Roadha Mihaaru
އެންމެ މޮޅީ މެސީއެއް ނޫން، މަރަޑޯނާ: ކަނަވާރޯ

އެންމެ މޮޅީ މެސީއެއް ނޫން، މަރަޑޯނާ: ކަނަވާރޯ

10 މެއި 2020

ގުއަންޒޫ (މޭ 10) – އޭނާ ދެކޭ ގޮތުގައި ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔަކީ އާޖެންޓީނާގެ ލިއޮނަލް މެސީ ނޫން ކަމަށާއި އެ ކުޅުންތެރިޔަކީ އާޖެންޓީނާގެ ޑިއެގޯ މަރަޑޯނާ ކަމަށް އިޓަލީގެ ކުރީގެ ކެޕްޓަން ފަބިއޯ ކަނަވާރޯ ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ގުއަންޒޫ (މޭ 10) – އޭނާ ދެކޭ ގޮތުގައި ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔަކީ އާޖެންޓީނާގެ ލިއޮނަލް މެސީ ނޫން ކަމަށާއި އެ ކުޅުންތެރިޔަކީ އާޖެންޓީނާގެ ޑިއެގޯ މަރަޑޯނާ ކަމަށް އިޓަލީގެ ކުރީގެ ކެޕްޓަން ފަބިއޯ ކަނަވާރޯ ބުނެފި އެވެ.

މަރަޑޯނާ އަކީ، ކަނަވާރޯގެ އުފަން ސިޓީ ނޭޕްލްސް އަށް ނިސްބަތްވާ ނަޕޯލީ އަށް 1984-1991 އަށް ކުޅެ އެ ޓީމަށް އިޓާލިއަން ލީގު ދެ ފަހަރު ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިޔެކެވެ. މަރަޑޯނާ ނަޕޯލީ އަށް ކުޅުނުއިރު ކަނަވާރޯ އަކީ އެ ޓީމުގެ ޔޫތު ޓީމުގެ ކުޅުންތެރިޔެކެވެ. ނަޕޯލީގެ ސީނިއާ ޓީމަށް ކަނަވާރޯ ކުޅެން ފެށީ، މަރަޑޯނާ އެ ޓީމު ދޫކޮށްލި ސީޒަނަށް ފަހު އެވެ.

"އަހަރެން މެސީ އަށް ވަރަށް ބޮޑަށް އިހުތިރާމްކުރަން. އާ ޖީލަށް އޭނާ އަކީ އެންމެ މޮޅު އެއް ކުޅުންތެރިޔާ. އެކަމަކު މަރަޑޯނާ އަކީ ތަފާތު ކުޅުންތެރިޔެއް ސަބަބަކީ އޭރު ފުޓްބޯޅަ ތަފާތު،" ޔުވެންޓަސް އާއި ރެއާލް މެޑްރިޑުގެ ކުރީގެ ކުޅުންތެރިޔާ ސްކައި ސްޕޯޓްސް އަށް ބުންޏެވެ.

"މެސީ އެހެރީ މަތީ ފަންތީގައި އެކަމަކު މަރަޑޯނާ އެއީ އެހެން ދުނިޔެއެއް. އަހަރެން އޭނާއާ އެހެން ކުޅުންތެރިންނާ ދުވަހަކު ވެސް އަޅާނުކިޔަން. އަހަރެން ޕެލޭ ކުޅުނުތަން ނުދެކެން އެކަމަކު އަހަރެން މަރަޑޯނާ ކުޅުނުތަން ހަތް އަހަރު ދުށިން، ހުރިހާ މެޗެއް ބެލިން. އޭނާ އަކީ އެންމެ މޮޅު އެއް ކުޅުންތެރިޔާ އެއް ނޫން، އެއީ އެންމެ މޮޅިު ކުޅުންތެރިޔާ."

މަރަޑޯނާގެ އެންމެ ހާއްސަ ކާމިޔާބަކީ އާޖެންޓީނާ އަށް 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމެވެ. ކްލަބް ލެވެލްގައި ނަޕޯލީއާ އެކު އިޓާލިއަން ލީގު ދެ ފަހަރު، އިޓާލިއަން ކަޕް އެއް ފަހަރު އަދި ޔުއެފާ ކަޕް އެއް ފަހަރު ކާމިޔާބުކުރި އެވެ. އަދި ބާސެލޯނާއާ އެކު ސްޕެނިޝް ކަޕް އެއް ފަހަރު ކާމިޔާބުކުރި އެވެ.

ގައުމީ ޓީމާ އެކު މެސީ އަށް ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ 2014 ވަނަ އަހަރު ފައިނަލަށް ގެންދިއުމެވެ. އަދި 2008 ވަނަ އަހަރުގެ އޮލިމްޕިކްސް ރަން މެޑަލް އާޖެންޓީނާގެ 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ހޯދައިދިނެވެ. އޭނާ ވަނީ ކްލަބް ލެވެލްގައި ބާސެލޯނާއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައި އިންޑިވިޖުއަލް އެތައް މަގާމްތަކެއް ވެސް ހާސިލްކޮށްފަ އެވެ. އެގޮތުން ބާސެލޯނާ އަށް ސްޕެނިޝް ލީގު 10 ފަހަރު އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްދިނެވެ. އަދި އިންޑިވިޖުއަލް އެވޯޑްތަކުގެ ތެރެއިން ބެލޮންޑިއޯ އެވޯޑް ހަ ފަހަރު ހޯދި އެވެ.