިގެން، ޒުވާން އެކްޓަރު ޓޮމް ހޮލަންޑާ އެކު ގެނެސްދޭ ސުޕަހީރޯ ފްރެންޗައިޒް "ސްޕައިޑަ-މޭން" ގެ ތިން ވަނަ ފިލްމުގެ ނަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މާވެލް އާއި ސޮނީ ޕިކްޗާޒް ގުޅިގެން، ޒުވާން އެކްޓަރު ޓޮމް ހޮލަންޑާ އެކު ގެނެސްދޭ ސުޕަހީރޯ ފްރެންޗައިޒް "ސްޕައިޑަ-މޭން" ގެ ތިން ވަނަ ފިލްމުގެ ނަން އިއުލާންކޮށްފި އެވެ.

މި އަހަރުގެ ޑިސެމްބަރު މަހުގެ 17 ގައި ގެނެސްދޭ ފިލްމުގެ ނަމަކީ "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" އެވެ. ޓޮމް، 24، ކުޅެމުން އަންނަ ސްޕައިޑަމޭން ސީީރީޒްގެ ފުރަތަމަ ދެ ފިލްމަކީ 2019 ގައި ގެނެސްދިން "ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް" އާއި 2017 ގެ "ސްޕައިޑަ-މޭން: ހޯމްކަމިން" އެވެ.

މި ސީރީޒްގެ ތިން ވަނަ ފިލްމު "ނޯ ވޭ ހޯމް" ވެސް ޑައިރެކްޓަރަކީ ކުރީގެ ދެ ފިލްމު ވެސް ގެނެސްދިން ޖޮން ވަޓްސް އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުގެ ތެރޭގައި ހިމެނޭ "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ގެ ކާސްޓްގައި ޖެމީ ފޮކްސް، ބެނަޑިކްޓް ކަމްބަބެޗް، އަލްފްރެޑް މޮލީނާ، މަރީޒާ ޓޮމީ، ޖެކޮބް ބެޓަލަން އަދި ޒެޑާޔާ ހިމެނެ އެވެ.

ޓޮމްގެ ސްޕައިޑަމޭންގެ ދެ ފިލްމަކީ ވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމުތަކަކަށްވާތީ ތިން ވަނަ ބަޔަކީ ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ގަބޫލުކުރެވޭ ފިލްމެކެވެ.

ޖުމްލަ 160 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް" އަކީ 1.132 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. އަދި 175 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ސްޕައިޑަ-މޭން: ހޯމްކަމިން" އަކީ 880.2 މިލިއަން ޑޮލަރު ލިބުނު ފިލްމެކެވެ.